ފެންޑާ
ޕްރައިވެޓް ރޫމް 101

ފެނެ ފަޑައި އެރީ އިރާއި އެއްކޮން ފޯނާ ރިންގުވެންނަން ފައްޓައިގަތެ. އެކެބަޑަން އިންނާ ދިޔެކެ މި ގުޅަންނު ރަޓުން ހުރައިގެން އަހާ ލެފީ ބޯޓެން ފޮނުވާހިތެއި ހަދިޔާ ފޯޓިޔަޑެ ނަގަންނަން ހަދާނެކޮށްދެންނަންއަ. ކޮންމިއެކަސް ނިކަން އުދުރެކޮން މޫނެފެންލައިގެން ބޮލުން ގަންޖިފަހަރާ ވައްޓައިގެން މަ ހެލެގައްތޫ އެބޮނަނެ ފޯޓިއަޑާ ހޮވައި އެޔަންނަން. ގެނޮންނާ ސައިކަލާޑާއެކޭ އިހުގެ ރެލީ ބައިސްކަލެކޭ ތަފާތެވެންނު ސައިކަލަން ޕެޓްރޯލެ އޮޑަނެމައި. ދޮޅަހައްކަ ކަލަން ފަޔާ ކުރެކޮޓެފައި ކިކެ ޖަހައިގެން ސައިކަލާޑާ އިސްޓާޓުވެގެ.

މަޑެގިނީގައި ދެހަރޭ މަގަން އެރީފައި މިސްރާބެ ޖެހޫ ބޯޓެފަހަރެ ލަފަނެ ދިމާން އެޔަންނަން. އަދި ބޯޓާ ލަފައިގެން މާކަ ބޮޑެ ވޭލާކަސް ނުވެނެމައި، ޖެޓިޔޭ ކަބެއްރޭ ހުއްޓީ ކުދެ ހުރަދިގެހަކު ނެވަލަން ވަދެ ހުއްޓައި ބޯޓޭ ވޮންނާ ބިދޭސީ ފަޅެވެރިޔެކެ މަ ފެނީފައި ބޭބޭ ތަ މިތާ ކޭއްކެރަންނުހޭއަ އަހައިފީ. އެ ބޮންދު ގާތު ބޮނެފިން ބޭބެގެ ނަމާ ޖަހާއި އޮތެ ފޯޓިއަޑެކެ ހުންނެއިއަ. އެ މީހާ މުޅި ބޯޓާ އެހުޓެ މިހުޓެ ޖަހައިލައި އޮޓެދާހެއްލާއިގެން އަހާ ފޯޓިއަޑާ ދިއްކޮއްލީ. އަދި އެ ފޯޓިއަޑުގެ ނާލައްކޫ 25 ރ ކަމުގައި ބޮނީމައި ބޮނީވަރެކެ ދީފައި، ދިޔެ އިންނާ ގޭރަން ގެޔައުމުގެ ކުރިޔޭ މެސެޖެކެ ކޮޅަމައި އެ ދިޔެ ދެނެހުއްޓީ ކަމަން އަސް ނުހެދީ. ދެން ހިތަން ވީ ތުރާލު، ގުޅާހައި އަހައިފިން ދިޔޭ ތި އިންނު ގޭރުހޭ ނުންފެހޭ މަސައްކަދެ ކެރަނެ އޮފީހުހޭ. އެހީމައި ބޮނޫ މި އިންނު ގޭރުއަ. އަދިޔަސް އޮފީހަން ނިކިންނަން ހުއްދައިކެ ނެންއަ. ދެން އެފޯޓިއަޑާ ހިފައިގެން އެ ދިޔެ އިންނާ ގޭ ދެވަނަ ބުރިޔަން އަރީމައި ބޮނެފީ، ދެން ބޭބެ އެޔަންނަން ވެންނާ މިތަންނެން އެއްތެކެ ކައިގެންއަ. އަވަހަން ކޮޓަރިޔަން ވަންނާޔަ. ވަނެވޭލޭ މި ދިޔެ ފޯނެއް އަޑެމިއިބެންނު ރަޓު ބައިކެންނެ ރަޓު ބަހުން މާ އޮލަކޮން ވާހަކަ ތަކެކެ ދައްކަނެ އަޑާ. ދިޔެ ގާތުން ތީ ކޮންކަމެކެހޭއަ އެޙީމައި ބޮނޫ ބޭބެ ނުވަންނާހޭޔަ ކްލަބްހައުސްއަން. އައި ބޮނެފިން ދިޔޭ މަނިކާ ރޯއްދާ އަދި ބޭބެ މިހުއްޓު ކްލަބް ހައުސް އެކެޔަ ބޮނީމައި އަޑެ އެހީ ތާ ވަޑުއަ. ދެން ކޮންމިޔަސްވަރެކަން މީ ކެހެނަކުންވެނެ އެޕްލިކޭޝަނެކެ ކަމާ ކިޔައިދިނެމައި ހުނެހުއްޓައި އެ އެޕްލިކޭޝަނާފޯނަން އޮޑައިގަތިން. އޭ ތެދެކެ. އެކިތަންތާތެއި މީހިންނެ އެކެ ފޯރަމަކުން ވާހަކަ ދެއްކުމާއި، ސައްލާ ކޮޅައުމާއި، ބަހަވެތެރުމާއި، ލޭމަންތަންގެއައުމާއި މިކަހަލައި ތެއްޔެހެއި ކަމެކެ އެކެ އެޕްލިކޭޝަނަކުން ލެބެންނަން ހުއްޓީ.

