އެމްޑީޕީ ޤައުމީ މަޖްލިސް
ނާސިހް ރަޝީދު: އިންތިހާބު ތަކުގައި އެމްޑީޕީއަށް ކާމިޔާބު ހޯދައި ދިނުމުގެ އުންމީދުގައި

“މިނިވަން ބަހުސް” މިއަޑަކީ މުޅިރާއްޖޭގެ ގިނަ ބަޔަކު އެވާހަކަތަކަކަށް ވަރަށް ޝައުގުވެރިކަމާއެކު ކަނުލައި އަޑުއެހި ބަހުސެކެވެ. ސިޔާސީގޮތުން ” ޓޭޕް އަޅައި” ބަންދު ކުރެވިފައި، އަނގަމަތިން ޓޭޕްނެއްޓި ތަންމިނަށް ދިވެހި ދޫތައް ހަލުވިކަމާއެކު ހެލިގެން ދިޔަ އެބަހުސަކީ ސިޔާސީ ގޮތުން އެތައް ޒުވާނުންގެ ލޯތައް ހުޅުވި އެދާއިރާއަށް ވަންނަން ޝައުގުވެރިވި ފެށުމެކެވެ. ރައީސް މައުމޫނުގެ 30 އަހަރުގެ ދިގު ވެރިކަމުގެ ހުޅުކޮޅު ނިވެމުންދިޔަ ދުވަސްވަރު ފެށުނު އެބަހުސަކީ ޑިމޮކްރަސީގެ އާ އުދަރެހުން އަރަން ފެއްޓި އާއިރެއް ފަދަ ބަހުސެކެވެ.

ގދ.ތިނަދޫ ޑެން އަށް ރަށްވެހި ނާސިހު ރަޝީދަކީ އިސްވެ ދެންނެވި ސިޔާސީ އުދަރެހުން އެރި އިރުގެ ދޯދިން ދިން އަލިކަމުގެ ތެރެއިން ރާއްޖޭގެ ސިޔާސީ މައިދާނަށް ނުކުތުމުގެ ޝައުގުވެރިކަން އުފެދުނު ޒުވާނެކެވެ.

ސިޔާސީ މައިދާނަށް ނުކުތުން

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ފައުންޑަރ މެމްބަރު ނުވަތަ އެޕާޓީގެ ބާނީ މުހައްމަދު ލަތީފް (ގޯގޯ ލަތީފް) އަކީ ނާސިހް ވަރަށް އިހްތިރާމް ކުރާ ސިޔާސީ ލީޑަރެކެވެ. އޭނާއަށް ސިޔާސީ މަސްރަހާއި ސިޔާސީ މައިދާން ކުރަހައިދިނީ ގޯގޯ ލަތީފްއެވެ. 2000 ވަނަ އަހަރު ނުވަތަ އާސާސްކަފް ފެށިގެން އައިތަނާހެން ނާސިހް ސިޔާސީ މައިދާނަށް ވަދެވުނީ، މިނިވަން ބަހުސްގެ ސީޑީތަކާއި އެކަމާ ގުޅުން ހުރި ލިޔުންތައް ތިނަދޫއާއި އަތޮޅުތެރެއަށް ފަތުރަން ކުރި މަސައްކަތްތަކުގެ ތެރެއިންނެވެ. އެއިރު ނާސިހުއާއި އެއް ސަފެއްގައި އެންމެ ގާތްކޮށް މަސައްކަތްކުރީ އޭނާގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ ތިނަދޫ އަލްމަރުހޫމް ސަލީމް އަލީ އާއި މުހައްމަދު ޔޫޝައު އަދި އަބްދުﷲ އާތިފްއެވެ.

