ޚަބަރު
މި އަހަރު މަސްވެރިންގެ ދުވަސް ގާފަރުގައި

މި އަހަރުގެ މަސްވެރިންގެ ދުވަސް ކ.ގާފަރު ގައި ފާހަގަކުރަން ނިންމައިފިއެވެ.

ފިޝަރީޒް މިނިސްޓްރީންކުރި އިއުލާންގައި ބުނެފައިވަނީ ކ. ގާފަރުގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ނިންމާފައިވަނީ ކޯވިޑް-19 ގެ ސަބަބުން ޚަރަދުކުޑަ ކުރުމުގެ ގޮތުން މާލެ އާއި ކައިރި ސަރަޙައްދެއްގައި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކަމަށެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގައެވެ. މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ވާޗުއަލްކޮށެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއަހަރު މަސްވެރިންގެ ދުވަސް ފާހަގަކުރަން ބޭނުންވާ ރަށްތަކުން ޝައުގުވެރިކަން ފާޅުކުރަން ހުޅުވައެއްނުލަ އެވެ. އެހެންވެ މިއަހަރު މަސްވެރިންގެ ދުވަސް ފާހަގަ ކުރަން ގާފަރު ހަމަޖެއްސީ ގާފަރު ކައުންސިލާ މަޝްވަރާ ކުރުމަށްފަހު ސަރުކާރުން ބޭނުން ވެގެނެވެ.

މަސްވެރިކަން ފުޅާ ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!