ރިޕޯޓް
ކުދިންގެ ކުރިމަތީ ޒުވާބު ކުރުމަށްވުރެ ދެމަފިރިން ވަކިވުން މާރަނގަޅު

ދުނިޔޭގެ ނިސްބަތުން ބަލާއިރު ރާއްޖެއަކީ ވަރިގިނަ ޤައުމެކެވެ. ދިވެހިން ދެކޭގޮތުގައި ކައިވެންޏާއި ވަރިއަކީ މިޒަމާނުގައި އެހާބޮޑު ކަމެއް ނޫނެވެ. އިސްލާމް ދީނުގައި ފިރިހެނުންނަށް ހަތަރު އަނބިން ހުއްދައޭ ކިޔާފަ ހަތަރު އަނބިން ގެންގުުޅޭ މީހުންވެސް ރާއްޖޭގައި މަދެއް ނޫނެވެ. ފާޅުގަޔާއި ސިއްރިއްޔާތުގައި އަބިން ގެންގުޅޭ މީހުންވެސް ރާއްޖޭގައި އުޅެއެވެ. ދިރިއުޅުުމުގައި ކިރިޔާ މައްސަލައެއް ޖެހޭއިރަށް ވަރިކުރުމަށްފަހު އެކަމުން ބޯ ދަމައިގަންނަ މީހުންނާއި ދިރިއުޅުުމުގައި އަނިޔާ އާއި ފުރައްސާރަ ކުރިމަތި ކުރުވިޔަސް ދަރިންނަށްޓަކައި އެއަނިޔާ ތަހައްމަލްކުރާ މީހުންވެސް ރާއްޖޭގެ މާހައުލުން ފެނިގެންދެއެވެ. އަނިޔާ ތަހައްމަލްކުރާ އަންހެނުންނެކޭ އެއްފަދައިން އަނިޔާ ތަހައްމަލްކުރާ ފިރިންވެސް މަދެއްނޫނެވެ. ދުނިޔޭގެ އެހެން ޤަުމުތަކާ އަޅާބަލާއިރު ދިވެހިންގެ ވިސްނުން މާކޮށިއެވެ.

ރާއްޖޭގެ ގިނަބަޔަކު ޤަބޫލުކުރާ ގޮތުގައި ދަރީންގެ މުސްތަޤުބަލް ރަނގަޅުގޮތުގައި ބިނާވެގެންދާނީ ދެމަފިރިން އެކުގައި ދިރިއުޅުމުންނެވެ. ދަރިންގެ މުސްތަޤުބަލަށްޓަކައި ދެމަފިރިން އެކުގައި ދިރިއުޅެން ޖެހޭކަމަށް ހީވެފައި އޮންނަ މިހީވުމަކީ ކުށްހީއެކެވެ. ދެމަފިރިން ވަކިން ދިރިއުޅުނަސް ދަރިން ތަރުބިއްޔަތުކޮށް، އެދަރިން އުފަލުގައި ގެންގުޅެވިދާނެއެވެ.

މިމުޖުތަމައުއަށް ބަލާލާއިރު ވަރިއަކީ ވަރަށް ގިނައިން ހިނގާ ކަމެކެވެ. އެހެންނަމަވެސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަދިވެސް ދަރިންނަށްޓަކައި ޤުރުބާންވާ އެތައް މަންމައިން އެބަތިއްބެވެ. ދެމީހުން އެކަކު އަނެކަކާއެކު ދިރިއުޅުން ކުރިއަށް ގެންދަން ބޭނުން ނުވާ ހާލު ވެސް އެކުގައި ދިރިއުޅެނީ އެންމެ ސަބަބަކަށް ޓަކައެވެ. އެ ދެމަފިރިންގެ ދަރީންނަށް ނިކަމެތި ކަމެއް ލިބިދާނެ ކަމަށް ހީވާތީއެވެ.

