ރިޕޯޓް
ގއ.ދެއްވަދޫ އަށް “ދެއްވަދޫ” ކިޔުނު ގޮތް!

ރާއްޖޭގެ ރަށްރަށަށް ނަންކިޔާފައިވާކަމަށް ބެލެވެނީ ރާއްޖޭގެ އެރަށްތަކުގެ އެންމެ ފުރަތަމަ ރަށްވެހީންނެވެ. ރަށްރަށުގެ މާނަ ހޯދުމަކީ ފަސޭހަ ކަމަކަށް ނުވެދާނެއެވެ. އަދި އެރަށްތަކުގައި އެމީހުން ވަޒަންވެރިވާން ނިންމީ ކޮންސަބަބަކާތޯވެސް ހޯދައި ދިރާސާކުރަން ފަސޭހަ ކަމަކަށް ނުވާނެއެވެ.

ރާއްޖޭގެ އަސްލު ވަޒަންވެރިންނަކީ އިންޑޯ އާރިޔަނުންނެވެ. އެހެންކަމުން ރާއްޖޭގެ ރަށްތަކަށް ކިޔާފައިވާ ނަންތައް އައިސްފައިވަނީވެސް ސާންސްކުރިތުބަހާއި، މަލަޔާލަމްބަހާއި، ޕާލީބަހާއި، ޕްރަކުރިތުބަހާއި، ތަމަޅަ އަދި ޓެލުގޫފަދަ އިންޑޯއާރިޔަން ބަސްބަހުންނެވެ. ރާއްޖޭގެ އަސްލު ވަޒަންވެރިންނަކީވެސް އިންޑޯ އާރިޔަނުންނެވެ.

ރަށްރަށުގެ ފަހަތަށް އަންނަ “ދޫ” ގެ މާނަޔަކީ ރަށެވެ. “ފުށި”ގެ މާނަޔަކީވެސް ރަށެވެ. ނަމަވެސް “ދޫ” އާއި “ފުށި” ތަފާތެވެ. “ދޫ” އެއީ ގަސްގަހާހެހި ގިނަ، ގުދުރަތީ ވަސީލަތްގިނަ ރަށްތަކެވެ. “ފުށި” އެއީ، ކުޑަ ވަސީލަތް މަދު ރަށެވެ.
ތާރީހީ ލިޔުންތަކުން އެނގޭ ގޮތުގައި “ދޫ” އަދި “ފުށީ”ގެ މާނަ އަކީ ރަށެވެ. އެކަމަކު އެ ބޭނުން ކުރާ ގޮތް ވަރަށް ތަފާތެވެ.
ޑރ. ރަގުޕަތީ ލިޔުއްވާފައިވާ ގޮތުގައި “ދޫ” ކިޔައި އުޅެނީ ބޮޑެތި، ފެހިކަން ގަދަ ގުދުރަތީ ގޮތުން މުއްސަނދި ރަށްރަށެވެ. “ފުށި” އާއްމު ގޮތެއްގައި ކިޔަނީ ގާމަތީ ރަށްރަށަށް ނުވަތަ ކުދި އަދި އުފެއްދުންތެރިކަން ދަށް ރަށްރަށަށެވެ. މީގެ އިތުރުން “ގަން” ވެސް މާނަ ކުރަނީ ރަށެއްގެ ގޮތުގަ އެވެ. އެކަމަކު އެއީ ވިލެޖެއްގެ ގޮތަށް ވަކިން އޮންނަ ބޮޑެތި ރަށްރަށެވެ

ޑރ. ރަގުޕަތީ ލިޔުއްވާފައިވާ ފޮތުގައިވާ ގޮތުން ރާއްޖޭގެ ގިނަ ރަށްރަށަށް ނަން ކިޔާފައިވަނީ އެ ރަށް އުފެދުމުގައި އޮންނަ ގޮތަކުން ނުވަތަ މެރިން ފީޗާސްތަކާ ވެސް ގުޅުވައިގެންނެވެ. މިސާލަކަށް ކަނޑުމޫނުފުށި ކިޔާފައިވަނީ ކަނޑުއޮޅިއަށް މޫނުވާ ގޮތަށް ރަށް އޮތުމުންނެވެ. މި ނަމުގެ ސަބަބުން ރަށް އޮންނަ ގޮތާއި އޭގެ ސައިޒު އެނގެ އެވެ.

ރަށްރަށަށް ނަން ކިޔާފައިވާ ގޮތަށް ބަލާއިރު ބޮޑު ރަށެއްގެ ގޮތުގައި އަންގައިދޭން ނަންނަމުގެ ކުރިއަށް “މާ” ގެނެސްފައިވާއިރު “ކުޑަ” އަދި “ހަނި” އިން ވެސް ރަށްރަށުގެ ސައިޒު ކިޔައިދެ އެވެ.

