ޚަބަރު
ނެޓްފްލިކްސް ހިލޭ ލިބޭ ޕްލޭނެއް ތައާރަފްކޮށްފި

ކެންޔާގެ އެންޑްރޮއިޑް ފޯނުތަކަށް ހިލޭ ނެޓްފްލިކްސް ލިބޭ ޕްލޭނެއް ތައާރަފްކޮށްފިއެވެ.

އެކުންފުނިން ބުނާގޮތުގައި ކެންޔާގައި ހިލޭ ބެލޭގޮތަށް ތައާރަފް މިކުރެވުނު ޕްލޭންގެ ދަށުން ނެޓްފްލިކްސްގައި ހުރި ފިލްމުތަކާއި ސީރީޒްތައް އިޝްތިތިހާރަކާނުލާ ލިމިޓެޑްކޮށް ބަލާލެވޭނެއެވެ. އަދި އަވަސް މުސްތަޤުބަލެއްގައި އެ ޕްލެޓްފޯމްގެ ހަތަރު ބައިކުޅަ އެއްބައި ކޮންޓެންޓް މުޅިން ހިލޭ ބެލޭ ގޮތަށް ޕްލޭން ފުޅާކުރާނެ ކަމަށާއި ދުނިޔޭގެ އެހެން ހިސާބުތަކަށް ވެސް އެޕްލޭން ތައާރަފުކުރުމުގެ ވިސްނުން ގެންގުޅޭކަމަށް އެކުންފުނިން ބުނެފިއެވެ.

ހިލޭ ދުކުރާ ޕްލޭންގައި ރަޖިސްޓްރީކުރެވޭނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ.

އެކުންފުނިން ބުނާގޮތުގައި އެމީހުންގެ އަމާޒަކީ ކަސްޓަމަރުންނަށް އެކިއެކި ޕްލޭންތައް ތައާރަފްކޮށްގެން ވިޔަސް ނެޓްފްލިކްސްއަށް ސަބްސްކްރައިބަރުން އިތުރުކުރުން ކަމަށެވެ. އެގޮތުން ކެންޔާގެ މާކެޓަކީ ނެޓްފްލިކްސްގެ ކަސްޓަމަރުން މަދު ޤައުމަކަށް ވުމުން ތައާރަފް މިކުރެވުނު ޕްލޭންގެ ދަށުން ކެންޔާގެ ސަބްސްކްރިޕްޝަން ދަނީ އިތުރުވަމުން ކަމަށް އެ ކުންފުނީގެ ޕްރޮޑަކްޓް އިނޮވޭޝަން ޑިރެކްޓަރު ކެތީ ކޮންކް ވިދާޅުވެއްޖެއެވެ.

ނެޓްފްލިކްސްގެ މިހާރުގެ ޕެކޭޖްތަކަށް ބަލާލާއިރު މަހު ފީ އަށް 3.99 ޑޮލަރު (62ރ.) ޗާޖްކުރާ މޮބައިލް ޕްލޭނާއި މަހު ފީ އަށް 7.99 ޑޮލަރު (123ރ.) ޗާޖްކުރާ ބޭސިކް ޕްލޭނާއި މަހު ފީ އަށް 9.99 ޑޮލަރު (154ރ.) ޗާޖްކުރާ ސްޓޭންޑާޑް ޕެކޭޖްގެ އިތުރުން މަހު ފީ އަށް 11.99 ޑޮލަރު (185ރ.) ޗާޖްކުރާ ޕްރީމިއަމް ޕެކޭޖް ހިމެނެއެވެ. ފީ ދައްކައިގެން ނެޓްފްލިކްސް ބޭނުންކުރާ މީހުންގެ އަދަދު މިހާރު ވަނީ 209 މިލިއަނަށް އަރާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!