ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ ނޫސްވެރިންނާ ބައްދަލު ކުރައްވާނެ ކަން އިއުލާން ކުރައްވައި، ސަރުކާރުގެ ބައެއް ސިއްރުތައް ހާމަ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު މިއަދު ޖަލުން ދޫކޮށްލުމާއިއެކު ކުރި ޓްވީޓުގައި ބުނެފައިވަނީ މިރޭ 9 ޖަހާއިރު ނޫސްވެރިންނައި ބައްދަލު ކުރާނެކަމަށެވެ. އަދި އޭނާ ފްރޭމްކޮށް، ރައީސް ޔާމީން ޖަލަށް ލާން ނިންމި ނިންމުންތަކުގެ ހަގީގަތްވެސް ހާމަކުރާނެކަމަށެވެ.
މިރޭގެ ނިއުސް ކޮންފަރެންސްގައި އަޅުގަނޑު ފްރޭމްކޮށް އަޒުލުކުރި ގޮތާއި، ރައީސް ޔާމީން ޖަލަށް ލާން ނިންމި ނިންމުމާއި، ޕީޖީއާ އެމް.އެމް.ޕީ.އާރު.ސީ ގެ ޚިޔާނާތާއި އޮތް ގުޅުމާއި އުތުރު ތިލަފަޅު ހިމެނޭ. – ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
އަލީ ވަހީދުގެ މައްޗަށް ޖިންސީ ކުށުގެ ދައުވާތަކެއް އުފުލާފައިވަނިކޮށް، ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ހުއްދަ ދިން ގޮތަށް އޭނާ އުޅުއްވަނީ ބޭރުގައެވެ. ހަތަރު މަހަށް އެ ހުއްދަ ދިން ފަހުން މިހާރު ހަތް މަހަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ.
އަލީ ވަހީދު ރާއްޖޭން ބޭރަށް ފުރާވަޑައިގަންނަވަން ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީޑު އެ ހުއްދަ ދެއްވީ ހަތަރު މަސް ދުވަހުގެ އެއްބަސްވުމަކަށް ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނުވާ ގޮތަށެވެ.