ޚަބަރު
ސިވިލް ސާވެންޓުންގެ ހައްޤުގައި ކުރަމުންދާ އެއްވެސް މަސައްކަތެއް ހުއްޓާނުލާނަން: ސިވިލް ސާވެންޓް އެސޯސިއޭޝަން

ދިވެހި ސިވިލް ސާވެންޓް އެސެސޯސިއޭޝަނުން ސިވިލް ސާވެންޓުންގެ ހައްޤުގައި ކުރަމުންދާ އެއްވެސް މަސައްކަތެއް ހުއްޓާނުލާނެ ކަމަށް އެ ޖަމިއްޔާއިން ވިދާޅުވެއްޖެއެވެ.

ސިވިލް ސަރވިސް ކަމިޝަނުން އިއްޔެ ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ މިޖަމިއްޔާއަކީ ރަޖިސްޓްރީނުކޮށް ޤަވައިދާ ޚިލާފަށް ހިންގާ ޖަމިއްޔާއެއް ކަމަށާއި މިފަދަ ފަރާތްތަކުން ހިންގާ ހަރަކާތްތަކާއި، އިރުޝާދު ތަކަށް އަމަލުނުކުރުމަށް އެކޮމިޝަނުން ވަނީ ސިވިލް ސާވެންޓުންނަށް އިލްތިމާސްކޮށްފައެވެ.

އެހެންނަމަވެސް ސިވިލް ސާވެންޓް އެސޯސިއޭޝަނުން މިވަނީ އެކޮމިޝަނުގެ ވާހަކަތައް ދޮގުކޮށް ބަޔާނެއް ނެރެފައެވެ. މިއެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ބުނާގޮތުން މިޖަމިއްޔާ ރަޖިސްޓްރީކޮށްފައިވަނީ 2009 ވަނަ އަހަރުގައެވެ. އަދި އެޖަމިއްޔާގެ ރަޖިސްޓްރޭޝަން ނަންބަރުވެސް މިބަޔާނުގައި ހާމަކޮށްފައިވެއެވެ.

މިޖަމިއްޔާއިން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ ސިވިލް ސާވެންޓުންގެ ހައްޤުގައި އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމަށާއި ހިންގަމުންދާ އެއްވެސް ހަރަކާތެއް ހުއްޓާނުލާނެކަމަށެވެ. އަދި އެޖަމިއްޔާގެ ފޭސްބުކް ޕޭޖުގައި މިވަގުތު ބޭނުންކުރަމުންދާ ޕްރޮފައިލް ފޮޓޯއަކީ މިހާރު ހިގަމުންދާ ހަރަކާތާއި ގުޅިގެން ބޭނުން ކުރަމުން ގެންދާ ފޮޓޯއެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

ސިވިލް ސާވެންޓުންގެ މުސާރައިގައި ސަރުކާރުން ތަފާތުކުރުން ގެންގުޅޭތީ މިޖަމިއްޔާއިންވަނީ 19 ސެޕްޓެމްބަރ 2021 އިން ފެށިގެން އިހުތިޖާޖެއް ފަށާފައެވެ. މުސާރައިގެ ތަފާތުކުރުން ނައްތާލާ މިނިމަމް ވޭޖް ކަނޑައަޅައިދިނުމަށް އެދި ސިވިލް ސާވެންޓުން ދަނީ އަޑުއުފުލަމުންނެވެ. އެގޮތުން ރާއްޖޭގެ ބައެއް ކައުންސިލްތަކުގައި އިއްޔެ ވަނީ މަސައްކަތް ހުއްޓާލާ އިހުތިޖާޖްކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!