ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ދިރިއުޅޭ ކުދިންނާ ބައްދަލުކުރައްވައިފިއެވެ.
ފާއިތުވި ތިންދުވަހު ފިޔަވަތީގައި ހިނގާފައިވާ ހާދިސާއާއި ގުޅިގެން އެތަނަށް ޒިޔާރަތްކުރައްވައި، އެތަނުގެ މުވައްޒަފުންނާއި އެތަނުގައި ތިބޭ ކުދިންނާ މިއަދު ބައްދަލު ކުރައްވައި އެތަނުގައި ތިބޭ ކުދިންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ނައިބު ރައީސް ފައިސަލް ވަނީ މަޝްވަރާ ކުރައްވާފައެވެ.
އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން، ޑރ.އައިޝަތު އަލީއާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އާއި މިނިސްޓަރ އޮފް ހޯމް އެފެއަރސް އައްޝައިޚް ޢިމްރާން ޢަބްދުﷲ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރައީސް އޮފީހުން ވިދާޅުވީ، ޖެންޑާ މިނިސްޓްރީގެ ޓީމަކުން މިކަމާގުޅޭ ގޮތުން ބައެއް މަސައްކަތްތައް މިހާރުވެސް ކުރަމުންދާ ކަމަށާއި އެ ކުދިންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށް ކުރަންޖެހޭ ހުރިިހާ ކަންކަން ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ކުރަމުންދާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެެވެ.