ޚަބަރު
މިނިމަމް ވޭޖްގެ ގޮތުގައި ދެވޭނެ މިންވަރެއް އަންނަ ބުދަ ދުވަހު ކަނޑައަޅަނީ

މިނިމަމް ވޭޖުގެ ގޮތުގައި ދެވޭނެ މިންވަރެއް އަންނަ ބުދަދުވަހު ބާއްވާ ބޯޑު ބައްދަލުވުމުގައި ކަނޑައަޅާނެކަމަށް މިނިމްމަވޭޖް އާއި ބެހޭ ބޯޑުން އަންގައިފިއެވެ.

އެބޯޑުގެ ސެކްރެޓަރީ ޖެނެރަލް މައުރޫފް ޒާހިރު (މާއްޓެ) ވިދާޅުވީ އަންނަ ބުދަދުވަހު ބޯޑު ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށާއި އެބައްދަލުވުމުގައި އެންމެ ކުޑަ މުސާރައަކަށް ދެވޭނެ މިންވަރެއް ކނޑައަޅާފައި އިކޮނޮމިކް މިނިސްޓްރީއާ ހިއްސާ ކުރެވޭނެ ކަމަށެވެ. އޭގެ ފަހުގައި އެއަދަދު ފައިނލް ކުރާނީ އިކޮނޮމިކް މިނިސްޓްރީން ކމަށް މާއްޓެ ވިދާޅުވިއެވެ.

އެހެންނަމަވެސް މިސަރުކާރުން އެންމެ ކުޑަ މުސާރައެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދކީ 6700 އާއި 8900 އާއި ދެމެދުގެ އަދަދެކެވެ. މިނިމަމްވޭޖް ކަނޑައެޅުމުން ކުޑަ މުސާރަ ލިބޭ މީހުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެއެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން، މިނިމަމް ވޭޖް ކަނޑައަޅަން ޖެހޭނީ ވޭޖް ބޯޑުން ދޭ ލަފާގެ މަތިން އިކޮނޮމިކް މިނިސްޓަރެވެ.

އެކި ފަހަރުމަތިން މުއްދަތުދީފައިވީނަމަވެސް މިހާތަނަށް އައިއިރު ސަރުކާރުގެ މިވައުދު އަދި ވަނީ ނުފުއްދިފައެވެ. މިނިމަމްވޭޖް ކަނޑައެޅުމުގައި ދިގުދެމިގެންދާތީ އާއި މުވައްޒަފުންގެ މުސާރައިގެ ތަފާތު ކުރުންތަކުގެ ސަބަބުން މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ސިވިލް ސާވެންޓުން އަންނަނީ އިހުތިޖާޖް ކުރަމުންނެވެ. އެގޮތުން އިއްޔެ ކަޅުހެދުމުގައި ހިމޭން އިހުތިޖާޖެއް ކުރުމަށްފަހު އެއްވެސް ހައްލެއް ނުފެނުމުން މާލެގެ އިތުރުން ގިނަ ރަށްރަށުގެ ކައުންސިލްތަކުން ވަނީ މިއަދު މަސައްކަތް ހުއްޓާލާފައެވެ. ވަޒީފާއަށް ނުކުތް ކަމުގައިވިޔަސް އެއްވެސް މަސައްކަތެއް ނުކޮށް އަދިވެސް ދަނީ އިހުތިޖާޖްކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!