ފެނަކަ ކޯޕަރޭޝަން އިން ވަކިކުރި އެސިސްޓެންޓް މެނޭޖަރަށް އަލުން ވަޒީފާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން އަމުރުކޮށްފިއެވެ.
ފެނަކަ ތިނަދޫ ބްރާންޗް ގެ އެސިސްޓެންޓް މެނޭޖަރ ކަމުން ވަކިކޮށްފައިވަނީ އިބްރާހިމް އަހުމަދު، އަބްހަރީގެ ގދ.ތިނަދޫ އެވެ. އޭނާ މަގާމުން ވަކި ކޮށްފައިވަނީ 2020 ވަނަ އަހަރު މެއި މަހުގެ 3 ވަނަ ދުވަހުއެވެ.
ފެނަކަގެ މައްޗަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން ކޮށްފައިވާ އަމުރުގައި ބުނެފައިވަނީ، އިބްރާހިމް އަހުމަދު ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން، އެ ވަޒީފާގެ ކަންތައްތައް އަލުން ހަމަޖެހޭ ތާރީޚާ ހަމައަށް އޭނާ ވަޒީފާއިން ވަކިކުރިއިރު އަދާކުރި މަގާމުގެ މުސާރައާއި އިނާޔަތްތަކަށްވާ ފައިސާއިން އިބްރާހިމް އަހްމަދަށް ވަޒީފާއިން ވަކިކުރިއިރު ނޯޓިސްގެ މުއްދަތަށް ދިން ފައިސާ އުނިކުރުމަށްފަހު ޖެހޭ އަދަދަކީ ފެނަކައިން އިބްރާހިމް އަހުމަދަށް ދޭންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި، އޭނާ ސަސްޕެންޑް ކޮށްފައިވާ މުއްދަތަށް އެފަރާތަށް މަހު އުޖޫރައިގެ ގޮތުގައި ޖެހޭ އެއް މަސްދުވަހުގެ ފައިސާ ދިނުމަށް ކަނޑައަޅައި، މިއަދުން ފެށިގވެން 30 ދުވަހުގެ ތެރޭގައި ތަންފީޒު ކުރުމަށްފަހު އެކަން ހަމަޖެހޭތާ 3 ދުވަހުގެ ތެރޭގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށެވެ.
ސަރުކާރުން ފެނާއި ނަރުދަމާ އަދި ކަރަންޓްގެ ޚިދުމަތް ދިނުމަށް އުފައްދާފައިވާ ފެނަކަ ކުންފުނި މައްޗަށް ކޮއްފައިވާ ޙުކުމުގައި ބުނެފައިވަނީ، އިބްރާހިމް އަހުމަދު ވަޒީފާއިން ވަކިކޮށްފައިވަނީ ރަނގަޅު އުސޫލަކުން ނޫން ކަމަށާއި، ވަޒީފާއިން ވަކި ކުރި ފަހުން މިވީ 14 މަސްދުވަހުގެ މުސާރަ އާއި އެލަވެންސް ގެ އިތުރުން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި، އޭނާ އަށް އަލުން އަނބުރާ އެ މަގާމު ދިނުމަށެވެ.
އިބްރާހިމް އަހުމަދު ވަޒީފާ އިން ވަކިކުރި މައްސަލާގައި އިބްރާހިމް އަހުމަދު ވަނީ އޭނާ ވަޒީފާ އިން ވަކި ކޮށްފައި ވަނީ އެކަށީގެންވާ ސަބަބެއް ނެތި، ވަޒީފާއިން ވަކި ކުރުމުގައި ގާއިމް ކުރަން ޖެހޭ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމް ކުރުމެއް ނެތި ވަޒީފާއާ ބެހޭ ގާނޫނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދާއި ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
މީ ހަމަ 100 ގެ ނިިންމުމެކެ.
ކަލޯ އިބްރާހިމާ ހިނގަ އަވަހައި ކަނަންދެނަން