މަގެ އަލެކަމާއި މި އެޕްލިކޭޝަނާ ރަގަޅަން ބޭނުންކެރަންނަން ނުއެގުމާއިއެކު އެކެބަޑަންތެއި 9 ބެއިނެ ގާތު މި އެޕްލިކޭޝަނުގެ ވާހަކެޔާ ދައްކައިގެން މި އެންމެނެ ފޯނަން މި އެޕާ އޮޑުވައިގެން ޕްރައިވެޓް ކޮޓަރިޔެކެ ހަދައިގަތިން. ފެރެތަން ހެދީ ކޮޓަރިޔާ ހަދައިގެން އާއިލާ އެންމެނެ ހަމަވީ ފަހުން މި އެގުންނު އަދި ކޮޓަރިޔަން ނަމެކަސް ނުދިނެނެ ކަމާ. ވީ ދެރާކުން އެވާހަކެޔާ ދެއްކީމައި އެހެލާންނަގެ ޖަވާބައްކޫ ނަމާ ދިނެއްނާ ބޮޑިބަތެ ކައްކައިގެންކުންހޭޔަ. ދެން އަހަނެއެތެރެން އެހަކުންދަސްކެރަންނަން އެކި ތަންތަން ފިތަންނާދެކޮން މި ކޮޓަރިޔާ މުޅި ދުނިޔާން ހޮޅުވީގެ. ހޮޅުވެންތަން މި ކޮޓަރިޔަން ރަޓު ދިޔެކެ ވަދެގެ. އެކުދެ އަދި ވަދެ ހިންދެމި ނުލިޔެނީ މި ގްރޫޕު އެންމެ އެއްކޮން ގޮވައިގަތާ “ވަގެކެ، ވަގެކެ، ވަގެކެ” ޔަ. އެކުދެ ފަކީރާ ގާގަތެކެރެއްވި ބިރު އަވަހަން އެ ކޮޓަރިޔާ ދީލެކޮށްލައި އެބަގެ. ދެންއަސް އަހަނެ މި ބެލޫ އެކުދެ ވަންނު ދޮރުންތޯ ނުންފެހޭ ކުއްދޮރުންތޯ.
މިކަމެކާ ސާފުނުވެގެން ވޮންނާދެކޮން އެކުދެ ވެނެމީހި ހަމަ މި ކޮޓަރިޔަން ވަދެ ބޮނެފީ، ތެންމިހާއި ވެނެ މީހެ ބޮނިޔާޔަ އަޅަ ދުނިޔޭގެ ކަމެކަން މި ކޮޓަރިޔަން ވަދެލެހެންނާޔަ. ތެންމިހަން ވެދުނެ މޮޔަސް ހީވެގެޔަ. މެއިގަޑާ ކައިފިޔާޔަ. ދެން އަހަރި ނިކަން ކިޔަމަންތެރިކޮން އެކަލޯގާތު ވީލިކާ ކިޔައިދީފިމާ. ދެން އެކަލޯ ބޮނެދީފީ އެދިމާވި މައްސަލެޔާ ހައްލު ވެންނާ ކެހެނަކުންކަމާ. ރަގަޅަން ބެލީވޭލޭ އަހަނެ ހެދީ ކޮޓަރިޔޭ ދޮރުއަސް އޮޑާހި މިހުންނާ ތަޅެކަންއަސް މަކުއްޑެކެ. ކުދެދޮރު އަމުދުން ދޮރުފަތެކެ ނެން. ގާގަތެކެރެއްވި ލަދުން އެ ރޫމާ އުވައިލައި “ޕްރައިވެޓްރޫމް 101” ގެ ނަމުގައި އަލުންބަލުން ކޮޓަރިޔެކެ ހަދައިގެން ނިކަން ގަޔާވެގެން އާއިލާ އެންމެނެ ލައްކަ ވާހަކައިކެ ދައްކާހައި 2 ގަޑިވޭލަ ފަހުން އެ ފޯރަމާއި ވަކިވީ ވޭލޭ ކުރިޔެން ރޭކާ ނުލަނެ ލައްކަ އެތި ދައްސެގެ.

  1. މުހައްމަދު

    މަ ރޫޅީގެ….ހެހެހެހެ

  2. ޟިރާރު

    ވަރަށް ރަގަޅެ މިގޮތަން ހުވަދޫ ބަހުން ލިޔުމެ ގެނާޑެމައި.