ސިނަމާލެ ބްރިޖް މަތިން ދުއްވާފަ ދިޔަ ކާރެއް ކޮންޓްރޯލްނުވެ ގޮސް ހުޅުލެ އެއަރޕޯޓްގެ ފެންސް ފަޅާލާފައި ކާރު މޫދަށް ވެއްޓިއްޖެއެވެ.
މިއެކްސިޑެންޓް ހިނގާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވިގޮތުގައި މިއެކްސިޑެންޓް ހިގަން މެދުވެރިވީ ހުޅުމާލެ އެމްޑަބްލިއުއެސްސީ ސައިޓާ ދިމާ ހައިވޭއިން ދުއްވައިފާ ދިޔަ ކާރެއް އެ މަގުގެ އަރިމަތީގައި ޖަހާފައިވާ ގަސްތަކުގައިޖެހި ޕޭވްމަންޓް އަށް އެރުމުން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުވެގޮސް ކަމަށެވެ. އަދި މިއެކްސިޑެންޓް ހިނގި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 15:35 ގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީގުކުރަމުންނެވެ.