މަޢުލޫމާތު
ފިރިހެނުންގެ ޖިންސީ އެދުންވެރިކަން ދަށްވުން

ޖިންސީ އެދުންވެރިކަމުގެ ވާހަކަ އަކީ ގިނަ މީހުން ދައްކަން ބޭނުންވާނެ ވާހަކަ އެއް ނޫނެވެ. މައްސަލަ އެއް ހުއްޓަސް އެމައްސަލަ އެއް ޑޮކްޓަރު ގާތުގައި ބުނުމަށް ވެސް ގިނަ މީހުން ފަސްޖެހެއެވެ. އެއީ ޖިންސީ ޣަރީޒާ އާއި ގުޅޭ ވާހަކަތައް އާންމުކޮށް ދެއްކުމަކީ ގިނަ މީހުންގެ ތަބީޢަތާއި ދުރުކަމަކަށް ވާތީ އެވެ. ބައެއް ޞިއްޙީ މާހިރުން ބުނާގޮތުގައި ޖިންސީ އެދުންވެރިކަން ދަށްވުމުގެ ޝަކުވާ އަކީ އެންމެ ގިނަ ދެމަފިރިންގެ ދެމެދުގައި އަރާރުންވެ، ދެބަސްވާން ޖެހޭ މައްސަލަ އަށް އޮންނަނީ ވެފައެވެ. އަދި އެކަމުގެ ސަބަބުން ދެމަފިރިންގެ ދެމެދުގައި މައްސަލަޖެހި، ދެމަފިރިން ވަކިވާންޖެހުމަކީ ވެސް މަދުން ނަމަވެސް ހިނގާ ކަންކަމެވެ. އެގޮތުން މި ލިޔުމަކީ މިކަމަށް ހައްލެއް ނުވަތަ ފަރުވާ އެއް ކަމަށް ދެކިގެން މައުލޫމާތު ހިއްސާ ކޮށްލާނަމެވެ.

ޖިންސީ އެދުންވެރިކަން އެކި މީހުންނަށް ހުންނާނީ އެކިވަރަށެވެ. ބައެއް މީހުންގެ ޖިންސީ އެދުންވެރިކަން އާދައިގެ ވަރެއްގައި ހުންނައިރު އަނެއް ބައި މީހުންގެ ޖިންސީ އެދުންވެރިކަން އާދަޔާ ޚިލާފަށް މަތިކަން ފާހަގަ ކުރެވެއެވެ. އަނެއްކޮޅުން ޖިންސީ އެދުންވެރިކަމާއި، ޝައުގުވެރިކަން ވަރަށްކުޑަ މީހުން ވެސް ތިބެއެވެ. މިފަދަ މީހުންނަކީ “ހައިޕޯއެކްޓިވް ސެކްސުއަލް ޑިޒަޔަރ ޑިސްއޯޑަރ” ނުވަތަ ” ޖިންސީއެދުންވެރިކަމާއި ޝައުގުވެރިކަން ކުޑަވާ ބަލި” ހުންނަ މީހުންނެވެ. އުމުރުން ދުވަސްވާރަކަށް ނިސްބަތުން ޖިންސީ އެދުންވެރިކަން ކުޑަވަމުން ދިއުމަކީ ވެދާނެ ގޮތެކެވެ.

ފިރިހެނާގެ ޖިންސީ އެދުންވެރިކަން ދަށްވުމަށް ކަނޑައެޅިގެން ވަކި އުމުރެއް ނުވެއެވެ. ނަމަވެސް އާންމު ގޮތެއްގައި އުމުރުން ދުވަސްވުމުން މީހާގެ ޖިންސީ އެދުންވެރިކަން ކުޑަވާގޮތް ވެއެވެ. އެއީ އުމުރުން ދުވަސްވުމުން ހަށިގަނޑުގައި އެކުލެވޭ ފިރިހެން ޖިންސީ ހޯރމޯންގެ މިންވަރު ދަށްވާތީ އެވެ. ހަމަމިހެން އުމުރުން ދުވަސްވުމުން ކުރިމަތިވާ ބައެއް ބަލިތަކުގެ ސަބަބުން ވެސް މިހޯރމޯންގެ މިންވަރު ހަށިގަނޑުގައި ދަށްވާގޮތް ވެއެވެ. މިސާލަކަށް ލޭމައްޗަށް ދިއުން، ހަކުރުބަލި އަދި ލޭހޮޅިތައް ގަނޑުވުން ފަދަ ބަލިތަކެވެ.