ސިޔާސީ ގޮތުން ނާސިހު ހޯދާފައިވަނީ ތާރީޚީ ކާމިޔާބީއެއް

އެމްޑީޕީ އުފެދި ޕާޓީގެ ގޮފިތަކާ މޫތައް އަތޮޅުތެރެއަށް ފިސާރި ވަރުގަދަކޮށް ފެތުރެންފެށީ 2006 ވަނަ އަހަރުގެ ތެރޭގައެވެ. އެދުވަސްވަރަކީ ޕާޓީގެ އޮފީސްތައް އަތޮޅު ތެރޭގެ ރަށްތަކުގައި ހުޅުވި ދާއިރާތަކުގެ ރައީސުން ވެސް އިންތިހާބު ކުރެވުނު ދުވަސްވަރެވެ. އުމުރުން ޅަވިޔަސް އެފުރުސަތުގައި ނާސިހުވަނީ ޕާޓީގެ ގދ އަތޮޅު ރައީސްގެ މަގާމު ހޯދާފައެވެ. ސިޔާސީގޮތުން ހަރަކާތްތެރިވާން ފެށިތާ މަދު އަހަރެއްގެ ތެރޭގައި ނާސިހު ހޯދީ ތާރީޚީ ކާމިޔާބެކެވެ. މީގެ އިތުރުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން އިންތިހާބު ކުރެވުނު އަތޮޅު ކައުންސިލް މެމްބަރު ކަން 2 ފަހަރު ކާމިޔާބު ކޮށްފައިވާއިރު އޭނާ ވަނީ ގދ އަތޮޅު ކައުންސިލުގެ ރައީސްކަން ވެސް ކޮށްފައެވެ.

2014 ވަނަ އަހަރުން ފެށިގެން އެމްޑީޕީ ގައުމީ މަޖިލީހުގައި މަޤާމްތައް ފުރަމުން އަންނަ ނާސިހު ރަޝީދު އަކީ ސިޔާސީ މައިދާނުގައި ކުރާ ކޮންމެ ކަމެއް އަދި ކޮންމެ އަމަލެއް އެއް ވިސްނުމަކަށް ނުވަތަ އެއް އަމާޒަކަށް މިސްރާބު ކުރަމުން އަންނަ ޕާޓީގެ ތެރޭގައި ނަން ހިނގާ އެކްޓިވިސްޓެކެވެ.

“އަޅުގަނޑު އަބަދުވެސް ވިސްނަނީ އެއް ކަމަކަށް. އެއް މިސްރާބަކަށް. އެއީ އިންތިހާބުތަކުގައި ޕާޓީއަށް ކާމިޔާބު ހޯދުން. އެމްޑީޕީއަށް ކާމިޔާބު ހޯދުމަށް ސިޔާސީ ހަރަކާތްތަކުގައި އަދި އިސް ސަފުގައި އުޅެން ބޭނުންވަނީ. އެއީ ޕާޓީއަށް ލޯބިކުރާ އެންމެންގެވެސް އުންމީދު” – ނާސިހު

ސިޔާސީގޮތުން މަގާމެއް ފުރުމުގެ ކުރިން ސަދަން އެޓޯލްސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގައި މަސައްކަތް ކުރުމުގެ އިތުރުން ތިނަދޫ ޔޫތު ސެންޓަރު ހިންގުމާއި މުޅި ރަށުގެ ޒުވާނުންގެ ކުޅިވަރާ ކަސްރަތުގެ ތެރެއިން ކުރިއަރުވައި ޒުވާނުން ހޭލުންތެރިކުރުމުގެ ގޮތުން އެތައް ޕްރޮގްރާމްތަކެއް ހިންގުމުގައި ޒުވާނުންނާ ގުޅޭ އެކުވެރިއެކެވެ. ނާސިހު ގަބޫލު ކުރާގޮތުގައި ސިޔާސީ ދާއިރާވިޔަސް އިޖްތިމާއީ ދާއިރާވިޔަސް ފުރަތަމަ ކުރަންޖެހޭ ކަމަކީ އެދާއިރާގެ މައުލޫމާތު ހޯދައި ތަޖުރިބާ ލިބިގަތުމެވެ. ސިޔާސީ ގޮތުން އަދި އިޖްތިމާއީ ގޮތުން ވެސް އޭނާއަށް ލިބެމުންދާ ކާމިޔާބުގެ ސިއްރަކީވެސް އެއީއެވެ،

