ޚަބަރު
ތިނަދޫގައި އަނެއްކާވެސް އިތުރު އެކްސިޑެންޓެއް، މިފަހަރު ތިނަދޫ ފަޅުތެރެއިން

ގދ ތިނަދޫ ފަޅުތެރެއިން ދެދޯނި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ތިނަދޫ ފަޅުތެރެއިން މިރޭ އެކްސިޑެންޓެއް ހިގާފައިވަނީ ދެދޯނި ޖެހިގެންނެވެ.

ތިނަދޫ ނެރު ކައިރިން އެކްސިޑެންޓް ވެފައިވަނީ ގއ ދެއްވަދޫ “ދަރުމަ” ނަމަކަށް ކިޔާ ދޯންޏާއި ތިނަދޫ “ހަޒާނާ” ދޯނި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިކަމާ ގުޅިގެން ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ދަރުމަ ދޯނީގެ ކެޔޮޅު އަހުމަދު ޒަކީ ބުނީ، މިއެކްސިޑެންޓަކީ ދަރުމަ ދޯނި ނެރުން ނުކުންނަން އުޅެނިކޮށް ތިނަދޫ ފަޅުތެރެއިން ގަވާއިދާ ޚިލާފަށް ހަޒާނާ ދޯނި ނުކުންނަން ދިއުމުގެ ސަބަބުން ހިނގައިދިޔަ އެކްސިޑެންޓެއް ކަމަށެވެ.

މިރޭ 21:00 ހާއިރު ހިނގައިދިޔަ މިއެކްސިޑެންޓް ގައި ދެދޯންޏަށްވެސް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މިއެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިވާ ކަމުގެ މައުލޫމާތެއް ލިބިފައިނުވެއެވެ.

ކަނޑުމަތިން ދެ ދޯނި ޖެހި އެކްސިޑެންޓެއް ހިގާފައިވާއިރު، މިރޭ އިރާކޮޅުވެސް ތިނަދޫގައި އިތުރު ދެ އެކްސިޑެންޓެއް ހިގާފައިވެއެވެ. ފުރަތަމަ އެކްސިޑެންޓް ހިގާފައިވަނީ ތިނަދޫ ރަސްމީ ފާލަން ކުރިމަތިން ދެސައިކަލެއް ޖެހިގެންނެވެ. ދެވަނަ އެކްސިޑެންޓް ހިގާފައިވަނީ ތިނަދޫ ހުޅަނގު ފަރާތު ޓަރފް ދަނޑު ކައިރީގައެެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!