ޚަބަރު
ބިގްބޮސް އޯޓީޓީގެ ފައިނަލިސްޓަކަށް ދިވްޔާ އަގަރްވާލް

ރިއަލިޓީ ޝޯތަކުން ބެލުންތެރިންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ ދިވްޔާ އަގަރްވާލް ކަލާސް ޗެނަލުން ގެނެސްދިން “ބިގް ބޮސް އޯޓީޓީ” ކާމިޔާބުކޮށްފިއެވެ.

ބިގްބޮސް އޯޓީޓީގެ 42 އެޕިސޯޑް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައިވާއިރު މިއެޕިސޯޑްތައް ހޯސްޓުކޮށްފައިވަނީ މަޝްހޫރު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރްއެވެ.

މިޝޯގެ ފައިނަލުގައި ފަސް ބައިވެރިން ވާދަކުރިއިރު، އޭގެތެރެއިން ޕްރަތީކް ސެހަޖްޕަލް އަށް ލިބުނު ފުރުސަތުގެ ބޭނުން ހިފައި “ބިގް ބޮސް 15” ގައި ވާދަކުރުމަށް ޕްރަތިކާ ވަނީ ބިގްބޮސް ގެއިން ނުކުމެފައެވެ. އެހެންކަމުން ދެންތިބި ހަތަރު ބައިވެރިންގެ ތެރެއިން ދެވަނަ ހޯދާފައިވަނީ މަޝްހޫރު ކޮރިއޯގްރާފަރު ނިޝާންތު ބަޓްއެވެ. ބަތަލާ ޝަމިތާ ޝެއްޓީއަށް ތިންވަނަ ލިބިފައިވާއިރު ހަތަރުވަނައަށް ހޮވިފައިވަނީ ރާކޭސް ބަޕާޓްއެވެ.

ބިގްބޮސް އޯޓީޓީ ނިންމުމުގެ ރަސްމިއްޔާތު ކުލަގަދަ ގޮތަކަށް ރޭ ނިންމާފައިވާއިރު އަންނަ އޮކްޓޯބަރ މަހު 2ވަނަ ދުވަހު “ބިގް ބޮސް 15” ކަލާސް ޗެނަލުން ދައްކަން ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ. ބިގް ބޮސްގެ އެހެން ސީޒަންތަކެކޭ އެއްގޮތަށް މސީޒަންވެސް ހޯސްޓް ކުރާނީ ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންއެވެ.