މަޢުލޫމާތު
ޒާތީވުމަކީ އެއްވެސް ކަމެއްގެ ހައްލެއް ނޫން

ދިވެހި ބަހުގެ ރަދީފްގައި ވާގޮތުން ޒާތީވުމަކީ މީހަކާއި ދޭތެރޭ  ނުރަނގަޅު ގޮތަކަށް ޖައްސާލައިގެން ވަކިކަމެއް ނުވަތަ ކަންތައްތަކެއް ކުރުމެވެ. ކޮންމެ އިންސާނަކީ، ތަފާތު މީހަކަށް ވުމުން، ވިސްނުމާއި، ފިކުރުގައި ވަރަށް ބޮޑެތި ތަފާތުތަކެއް އެކުލެވެއެވެ. ބައެއް އިންސާނުންނަކީ، ކަންކަމާއި މެދު ފުންކޮށް ވިސްނުން ހިންގައި، ހިކުމަތްތެރި ނިންމުން ނިންމާ ބަޔެކެވެ. އަދި ބައެއް އިންސާނުން މުޅި ދިރިއުޅުމުގައިވެސް، ގޯސް ނިންމުން ނިންމައި، ދިރިއުޅުމުގައި މާކާމިޔާބު ބަޔަކަށް ނުވެވާއިރު، ދިރިއުޅުމުގައި މާބޮޑު ކަންތައްތަކެއް ހާސިލް ނުކުރެވެއެވެ.

އިންސާނުންނަށް ބުއްދިއާއި ހިކްމަތް ﷲ ތަޢާލާ ދެއްވާފައި ވީނަމަވެސް، ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފައި ރަނގަޅު ނިންމުންތައް ނިންމަނީ މަދު ބަޔެކެވެ. ދޭދޭ އިންސާނުންގެ ޚިޔާލާއި ފިކުރު މަދު ހާލަތްތަކުގައި އެއްގޮތް ވީނަމަވެސް، ގިނަ ޙާލަތްތަކުގައި، ވިސްނުމާއި ފިކުރު ތަފާތެވެ. ކަންކަމާމެދު، ތަފާތު ނަޒަރިއްޔާތުން ވިސްނާ މީހުންނަކީ، އިންސާނުންގެ ދިރިއުޅުމަށް ބޮޑެތި އިންގިލާބީ ބަދަލުތައް ގެނެސްދީފައިވާ މީހުންނެވެ. ޚިޔާލު ތަފާތު ވުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. ހަމަ މިބީދައިން ބިނާކުރަނިފި ފާޑު ކިޔުންތަކަކީވެސް ކަންކަން އިސްލާހްވެ، ކަންކަން ރަނގަޅު ކުރުމަށް މުހިންމު އެއްޗެކެވެ. ނަމަވެސް އެހެން މީހަކު ކުރިމަތި ކުރުވާ ފާޑުކިޔުމަކުން ނުވަތަ ތިމާގެ ވިސްނުމާއި ދެކޮޅު އެއަށްވުރެ ރަނގަޅު ހުށަހެޅުމެއް ނުވަތަ ޚިޔާލެއް ދިނުމަކީ، އެޚިޔާލު ނުވަތަ ފާޑުކިޔުން ކުރިމަތިކުރުވި ފަރާތާއި ޒާތީވާންޖެހޭ ސަބަބެއް ނޫނެވެ. ޚިޔާލު ތަފާތުވުމަކީ މައްސަލައެއް ނޫނެވެ. ކަންކަމުގައި ޒާތިވުމަކީ، ވަރަށް ބޮޑު މައްސަލައެކެވެ.

