ރިޕޯޓް
މީހާގެ ހަނދާނާއި ކަސްރަތާއި ގުޅުމެއް ވޭތަ؟

ކޮންމެ އިންސާނަކަށްވެސް ކޮންމެވެސް މިންވަރަކަށް އެކި ކަންތައް ހަނދާން ނެތުމުގެ މައްސަލަ ކުރިމަތިވެއެވެ. ބައެއް މީހުންނަށް ދުރު މާޒީގައި ހިނގާފައި ހުންނަކަންކަން ގިނަފަހަރު ހަނދާން ނެތިވެފައިވާއިރު، މަދު ބަޔަކަށް ކައިރި މުސްތަޤުބަލުގައި ހިނގާ ކަންކަންވެސް ހަނދާން ބަހައްޓަން އުދަނގޫވެއެވެ. ބައެއް ފަރާތްތަކުން މިއީ މުސްކުޅިވުމުގެ އަލާމާތެއް ކަމުގައި ބުނާއިރު، ބައެއް ފަރާތްތަކުން ހަނދާން ނެތުމަކީ ބައްޔެއްގެ ގޮތުގައި ދެކެއެވެ.

އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުންގެ ދިރިއުޅުމުގައި ހަނދާން ނެތުމުގެ މައްސަލަ އަބަދުވެސް ދިމާވެއެވެ. ވަރަށް ކުދިކުދި ކަންތައްތަކުން ފެށިގެންގޮސް، ބޮޑެތި ކަންތައްތަކުގައިވެސް މެއެވެ. މިގޮތުން ތަޅުދަނޑި، ވޮލެޓް، އައިނު އަދި މިހާރުގެ ހާލަތަށް ބަލާނަމަ ހަނދާން ނެތިގެން މާކްސް ނާޅާ މަގުމައްޗަށް ނުކުމެވޭ ފަހަރު ވެސް ބައެއްފަހަރު އާދެއެވެ. ކޮންމެވެސް ރައްޓެއްސެއްގެ އޮލަ ވާހަކައިގައި ޖެހި ކޮފީގައި އިދެ، ދަރިފުޅު ހޯދަން ސްކޫލް ދޮށަށް ނުދެވުން ފަދަ ކަންތައްވެސް ބައެއްފަހަރު ކުރިމަތިވުން ނުވަތަ. ގޭގައި އުޅޭ އަންހެންވެރިން، ބައެއްފަހަރު ހަނދާން ނެތިގެން ލޮނުލާ ކައްކައިގެން ފިރިސޮރު ރުޅިގަދަވެ، ހިތްހަމަ ނުޖެހުމާއި ވެސް މަދު އަންހެންވެރިންނަށް ކުރިމަތިލާންޖެހެއެވެ. ނަމަވެސް މާގިނައިން ހަނދާން ނެތޭ ކަމަށް ވާނަމަ އެއީ މައްސަލައެކެވެ. އެހިސާބުން ތިމާ ދިރިއުޅުމުގެ ބައެއް އާދަތަކަށް ބަދަލުތައް އެބަ ގެންނަން ޖެހޭކަމަށް ކަމާ ބެހޭ ސިއްހީ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ހަނދާން ނެތުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމެއްގެ ގޮތުގައި ސިފަކޮށް ސިއްހީ ތަޖުރިބާކާރުން ވިދާޅުވީ ދިރިއުޅުމުގެ އާދައަށް ގެންނަ ކުޑަކުޑަ ބަދަލަކުން ބޮޑު ތަފާތު ފެންނާނެ ކަމަށެވެ. ހަނދާން ނެތުމަށް މެދުވެރިވާ މައިގަނޑު އެއްސަބަބަކީ ކަސްރަތު ނުކުރުމެއެވެ. އެކަށީގެންވާ މިންވަރަށް ހެލިފެލިވެ ނޫޅޭ ކަމަށްވާނަމަ ހަނދާންނެތުގެ ބައި އެހެން މީހުންނާ ހިލާފަށް ބޮޑުވާނެއެވެ.

ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކޮންމެ ދުވަހަކު ކަސްރަތު ކުރުމުން ހަނދާން ނެތުމުގެ ބަލިން ސިކުނޑި ރައްކާތެރި ކޮށްދެއެވެ. ހަނދާން ނެތުން ނުވަތަ އަލްޒައިމާސް ޑިސީސް ބެހޭ ގޮތުން ހަދާފައިވާ ރީސާޗްގައި ބުނެފައިވާ ގޮތުގައި ބަލި ޖެހުމުގެ ޖެނެޓިކް ރިސްކް ހުންނަ މީހުން ގަވާއިދުން ކަސްރަތު ކުރުމުން ސިކުޑިއަށް ލިބޭ ފައިދާ ބޮޑެވެ. އަދި ޖެނެޓިކް ރިސްކް ނުހުންނަ މީހުންނަށްވުރެ ހުންނަ މީހުން ކަސްރަތު ކުރުމުން ލިބޭ ފައިދާ މާބޮޑު ކަމަށް މިރިސާޗުން ދައްކައެވެ.

ހައި ރިސްކް ޖީން ހުންނަ މީހުންނާއި، ހައިރިސްކް ޖީން ނެތް މީހުން ބައިވެރިކޮށްގެން މިރީސާޗް ހަދާފައިވާއިރު، އެމީހުންގެ ސިކުޑީގެ އެމްއާރްއައި ހެދިއެވެ. އަދި އެމްއާރްއައި ހަދަމުންދިޔައިރު ޑޮކްޓަރުން ދިޔައީ އެމީހުންގެ ސިކުޑިތަކަށް އަންނަ ބަދަލުތައް ފާހަގަކުރަމުންނެވެ.

މިޓެސްޓުތައް ހަދަމުންދިޔަ އިރު ޑޮކްޓަރުންގެ ޓީމުންވަނީ ސިކުޑީގެ 15 ދިމާލެއް ބަލާފަ އެވެ. އަދި ހަނދާންތަކާ ގުޅޭ ބައިގެ މަސައްކަތްތަކަށް އަންނަ ބަދަލުތައް ދިރާސާކުރިއެވެ. އެގޮތުން ރަނގަޅަށް ކަސްރަތުކޮށް އުޅޭ މީހުން ހަނދާނާ ގުޅޭ ބައިތައް ރަނގަޅަށް މަސައްކަތް ކުރިއިރު އެއްވެސް ގޮތަކަށް ހެލިފެލިވެ ނޫޅޭ މީހުންގެ ހަނދާން މަސައްކަތް ކުރި މިންވަރު ދަށެވެ. ސިއްހީ ގިނަ ދިރާސާތަކުން ދައްކާ ގޮތުން މީހާގެ ހަނދާނާ ކަސްރަތާ ވަރަށް ބޮޑު ގުޅުމެއްވެއެވެ.

ކަސްރަތާ މިހާގެ ވިސްނުމާ ގުޅިފައިވާ ފަދައިން މީހާ ދުޅަހެޔޮ ހަށިހެޔޮކޮށް ހުރުމަށް ވެސް ކަސްރަތު ވަރަށް މުހިންމެވެ. ކަސްރަތާއެކު ގައިގައި ހަކަތަ އަބަދު ވެސް ރަނގަޅު މިންވަރަށް ހުންނައިރު، ބަލިތަކުން ވެސް ރައްކާތެރިކޮށްދެއެވެ. ރަނގަޅު މޫޑެއްގައި ހުރުމަށް ވެސް ކަސްރަތު މުހިންމު ރޯލެއް އަދާކުރެއެވެ. ބޭނުންވަނީ ކުޑަ ހިތްވަރެކެވެ!

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!