ފިރިހެނުންގެ ޖިންސީ އެދުންވެރިކަން ދަށްވާ ސަބަބު:

ޖިންސީ އެދުންވެރިކަން ދަށްވުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ޖިސްމާނީ އަދި ނަފްސާނީ ސަބަބުތަކާއި، އެހެނިހެން ކަންތައްތައް ވެސް ހިމެނެއެވެ.

ކަންބޮޑުވުން

ވަރަށް ގިނަ ފަހަރު ޖިންސީގުޅުން ހިންގާ ވަގުތު އެމީހެއްގެ ޖިންސީ ބާރު ދައްކައި ނުދެވިދާނެތީ، އަދި މާއަވަހަށް ކުންނަށް ވާޞިލްވެދާނެތީ ފިރިހެނުން ކަންބޮޑުވާގޮތް ވެއެވެ. ދިރިއުޅުމުގައި ދިމާވާ ފިއްތުންތަކުގެ ސަބަބުން ޖިންސީ އެދުންވެރިކަން ދަށްވުމަކީ ވެދާނެ ގޮތެކެވެ. މިސާލަކަށް ގޭތެރޭގައި ، އާއިލާގެ ތެރޭގައި ޖެހޭ މައްސަލައެއް، ރައްޓަހި ރަހުމަތްތެރިންނާއި އޮންނަ ގުޅުމަށް ބުރޫއެރުން، ފަދަ ކަންކަމަކީ އެކަމުގެ ސަބަބުން ފިއްތުންތައް ކުރިމަތިކުރުވައި، ޖިންސީ އެދުންވެރިކަން ދަށްވުމަށް މަގުފަހިކޮށްފާނެ ކަންކަމެވެ.

މާޔޫސްވެ ދެރަވުން

މާޔޫސްވެ ދެރަވުމަކީ ޖިންސީ އެދުންވެރިކަން ކުޑަވުމާއި ގުޅިފައިވާ ކަމެކެވެ. އެހެނީ ދެރަވެ ހިތާމައިގެ ތެރޭގައި އުޅޭ ވަގުތެއްގައި ޖިންސީ ޚިޔާލާއި ފިކުރު ކުރުމަކީ ނާދިރު ކަމެކެވެ. މީގެ އިތުރުން މާޔޫސްވެ ދެރަވުން ކުރިމަތިވުމުން ދީއުޅޭ ބޭސްތަކުގެ ނޭދެވޭ އަސަރެއްގެ ގޮތުގައި ވެސް ޖިންސީ އެދުންވެރިކަން ކުޑަވުން ކުރިމަތިވެދާނެ އެވެ.

އަމިއްލަ ނަފުސަށް އިތުބާރު ކުޑަވުން

އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ކުޑަވެ، ތިމާ އަކީ އެއްވެސް މީހެއް ނޫން ކަމުގައި އިހުސާސް ކުރެވޭނަމަ، ޖިންސީ ޚިޔާލުތަކާއި ފިކުރުތަކާއި މީހާ ދުރަށް ގެންދެއެވެ. ތިމާގެ ސިފަ ހުތުރުކަމުގައި ހީވެ، ތިމާގެ ބައިވެރިޔާ ތިމާ ބަލައިނުގަނެފާނެ ކަމަށް ހީވާނަމަ، އަމިއްލަ ނަފުސުދެކެ ފޫހިވާގޮތް ވެއެވެ. މިކަންކަން މިބުނިގޮތަށް ހުރުމަކީ ޖިންސީ އެދުންވެރިކަން ދަށްވާނެ ކަމެކެވެ.

ދެމަފިރިން ދެމެދުގައި މައްސަލަ ޖެހުން

ދެމަފިރިން ދެމެދުގައި މައްސަލަ ޖެހުމަކީ ފިރިހެނުންގެ ޖިންސީ އެދުންވެރިކަމަށް އަސަރުކުރުވާ ކަމެކެވެ. މިސާލަކަށް ތަޅާފޮޅުމާއި، އަރާރުމާއި، ދެބަސްވުމާއި، ޒުވާބު ކުރުމުގެ ތެރޭގައި އުޅޭ ދުވަސްވަރަކު ދެމަފިރިން ގާތްވެ އުޅުމަށް ބޭނުމެއް ނުވާނެ އެވެ. އެކަމުގެ ސަބަބުން ޖިންސީ އެދުންވެރިކަން ދަށްވުމަކީ ގާތް ކަމެކެވެ.

ނިދިނައުން

ނިދިނައުމަކީ ނުވަތަ ނުނިދުމަކީ ހަށިގަނޑުގައި ކޯޓިޒޯލް ހޯރމޯންގެ މިންވަރު މަތިވާ ކަމެކެވެ. ކޯޓިޒޯލް ހޯރމޯން މަތިވުމަކީ ޖިންސީ އެދުންވެރިކަން ދަށްވާނެ ކަމެކެވެ.