އެއްވެސް މީހަކު އެމީހެއްގެ ދަރިއަށް ގެއްލުމެއް ލިބެން ނޭދޭނެއެވެ. ގިނަފަހަރަށް ކަންތައްވެފައި އޮންނަނީ ދެމަފިރިން ވަކިވުމަށްފަހު ދޮންމަންމަ ނުވަތަ ދޮންބައްޕައިންގެ ފަރާތުން ދަރިންނަށް ލިބެނީ އަނިޔާތަކާ ވޭންތަކެވެ. ޖިންސީ ފުރައްސާރައާއި ގެވެށި އަނިޔާތަކެވެ. ދަރިން ބާކީވެ ކިޔެވުން ވިއްސިވިހާލިވެގެންދާތަނެވެ.

ކަންމިހެން އޮތުމާއެކު ބައެއް މީހުންގެ ވިސްނުން ހުންނަނީ ކިތަންމެ އުޅެން ބޭނުން ނުވިޔަސް ދެމަފިރިން ވަކިނުވުމަށެވެ. އޭގެ ނަތީޖާއަކަށް ވެގެންދަނީ ދެމަފިރިންގެ ދޭތެރޭ މައްސަލަތައް އިތުރުވެ، ކުދިން ކުރިމަތީގައި ޒުވާބުކޮށް، ގޭތެރެއިން އެކުދިންނަށް ނޭދެވޭ މަންޒަރުތައް ފެނިގެން ދިޔުމެވެ. ގޭތެރެއިން ކުދިންނަށް ފެނިގެން މިދާ ކަންތައްތަކުން ކުއްޖާއަށް ނޭދެވޭ އަސަރުކުރާނެކަން އެދެމަފިރިންނަށް ފަހެ ނުވިސްނެނީ ހެއްޔެވެ؟ އެދަރިން ބޮޑެތިވެ ދިރިއުޅުމެއް ފަށާއިރު ނަމޫނާއެއްގެ ގޮތުގައި ބަލައިގަންނާނީ މައިންބަފައިންނެވެ. އެހެންކަމުން އެހިސާބުން އެދަރިންގެ މުސްތަޤުބަލްވެސް ވެއްޔާ މޮޑެވުނީއެވެ.

ދަރީން ދެކެ އެހާ ވަރަށް ލޯބިވާނަމަ ދެމަފިރީން ދޭތެރޭގައި ޖެހޭ މައްސަލަތައް ހައްލު ކުރާނެކަން ޔަޤީނެވެ. ދެމީހުންވެސް އެމީހަކަށް ކުރެވުނު ގޯސް ކަންތައްތައް ގަބޫލުކޮށް ރަނގަޅުވާން މަސައްކަތް ކުރާނެއެވެ. ދެމީހުންގެ ގުޅުން ރަނގަޅު ކުރެވޭނެ ގޮތަކާމެދު ދެމީހުން މަޝްވަރާ ކުރާނެއެވެ. ދަރިންނާ ދޭތެރޭ ދެމީހުންވެސް ވިސްނާނެއެވެ. މިފަދަ މައްސަލަތައް ހައްލުނުކުރެވޭނަމަ ދަރިންނަށްޓަކައި ދެމަފިރިން އެކުގައި އުޅުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟

ކީރިތި ރަސޫލާ މުހައްމަދު ޞައްލަﷲ އަލައިހި ވަސައްލަމްގެ ސުންނަތުގައި ނުވަތަ ކީރިތި ގުރުއާނުގައި އެއްވެސް އާޔަތެއްގައި ދަރިންނަށްޓަކައި ދެމަފިރިން އެކުގައި ތިބެން ޖެހޭ ކަމަށް އަންގަވާފައެއް ނުވެއެވެ. އިސްލާމްދީނުގައި އަންގާވާފައިވަނީ އެއްވެސް މީހަކީ އެކަކު އަނެކަކުގެ އެހީތެރިކަމާ ނުލާ ނޫޅެވޭނެ ކަމަށާއި ދިރިއުޅުމުގައި ދިމާވާ ދަތިތަކާއި މައްސަލަތަކަކީ ދެމަފިރިން ވާހަކަ ދައްކައިގެން ހައްލުކުރެވޭނެ މައްސަލަތަކެއް ކަމަށެވެ. އަދި އަނެކާއަށް މާފްދިނުމަކީ އިސްލާމްދީނުގެ ރިވެތި ސިފަތަކުގެ ތެރެއިންވާ މާތް ސިފައެއް ކަމަށެވެ.