މީހަކާއި މެދު ހިތްހަމަ ނުޖެހުމުން، އެމީހަކު ކުރާ އެއްވެސް ކަމެއް ރަނގަޅު ނޫންކަމަށް ދެކުމަކީ ޒާތީވުމެވެ. ތިމާޔަށް، ވުރެ އެހެންމީހަކު މޮޅުވެދާނެކަމަށް ނުވަތަ ކުރިއެރުން ލިބިދާނެކަމަށް ބިރުން، އެހެން މީހުންގެ އަބުރު ކަތިލައި، އަގުވައްޓާލުމަށް ރަނގަޅު ނޫން ގޮތް އިޚްތިޔާރުކުރުމަކީ ޒާތީ ވުމެވެ. މީހުންނާއި މެދު ޒާތީވެ އެހެންމީހުންގެ އަބުރު ކަތިލުމަކީ، އެކަން ކުރާ ފަރާތަކަށް އޭގެ ސަބަބުން ވަގުތީ ހިންހަމަޖެހުމެއް ލިބުނު ނަމަވެސް، އެއިން އެއްވެސް ފަރާތަކަށް މަންފާއެއް ނުކުރާނެ ކަމެކެވެ. ދުނިޔެއިން ލިބިފައިވާ އިބްރަތަކީ، ހަޤީޤަތަކީ ކުޑަ ވަގުތުކޮޅަކަށް ފޮރުވާލެވުނު ކަމުގައި ވިޔަސް، ކޮންމެވެސް އިރަކުން ހާމަވާނެ އެއްޗެކެވެ. އިލާހީ ޤާނޫނަކީ ބަދަލުކުރެވޭނެ އެއްޗެއް ނޫނެވެ. މީހަކަށް ދެރައެއް ދީފައި، އަމިއްލަޔަށް އުފަލުގައި ތާއަބަދު އުޅެވިދާނެކަމަށް ވިސްނަނީ ހެއްޔެވެ؟. އަނިޔާ އާއި ވޭން ތަޙައްމަލްކުރާ މީހާގެ ދުޢާ އިޖާބަކުރެއްވުމުގައި ﷲ ތަޢާލާ އަވަސްވެ ވޮޑިގެން ވެއެވެ.

މީހެއްގެ އަގު ވައްޓާލައި، ހައްޤުގޮތް އޮޅުވާލައި ހޯދާ ކުރިއެރުމަކުން ނުވަތަ ކާމިޔާބީއަކުން އުފަލެއް ނެތެވެ. އެފަދަ ކާމިޔާބީއަކީ އަވާމެންދުރެއްފަދަ އެއްޗެކެވެ. އެފަދަ ފަރާތެއް، އަމިއްލަޔަށްވެސް އެއީ ކާމިޔާބީއެއްގެ ގޮތުގައި ބަލައިގަންނަން އުދަނގޫ ވާނެއެވެ. ކަންކަމުގައި ހައްލު ބޭނުން ނަމަ، ތިބާގެ މަސައްކަތުން ކާމިޔާބީ ހާޞިލުކުރާށެވެ. ޒާތީ ތަޢައްސަބުން އެއްކިބާވެގެން ނޫނީ، ކާމިޔާބީގެ މަގު ހާޞިލް ނުކުރެވޭނެއެވެ. މީހުންގެ އައިބުތައް ހާމަކޮށް، މީހުން ފަޟީހަތްކުރަން ވިސްނުމުގެ ކުރިން، ތިމާގެ އަމިއްލަ ހާލަތު ދެނެގަންނާށެވެ. އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫނެވެ.

ޒާތީ ނުވާށެވެ. ޒާތީވުމަކީ އެއްވެސް ކަމެއްގެ ހައްލެއް ނޫނެވެ. ކަންކަން ހައްލުކޮށް ރައްކާތެރިކަން އެދެނީނަމަ ކަމުގެ ހަޤީޤަތް ހޯދާ ބަލާށެވެ. ވަކި މީހަކަށް ވަކިބަޔަކަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި ތިބާއަށް ކުރެވިފައިވާ ކަންތައްތަކާއި މެދު ވިސްނައި ތިބާގެ އަމިއްލަ ނަފްސު އެންމެ ފުރަތަމަ އިސްލާހް ކުރެވޭތޯ ބަލާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!