ވެރިކަން ކުރާ އެމްޑީޕީގެ އިސް ސަފުގައި އުޅޭ މީހަކު އެއްޖިންސުން ގުޅުން ހިންގި ކަމަށާއި، ރަމަޟާން މަހު ދުވާލު ކައިބޮއެ ހެދި ކަމަށް ކަމަށް ކުރީގެ ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވީ އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅަކު އެއްޖިންސުން ގުޅުން ހިންގައި ރަމަޟާން މަހު ދުވާލު ކައިބޮއެ ހެދީ މާލޭގައި ހުންނަ މާގިރި ހޮޓެލުގައި ކަމަށެވެ.
އިނގިރޭސިވިލާތުގައި ހައްޔަރު ކުރުމަށްފަހު ސެޕްޓެމްބަރ 09 ގައި ޖަލުން ސަލާމަތްވެގެން މިރޭ ނޫސްވެރިންނާއި ބައްދަލު ކުރައްވަމުން ކުރީގެ ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވެރިކަން ކުރާ އެމްޑީޕީ އާއި، ސަރުކާރަށް ވަރަށްބޮޑަށް ފާޑު ވިދާޅުވެފައެވެ.
މިރޭ ނޫސްވެރިންނާއި ބައްދަލު ކުރައްވަމުން އަލީ ވަހީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމަށް ގެންނަން މަސައްކަތް ކުރެއްވުނީތީ ރައްޔިތުންގެ ކިބައިން މަޢާފަށް އެދިފައެވެ.
ހަމަ *އެއް ނޫން
މި ހުރިހާ ދުވަހު އެކަން ސިއްރުކޮށްގެން ހުރުން އެއީ ބޮޑު ކުށެއް. މިހާރު އެވާހަކަ ދެއްކީ ކޮން މޮޅެއް ލިބޭނެ ކަމަށް