ރަގުޕަތީ ލިޔުއްވާފައިވާ ގޮތުން އެ ރަށެއްގައި އެންމެ ގިނައިން ހެދޭ ގަހަށް ނިސްބަތްކޮށް ނަން ދީފައި ހުންނައިރު ރަށް ކައިރީގައި އުޅޭ މަހާ ގުޅުވައިގެން ވެސް ރަށްތަކަށް ނަން ކިޔަ އެވެ.

ބައެއް ރަށްރަށަށް ންނަކިޔުމުގައި އެރަށެއް އުފެދިގައިވާ ސިފަ އަންގައިދެއެވެ. މިސާލަކަށް ހަނިކޮށް އޮށް ހަނިމާދޫ އަށް އެރަށް ޖިއޮގުރަފީ ގޮތުން އުފެދިގައިވާ ގޮތަށް ބަލައިގައި ނަންކިޔައިފައިވާކަން އެނގެއެވެ. ހަނި ކޮށް ބޮޑު ކޮށް އޮތީތީވެ “ހަނި” “މާ” ކިޔާފައި ވާކަމަށް ބެލެވެއެވެ. ކުޅުދުށްފުށްޓަށް ނަން ކިޔުމުގައި އެަރަށުގެ ކުޅިތަކާއި ގުޅިވައިގެން ނަންކިޔާގައިވެއެވެ. ބައެއް ރަށްރަށަށް ކިޔާގައިވާ ނަންނަން ތަކުރާރުވެފައިވެސް އެބަހުއްޓެވެ.

ދެއްވަދޫ ކިޔުނު ގޮތާއިމެދު އަޅުގަނޑުގެ ދިރާސާ

ކޮންމެ ތަނެއްގައިވެސް މީހުން ވަޒަންވެރިވީ ހިސާބުންފެށިގެން އެތަނެއްގައި ކޮންމެވެސް ދީނެއް އޮންނާނެކަމީ ގަބޫލުކުރެވޭ ކަމެކެވެ. ރާއްޖޭގެ އެންމެފުރަތަމަ ވަޒަންވެރީންގެ ދީނަކީ ހިންދޫ ދީންކަން ތާރީޚީ ލިޔުންތަކުން އެނގެއެވެ.

ހިންދޫދީން ދިވެހިންގެ ތެރެއަށް ތައާރަފުވެގެން އައިސްފައިވަނީ ކޮންބައެއްގެ ކިބައިންކަމާއި ތާރީހީގޮތުން ކިހާ ހިސާބެއްގައިކަމެއް އެގޭކަށްނެތެވެ. އެހެންނަމަވެސް ދިވެހިން އެންމެ ފުރަތަމަ އަޅުކަންކޮށްފައިވަނީ ހިންދޫދީނަށްކަން ހާމަވާކަމަށް ނަސީމާ މުހައްމަދު (2004) ހާމަކުރައްވާފައިވެއެވެ. މީގެއިތުރުން ދިވެހިރާއްޖެއަށް ހިންދޫދީން އައިސްފައިވަނީ އިންޑިއާޔާއި ސްރީލަންކާއިން ކަމުގައި ވުމަކީ އެކަށިގެންވާކަމެއް ކަމުގައި އިސްމާއީލް އަބުދުއްރަހީމް (2007) ހާމަކުރައްވާފައިވެއެވެ. ހަމަމިއާއެކު ރާއްޖެއިން ފެނިފައިވާ ހިންދޫދީނުގެ އާސާރުތަކާއި މި ދެގައުމުގައި ހުރި ހިންދޫދީނުގެ ބިނާތަކާއި ދާދިއެއްގޮތްކަމެއް ހުރިކަމަށް ތޯހައިދާލްވެސް އެއްބަސްވެލައްވާ ކަމަށް މުހައްމަދު އިބުރާހިމް ލުތުފީ (1984) ހާމަކުރައްވާފައިވެއެވެ. އެހެންކަމުން ހިންދޫދީން ރާއްޖެއަށް އައިސްފައިވަނީ މި ދެގައުމުންކަން ހާމަވާ މިންވަރަށް ހެކިލިބެއެވެ

ހަބީބާ ހުސައިން ހަބީބު (1984) ބަޔާންކުރައްވާފައިވާ ގޮތުގައި ދިވެހިންގެ ރަށްތަކަށް ކިޔާފައިވާ ނަންތަކާއި ސިންގަޅައިގެ ރަށްތަކަށް ކިޔާފައިވާ ނަންތައް އެއްވައްތަރުވުން މިއީވެސް ރާއްޖޭގައި ބުދުދީން އޮތްކަމަށް ހެކިލިބޭ ކަމެކެވެ.

