ޚަބަރު
މަސްތުވާތަކެއްޗާއެކު ވިލިނގިލިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ގއ. ވިލިނގިލިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މިމަހުގެ 20 ވަނަ ދުވަހު ވިލިނގިލީގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެރަށުގައި ހިންގި އޮޕަރޭޝަނެއް ކަމަށާއި، އެއޮޕަރޭޝަނުގައި 38 އަށް އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 8 ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.

ނަމަވެސް މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދުގެ މުއްދަތު ޖަހާފައިވާ ކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ބުނެފައި ނުވެއެވެ. އަދި މިމައްސަލަ މިހާރު ގެންދަނީ ވިލިނގިލީ ޕޮލިސް ސްޓޭޝަނުން ބަލަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!