ޚަބަރު
އަލީ ވަހީދާއި މަލީހު ފަދަ މީހުން ދެން ރައްޔިތުން ބަލެއް ނުގަންނާނެ: ޔައުޤޫބް

ޖިންސީ ފުރައްސާރައިގެ ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް ޖަމާލް ފަދަ ބޭބޭފުޅުން، ސިޔާސީ ކަންކަމުގައި، ރައްޔިތުން ދެން ބަލައި ނުގަންނާނެކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެއްކާބެހޭ ބިލަށް ވާހަކަ ދައްކަވަމުން އަލީ ވަހިދު ޕްރެސް ކޮންފަރެންސްގައި ސަރުކާރާއި ރައީސް ސޯލިހަށް އަމާޒުކޮށް ދެއްކި ވާހަކަތަކަށް ރައްދުދެއްވުމުގެ ގޮތުން މިފަދައިން ޔައުޤޫބް ވަނީ ވިދާޅުވެފައެވެ.

ޔައުޤޫބް ވިދާޅުވެފައިވާގޮތުން، މިސަރުކާރުގެ ކެބިނެޓަށްވެސް ބަދަލުތަކެއް އައިސްފައިވާ ކަމަށާއި، އެހެންނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުން ވަކިކުރެއްވި ވަޒީރަކީ އަލީ ވަހީދުކަމަށެވެ. އަދި ރައީސް ވަކިކުރަންޖެހެނު ބޭފުޅަކަށް އަލީ ވަހީދު ވާންޖެހުނު ސަބަބާމެދުވެސް ވިސްނަންޖެހޭ ކަމުގައި ޔައުޤޫގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަލީ ވަހީދު މަޤާމުން ވަކިކުރައްވަން ޖެހިވަޑައިގެންނެވި ސަބަބަކީ ރާއްޖޭގެ އެތައް އަންހެނުންތަކެއްގެ ހައްޤާއި ކަރާމަތާއި އަބުރައް ގަދަކަމުން އަރައިގެންފައިވުންކަމަށެވެ.

ސަރުކާރާއި އިދިކޮޅު މައި ޕާޓީ، ޕީޕީއެމް ގެ މެމްބަރުން އަލީ ވަހިދު ދިފާއުކޮށް އޭނާގެ ވާހަކަތައް ގަބޫލުކޮށް އެވާހަކަތައް ދައްކަންފެށުމުން ރައްޔިތުންނަށް އެނގި ހާމަވަނީ، އެމްޑީޕީއަކީ އަދުލުއިންސާފަށް ވަކާލާތުކުރާ ޕާޓީ ކަމަށާއި އަދި ޕީޕީއެމުން މަސައްކަތް ކުރަނީ އަންހެނުންގެ ކަރާމާތަށް އަރާގަނެފައިވާ މީހެއްގެ ދިފާއުގައި ކަންކަމަށް ޔައުގޫބް އިތުރަށް ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވެއެވެ.

ޔައުގޫބް ވިދާޅުވީ އަލީ ވަހީދުވެސް މިހާރު މަސައްކަތް ކުރައްވަމުން އަންނަނީ ކުރީގެ މިނިސްޓަރު މަލީހް ފަދައިން ކުރިއަށް އޮތް ސަރުކާރުތަކުން ޖާގައެެއް ލިބޭތޯ ކަމަށާއި އެހެންނަމަވެސް ދިވެހި ރައްޔިތުން އެފަދަ ބޭބޭފުޅުން ދެން ބަލައިނުގަންނާނެކަމަށް ޔައުގޫބް ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!