ރަށްރަށަށް ނަން ކިޔާފައިވާ ގޮތާއި އޭގެ މާނައާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ “އެން އެޓިމޮލޮޖިކަލް ޑިކްޝަނަރީ އޮފް މޯލްޑިވިއަން އައިލެންޑް ނޭމްސް”ގައި ނަސީމާ ލިޔުއްވާފައިވާ ގޮތުގައި ރާއްޖޭގެ ގިނަ ރަށްރަށަށް ނަން ދީފައިވަނީ މަސްވެރިންނާއި ދަތުރުވެރިންނެވެ. ނޫނީ އެ ރަށެއްގެ އެންމެ ފުރަތަމަ އަހުލުވެރިންނެވެ

‘ދެއްވަދޫ’ މިނަން ކިޔާފައިވާ ކަމަށް އަޅުގަނޑުގެ ނަޒަރިއްޔާ އަކީ ހިންދޫ ކަލާނގެ ކަމުގައިވާ ‘ޑެވާ’ ‘ދޭވަ، އިންކަމުގައެވެ. ހިންދޫ ކަލާނގެ ‘ދެވާ’ އާއި ފަހަތަށް އަންނަ ފެހިވިނަ ގަސްބޯ ރަށަކަށްވާތީވެ ކިޔައި އުޅޭ ‘ދޫ’ އިން ދެއްވަދޫއެވެ.

އެހެންކަމުން ދެއްވަދޫ އަކީ އެންމެކުރީގައި ހިންދޫ ދީނުގެ ޚާއްސަ ރަށެއްކަމުގައިވުން އެކަށީގެންވެއެވެ. ހިންދޫ ދީނުގެ ބޮޑު ފައްޅިއެއް ހުރުންވެސް އެކަށީގެންވެއެވެ.

މުހައްމަދު އިބްރާހިމް ލުތުފީ ދެއްވަދޫ އަށް ވަޑައިގެން ދެއްވަދޫގެ ތާރީޚީ މަޢުލޫމާތް އެއްކުރެއްވުމަށްފަހު ދެއްވަދޫގައި ދެ ހަވިއްތަ ވާކަމަށް ފާހަގަ ކުރެއްވެވިއެވެ. ނަމަވެސް މި ދެތަނުންވެސް ހިންދޫ ދީނު، ބުދު ދީނުގެ އެއްވެސް އަލާމާތެއް ފެންނާކަށް ނެތެވެ. ހަމައެކަނި އުސްފަސްގަނޑު ފިޔަވައި ބުދު ދީނުގެ އެއްވެސް ނިޝާނެއްނެތެވެ.

ދެއްވަދޫއިން ބުދު ދީނުގެ އެއްވެސް ނިޝާނެއް ފެންނަންނެތީ ކީއްވެބާ؟

ދިވެހި ރާއްޖެ އިސްލާމު ވުމަށްފަހު އޭރުހުންނެވި ރަދުންގެ އަމުރުފުޅަށް ބުދުފައްޅިތަށް ތަޅާލައި، ބުދުތައް މުގުރައިލައްވައި ހާމުދުރުން މާލެގެންނަވައި ގަތުލު ކުރެއްވެވިކަމަށް އިސްދޫ ލޯމާފާނުގައި ނަސީމާ މުހައްމަދު (2003) ހާމަކުރައްވާފައިވެއެވެ.

ދެއްވަދޫ އަކީ މީސްކޮޅު މަދު ކުޑަ ރަށަކަށްވެފައި އެތާގައި ހުރިނަމަ ހުރި ފައްޅިއެއް ތަޅައި ސުންނާފަތިކޮށް ނައްތާލުމަކީ ފަސޭހަކަމެކެވެ. އަދި އޭގެ އެއްވެސް ނިޝާނެއް ދެއްވަދޫ އި ް ފެންނަންނެތީ ދެއްވަދޫ ރަސްގެފާނު އަކީ ދީންވެރި އަޅުވެރި ބޭފުޅަކަށް ވެފައި އެރަސްގެފާން ނިސްބަތްވާ ރަށަކުން ބުދުދީނުގެ ްެއެއްވެސް ނިޝާނެއް ނުބެހެއްޓެވީ ކަމަށްވުން އެކަށީގެންވެއެވެ. ފަސްއަޅައި ފޮރުވައިފައި ހުރި ހަވިއްތަކޮނެ އެތަން ތަޅައި ސުންނާފަތިކޮށް ބުދުތަށް ކަނޑު ފެއްތީކަމަށްވުން އެކަށީގެން ވެއެވެ.

ނޯޓް: ދެއްވަދޫ އަށް “ދެއްވަދޫ” ކިޔުނު ކަމަށް އަޅުގަނޑުގެ މި ނަޒަރިއްޔާއަކީ އަދި އެންމެން ޤަބޫލުކޮށް އެގޮތަށް ނިންމަންވީ ތިއޮރީއެއް ނޫނެވެ. ފަހަރުގައި މިނޫން އެހެން ގޮތެއްވެސް ވެދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!