ޚަބަރު
ޖާބިރު މަތިވެރި އަށް ދިއުމުން ބަޔަކު އޭނާއަށް ހަމަލާދީފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އއ މަތިވެރިއަށް ދިއުމުން އެރަށުގެ ޒުވާނުންގެ ބަޔަކު އޭނާއަށް ހަމަލާދީފިއެވެ.

މިކަމާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވީ، އޭނާއަށް ހަމަލާ ދީފައިވަނީ އެރަށަށް އޭނާ އެރިތަނުން ކަހަލަ ގޮތަކަށް ކަމަށާއި، އޭނާއަށް ހަމަލާ ދީފައިވަނީ މަސްތުގެ ހާލަތުގައި ތިބި ބަޔަކު ކަމަށެވެ.

ޖާބިރަށް ހަމަލާ ދިނުމުގެ ސަބަބުން އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ. އަދި މިވަގުތު ޖާބިރު ހުންނެވީ އެރަށުގެ ފުލުހުންގެ އިދާރާގައެވެ.

ޝޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯގައި ގިނަ ބަޔަކު ޖާބިރު ވަށާލާ އަޑުގަދަކޮށް އެތަނުން ބައެއް މީހުން އޭނާއަށް ހަމަލާދޭ ތަން އެވީޑިއޯއިން ފެނެއެވެ.

މިހާދިސާއާއި ގުޅިގެން އެރަށު ކައުންސިލުން ބުނީ، އެރަށުގެ ބަޔަކު ޖާބިރަށް ހަމަލާ ނުދޭ ކަމަށާއި، ނަމަވެސް ޖާބިރު ރަށަށް އެރުމާއި އެކީ ރަށުގެ ރައްޔިތުން ނުކުމެ އޭނާ އެރަށުން ކުއްޔަށް ނަގައިގެން އުޅޭ ބިމާއި ގުޅިގެން ޝުއޫރު ފާޅު ކުރި ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!