ގދ.ތިނަދޫގައި ނުރައްކާތެރި ދެ އެކްސިޑެންޓެއް ޖެހި ޖެހިގެން ހިނގައިފިއެވެ.
ފުރަތަމަ އެކްސިޑެންޓް ހިގާފައިވަނީ ގދ،ތިނަދޫ ފާލަން ސަރަހައްދުގައިއެވެ. މި އެކްސިޑެންޓް ހިނގައިފައިވަނީ އެއް ލޭނަކުން ދުއްވަމުން ދިޔަ ދެ ސައިކަލެއް ޖެހިގެންނެވެ. އަދި އެކްސިޑެންޓްވި ސައިކަލުގައި އިން ޒުވާން އަންހެން ކުއްޖަކަށް ތިނަދޫގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ދަނީ ފަރުވާ ދިނުމަށްފަހު މިހާރުވަނީ ދޫކޮށްލާފައެވެ. މި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާގެ ހާލު ރަނގަޅު ކަމަށް ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
ދެވަނަ އެކްސިޑެންޓުގައި އަނިޔާވި މީހާ އަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެނައުން–ހުވަދޫ ފޮޓޯ: މުހައްމަދު އަޚްތަރު
މިރޭ ހިނގި ދެވަނަ އެކްސިޑެންޓް ހިނގައިފައިވަނީ ތިނަދޫ އާރު އަވަށު ޓަރފް ދަނޑު ސަރަހައްދުގައިއެވެ. މި އެކްސިޑެންޓްގައި ހިނގާފައިވަނީ ވެސް ދެ ސައިކަލެއް ޖެހިގެންނެވެ. މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން ޒުވާން ފިރިހެން ކުއްޖެއްގެ ނިތްކުރި ވަނީ ފަޅާއިގެން ދިއުމުގެ އިތުރުން ބައެއް އިތުރު ޒަހަމްތަކެއް ލިބިފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އަދި އެޒުވާނާ އަށް މިވަގުތު ދަނީ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ފަރުވާ ދެމުންނެވެ.
މި ހާދިސާ އާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ. އެހެން ނަމަވެސް، ފުލުހުން ދަނީ އެ ސަރަހައްދު ބަންދުކޮށްގެން ހަރަކާތްތެރި ވަމުންނެވެ.
ތިނަދޫގައި މި ފަހަކަށް އައިސް އެކްސިޑެންޓުގެ ހާދިސާ އިތުރު ކަމަށް ފާހަނގަ ކުރެވޭ އިރު، ނިމިދިޔަ ހަފްތާގައި ވެސް ދެ ސައިކަލެއް ޖެހި ތިނަދޫގައި ވަނީ އެކްސިޑެންޓެއް ހިނގާފައެވެ.