ޚަބަރު
ދިވެހި ވެބް ސީރީސް “ގިރިޓީ ލޯބި” ބައިސްކޯފަށް

ޑާރކްރެއިން އެންޓަޓެއިންމަންޓުގެ އުފެއްދުމެއް ކަމަށްވާ “ގިރިޓީ ލޯބި” ވެބް ސީރީސް ބައިސްކޯފުން ދެއްކުމަށް ހަމަޖެހިއްޖެއެވެ.

މިސީރީސްގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ 20 އެޕިސޯޑުގެ މައްޗަށް އެކުލެވިގެންވާ މިސީރީޒް އަންނަ ނޮވެމްބަރު މަހު ނުވަތަ ޑިސެމްބަރު މަހު ބައިސްކޯފާ ހަމައަށް އަންނާނެ ކަމަށެވެ.

އަލީ ޝިފާއު (ޗިއްޕެ)ގެ ޑައިރެކްޝަނަށް ހަދާފައިވާ މިސީރީސްއަކީ ކޮމެޑީ ޑްރާމާ ސީރީސްއެކެވެ. މިސީރީސްގައި ލީޑްރޯލް ކުޅެފައިވަނީ އައިމިނަތު ރަޝްފާ(އާޝާ)ގެ އިތުރުން ދިވެހި އަންހެން ކުދިންގެ ހިތުގައި ރަސްކަން ކުރަމުންދާ ވިޝާލް (ރޯމަން)އެވެ. މަޝްހޫރު ލިޔުންތެރިޔާ އަހުމަދު ޒަރީރުގެ ވާހަކަ އަކަށް ހަދާ “ގިރިޓީ ލޯބި”ގެ އިތުރު ކާސްޓުންނަށް ބަލާއިރު މުހައްމަދު މަނިކު، މުހައްމަދު ފައިސަލް އަދި އާދަމް ރިޒްވީ (ރެކްސް) ހިމެނުމަކީ މި ޑްރާމާ ސީރީސްއަށް ދިވެހިންގެ މެދުގައި މަޤްބޫލުކަން ލިބިގެންދާނެ އެއްކަމެވެ.

މިފިލްމުގެ ދެލަވައެއް ޔޫޓިއުބްގައި ދައްކަމުންދާއިރު މިދެލަވަޔަށްވެސް ދިވެހިންގެ މެދުގައި ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. “ގިރިޓީ ލޯބި” ވެބް ސީރީޒްގެ ފުރަތަމަ ލަވަ “ދީފާ” ލަވައިގެ ޅެމާއި މިއުޒިކް ހަދައި، ލަވަ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ފަތުހުﷲ އަބްދުލް ފައްތާހު (ފަތޯ) އެވެ. އަދި ހިތްގައިމު އަމިއްލަ ރާގަކަށް ސަޅި މިއުޒިކެއް ތައްޔާރުކޮށްފައިވާ “މިހިތުގެ ރާނީ” ލަވަ އަކީ އަލީ އައިމަންގެ ޅެމަކަށް ތައްޔާރުކޮށްފައިވާ “ދަ ސިލިއޯ” ގެ ލަވައެކެވެ.

“ގިރިޓީ ލޯބި” ވެބް ސީރީޒަކީ އައިޝަތު ފުއާދު ތައުފީގު އަދި މުހައްމަދު ޢަލީ (މޮގާ) ޕްރޮޑިއުސްކޮށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ ސީރީޒެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!