ޚަބަރު
ރާއްޖޭގެ 2 ރިސޯޓެއް ދުނިޔޭގެ އެންމެ ލަގްޒަރީ 18 ރިސޯޓުގެ ލިސްޓުގައި

ރާއްޖޭގެ 2 ރިސޯޓެއް ދުނިޔޭގެ އެންމެ ލަގްޒަރީ ރިސޯޓްތަކުގެ ތެރޭގައި ވަނީ ހިމެނިފައެވެ.

މުޅި ދުނިޔޭގެ ލަގްޒަރީ 18 ހޮޓެލް ހިމަނައިގެން ނެރެވިފައިވާ މިފަޚުރުވެރި ލިސްޓުގެ 5 ވަނަ އަދި 9 ވަނައިގައި ރާއްޖޭގެ ރިސޯޓްތައް ވަނީ ހިމެނިފައެވެ. 5 ވަނައިގައި ކޮންޑްރެޑް މޯލްޑިވްސް ރަންގަލި ރިސޯޓް ހިމެނިފައިވާއިރު، 9 ވަނައިގައި އޮތީ އަމިއްލަ މޯލްޑިވްސް ރިސޯޓްއެވެ. ރާއްޖޭގެ ދެ ރިސޯޓެއް ދުނިޔޭގެ ނިސްބަތުން ގުނާލެވިގެން ދިޔުމަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.

މި ލިސްޓްގެ 5 ވަނައިގައި އޮތް ކޮންޑްރެޑް މޯލްޑިވްސްއާއި ބެހޭ ގޮތުން ރިޕޯޓްގައި ފާހަގަކޮށްފައިވަނީ، އެރިސޯޓްގައި ކަނޑުގެ އަޑީގައި އިމާރާތްކޮށްފައިވާ ރެސްޓޯރެންއެވެ. އަދި ބައެއް ކޮޓަރިތައްވެސް ކަނޑުގެ އަޑީގެ ރީތިކަން ފެންނަ ގޮތަށް އިމާރާތްކޮށްފައިވާކަން ފާހަގަކޮށްފަވެއެވެ.

9 ވަނައިގައި އޮތް ބ. އަތޮޅު އަމިއްލަފުށި މިލިސްޓުގައި ހިމެނިފައިވަނީ އެރިސޯޓްގެ ރީތި ގޮނޑުދޮށްތަކުގެ އިތުރުން ވޭލް ޝާކް އަދި މަންތާގެ މަންޒަރުތަކަށް ފަތުރުވެރިންގެ ފަރާތުން ލިބެމުން އަންނަ މަޤްބޫލްކަން ފާހަގަކޮށެވެ. އަދި ޑައިވިންގް ކޮށްލުމަށާއި ޕްރައިވެޓް ޕޫލްތަކަށް ފަތުރުވެރިންގެ ސަމާލުކަން ލިބިފައިވާކަމަށާއި، އެރިސޯޓްގައި ހަދާފައިވާ 3 ބަބުލް ޓެންޓްތަކުގެ ވާހަކަވެސް ފަތުރުވެރިން ފާހަގަކުރާކަމަށްވެސް ރިޕޯޓްގައި ބުނެފައިވެއެވެ.

ދުނިޔޭގެ އެންމެ ލަގްޒަރީ ހޮޓެލް ތަކުގެ ލިސްޓުގައި ރާއްޖޭގެ ދެ ރިސޯޓެއް ހިމެނިފައިވާއިރު، މިލިސްޓުގައި ހިމަނާފައިވާ 18 ހޮޓަލުގެ ތެރެއިން 1 ވަނަ ދީފައިވަނީ، ޑުބާއީގެ ބުރިޖް ޚަލީފާއަށެވެ.

ބުރިޖް ޚަލީފާއަކީ ދުނިޔޭގެ އެންމެ އުސް އިމާރާތްވެސްމެއެވެ. މިހޮޓާ ލިސްޓްގެ 1 ވަނައިގައި އޮތް އިރު، ރިޕޯޓްތަކުން ފާހަގަކޮށްފައިވާ ގޮތުން، ޑުބާއީ ޓަރޓްލް ރިހެބިލިޓޭޝަން ޕްރޮޖެކްޓްގެ ދަށުން ބުރިޖް ޚަލީފާ ހޮޓަލުން އިސްނަގައިގެން އަރަބި ކަނޑުގައި ދިރިއުޅޭ 1600 އަށްވުރެ ގިނަ ވެލާ ހިމާޔަތްކޮށްފައިވާކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!