ދެމަފިރިން ވަކިވުމަށްފަހުގައިވެސް ދަރިންގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރެވިދާނެއެވެ. ދަރިންނަށްޓަކާ ކޮންމެހެން އެދެމީހުން އެކުގައި އުޅޭކަށް ނުޖެހެއެވެ. ދަރިންނަށް ދޭންޖެހޭ ވަގުތު ހުސްކޮށް ދެމީހުންވެސް ދަރިންނާއެކު ވަގުތު ހޭދަކުރެވިދާނެއެވެ. އެކުގައި މަޖާކޮށް ދަރިންގެ ކިޔެވުމުގައި ދެމީހުންގެ ހިއްސާވެސް އޮންނަން ޖެހެއެވެ. މިއީ ރާއްޖޭގައި އާ ކަމެއްނޫނެވެ. މިހާރަކަށް އައިސް ފެންނަމުންދާ މަންޒަރަކީ މަންމަ ކައިރީ ދަރިފުޅު ހުރެއްޖެނަމަ ބައްޕަގެ ލޯބިން މަހުރޫމްވާތަނެވެ. އަދި ބައްޕަ ކައިރީ ހުރެއްޖެނަމަ މަންމަގެ ލޯތްބާ އަޅާލުން ނުލިބޭ ކަމެވެ. މިކަން މިހެން ވާންޖެހޭ ސަބަބެއް ނެތެވެ. އެހެނީ ދަރިންގެ މައްޗަށް އެދެމީހުންނަށްވެސް ލިބިގެންވާ ހައްޤުތަކެއް ވެއެވެ. އެދެމީހުންވެސް ދަރިންނަށް އަދާކުރަންޖެހޭ ވާޖިބުތަކެއް އެބަހުއްޓެވެ. އެވާޖިބުތައް އަދާނުކުރެވުމަކީ އެމީހެއްގެ ނާޤާބިލްކަމެވެ. ނުކުޅެދޭކަމެވެ. ދެމަފިރިން ވަކިވި ކަމުގައިވިޔަސް، ދަރިންނަށްޓަކައި ދެމަފިރިންނަށް ވެސް ރިޒުގު ތަނަވަސް ކޮށްދެއްވަވާނެ ކަމަށް މާތްﷲ ވަނީ ވައުދުވެ ވޮޑިގެންފައެވެ.

ހިތާމަޔަކީ މިމުޖުތަމައުގައި ދެމަފިރިން ވަކިވުމަށްފަހުގައިވެސް އެދެމީހުން އެކަކު އަނެކަކަށް ޖެއްސުންކޮށް އެއްޗެހިކިޔާ ދަރިންނާ ބައްދަލުވިޔަނުދީ ދަރިން އަނެކާގެ ލޯބިން މަހުރޫމްކޮށްލާތީއެވެ. އެއީ އަދި ރަނގަޅު ގޮތެއް ނޫނެވެ.ދަރިންނަކީ މާތްﷲ އަހަރެމެންނާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އެހެންކަމަށްވާނަމަ އެއަމާނާތަށް އަހަރެމެންނަށް އެވެވުނީ ޚިޔާނާތެވެ.

 1. މިހާރު ވެސް ވަރި ގިނަވާތި މިއުޅެނީ އަދި ވެސް އެކަމައް ހިތްވަރު ދެނީ ދޯ ތިޔަ

 2. ސަމް

  ވަރަށް ރަނގަޅު ވާހަކަ

 3. ވަލީ

  ހޮޅިވާހަކަ. ދަރިންނަށް ޓަކައި ވަރިނުވެ ވޭތޯ ބަލަންޖެހޭނެ. އެކަމަކު ދަރިންކުރިމަތީ ޒުވާބުކޮށްގެން ނުވާނެ. ދެމީހުންވެސް މައްސަލަތައް ހައްލު ކުރަން މަސައްކަތްކުރަންވާނެ