ޞިއްޙީ މައްސަލަތައް

ހަކުރު ބަލި، ލޭމައްޗަށްދިއުން، ސަރުބީ މަތިވުން، އަދި ފަލަވުން ފަދަ މައްސަލަތަކުގެ ސަބަބުން ވެސް ޖިންސީ އެދުންވެރިކަން ދަށްވެއެވެ. މިގޮތަށް ދިމާވަނީ މިފަދަ ބަލިތަކުގެ ސަބަބުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވައިދިނުން ދަށްކޮށްދޭތީ އެވެ. ޖިންސީ ގުނަވަނަށް ލޭނުލިބޭނަމަ ޖިންސީ އެދުންވެރިކަން ކުޑަވާނެ އެވެ.

ހޯރމޯންގެ މައްސަލަތައް

ތަފާތު ހޯރމޯންތަކުގެ މިންގަނޑަށް ބަދަލު އައުމަކީ ޖިންސީ އެދުންވެރިކަން ބާރުފޯރުވާނެ ކަމެކެވެ. މިސާލަކަށްޓެސްޓޮސްޓަރޯން ހޯރމޯންގެ މިންވަރު ދަށްވުމާއި، ތައިރޮއިޑް ހޯރމޯންގެ މިންވަރު ދަށްވުމާއި، ޕްރޮލެކްޓިން ހޯރމޯންގެ މިންވަރު ، އެސްޓްރަޖަން ހޯރމޯންގެ މިންވަރު މަތިވުމަކީ ވެސް ޖިންސީ އެދުންވެރިކަން ދަށްކުރުވާ ކަންކަމެވެ.

ބަނގުރާ ބުއިމާއި، މަސްތުވާތަކެތި ބޭނުންކުރުން

އާދައިގެ ވަރަކަށް ބަނގުރާ ބުއިމުން ވަގުތީ ގޮތުން ޖިންސީ އެދުންވެރިކަން އިތުރުވެދާނެ އެވެ. ނަމަވެސް ދާއިމީގޮތަކަށް މާގިނައިން ބަނގުރާ ބުއިމަކީ ވެސް ޖިންސީ އެދުންވެރިކަން ދަށްކޮށްދޭ ކަމެކެވެ. މާގިނައިން ބަނގުރާ ބޭނުންކުރުމުން، ނާރުތަކުގެ ނިޒާމުގެ މަސައްކަތަށް ބުރޫއަރައި، ވާޅުކަމާއި، ވަރުބަލިކަން ކުރިމަތި ވެއެވެ. ވަރުބަލިކަމާއި، ވާޅުކަމަކީ ޖިންސީ އެދުންވެރިކަމާއި، ދުރުކޮށްދޭ ކަމެކެވެ.

ފިރިހެނުންނަށް ޖިންސީ އެދުންވެރިކަން ދަށްވުމުން ދެވޭ ފަރުވާ މައިގަނޑު ގޮތެއްގައި ބިނާވަނީ ޖިންސީ އެދުންވެރިކަން ދަށްވުމަށް މެދުވެރިވި ސަބަބެއްގެ މައްޗަށެވެ. ނަފްސާނީ ސަބަބުތަކެއްގެ ސަބަބުން މައްސަލަ ކުރިމަތިވެފައިވާނަމަ، ކައުންސެލިންގ ހޯދަންޖެހިދާނެ އެވެ. ދެމަފިރިން ދެމެދުގައި ވާހަކަ ދައްކައިގެން ވެސް ދިމާވެފައިވާ މައްސަލަ އަށް ހައްލު ހޯދިދާނެ އެވެ. ޖިސްމާނީ މައްސަލައެއްގެ ސަބަބުން ޖިންސީ އެދުންވެރިކަން ދަށްވުން ކުރިމަތިވެފައިވާނަމަ، އެކަމަކަށް (ބައްޔަކަށް) ފަރުވާކުރުން މުހިއްމެވެ. މިސާލަކަށް ހަކުރު ބަލި، ކިޑްނީގެ ބަލި، ހިތުގެ ބަލިތައް ފަދަ މައްސަލަތަކަށް ފަރުވާ ކުރުމުން ކުރިމަތިވެފައިވާ ޖިންސީ ނުކުޅެދުންތެރިކަމަށް ލުއި ލިބުމަކީ ވެދާނެ ގޮތެކެވެ.

މަޢުލޫމާތު: އިންޓަނެޓުގައިވާ ބައެއް މެޑިކަލް ވެބްސައިޓްތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!