ޕާޓީއަށް ކުރަމުންދަނީ އަގުހުރި މަސައްކަތްތަކެއް

މިއަދު ސަރުކާރު ހިންގަމުންދާ ޕާޓީގައި ނާސިހުއަކީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެވެ. ހަމައެހެންމެ އޭނާ ވަނީ ޕާޓީއަށް ހިދުމަތްކުރަން ފެށީއްސުރެ ގިނަގުނަ ހިދުމަތްތަކެއް އިހްލާސްތެރިކަމާއެކު ކޮށްފައެވެ. އެގޮތުން ޕާޓީގެ ވެރިކަން ވެއްޓި އެންމެ ނިކަމެތިވި ދުވަސްވަރުގައި ނުކުތް ހިތްވަރުގަދަ މަދު މީހުންގެ ތެރޭގައި އޭނާ ހިމެނެއެވެ. އޭނާ އަންނަނީ އެމްޑީޕީއަށްޓަކާ ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވަމުންނެވެ. އެންމެ ފަހުން އޭނާ ކުރި އެންމެ ބުރަ އަދި އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ތިނަދޫ ދާއިރާގެ ކެމްޕެއިން މެނޭޖަރު ކަމެވެ.

ޕާޓީއާމެދު ނާސިހު ދެކޭގޮތް

އެމްޑީޕީއަކީ އަބަދުވެސް ފުރުސަތު ހުޅުވާލެވިފައިވާ ޕާޓީއެކެެވެ. ވަކި އުސޫލެއްގެ މަތިން ހިންގާ ޑިމޮކްރަޓިކް ޕާޓީއެކެވެ. ނާސިހުގެ ވިސްނުންހުރީ ޕާޓީގެ ފިކުރުގައެވެ. އުސޫލުގައެވެ. ޕާޓީގެ ތެރެއިން ޒުވާނުންނަށް ނުވަތަ ސިޔާސީގޮތުން ކުރިއަށްދާން އެދޭ ފަރާތްތަކަށް އެފުރުސަތު ދިނުމެވެ. މަގުފަހިކުރުމެވެ.

ތިނަދޫއަށް ކުރިއެރުމާއި ލާބައަށް އަބަދުވެސް އެދޭ އަދި އަމަލީ ގޮތުިން އެތަށް ހިދުމަތެއް ކޮށްދީ އަދި ކުރަމުން އަންނަ ނާސިހުއަކީ ވަރަށް ތަފާތު މީހެކެވެ. އެކިއެކި ދާއިރއިން އޭނާވަނީ ޝައުގުވެރިކަމާ އެކު މަސައްކަތް ކޮށްފައެވެ. އެގޮތުން މޯލްޑިވްސް ރެޑްކްރެސެންޓް، ކެއަރ ސޮސައިޓީ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމަށް އަމިއްލަ ޖަމްޢިއްޔާއެއް ހަދައި ހީޑްގެ ނަމުގައި ހިންގި ފަރާތެކެވެ. އަދި ހަމަ އެހެންމެ މިހާރު ނާސިހު ގެންދަވަނީ ޝަރީއާ އިން ލޯ ކިޔަވަމުންނެވެ.

ނާސިހުގެ މިވަގުތުގެ ފޯކަސް

މިދުވަސްވަރު ނާސިހުގެ ފޯކަސް ހުރީ ކުރިންވެސް ދެންނެވި ފަދައިން ޕާޓީއަށްޓަކާ މަގާމެއް ޙާސިލުކުރުމެވެ. ޕާޓީގެ ލީޑަރޝިޕްގައި ސާބިތުވެހުރެ އިންތިހާބުތައް ޕާޓީއަށް ކާމިޔާބުކުރުމަށް މަސައްކަތް ކުރުމަށް ކުރަންޖެހޭ މުހިންމު ކަމަކަށް ކުރިމަތިލައިގެންނެވެ. އޭނާ މިވަގުތު އެކުރަނީ އެމްޑީޕީގެ ގައުމީ މަޖިލިސްގެ އިންތިހާބުގައި ގދ ތިނަދޫ އުތުރު ދާއިރަގެ ރައީސް ކަމަށް ކުރިމަތިލައި އެކަން ހަގީގަތަކަށް ހެދުމުގެ މަސައްކަތެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މިއިންތިހާބަކީ އޭނާގެ އިތުރު ކާމިޔާބީއެކެވެ. ސިޔާސީގޮތުން ލިބިގެންދާނެ އުފާވެރިކަމެކެވެ.

ސިޔާސީގޮތުން ވަކިޕާޓީއެއްގައި ހަރަކާތްތެރިވިއިރުވެސް ނާސިހުއަކީ ވަކި ކުލައަކަށް ބެލުމެއްނެތި އެންމެންނާ ގުޅޭ ހިތްހެޔޮ މިޒާޖެއްގެ ވެރިއެކެވެ. އަދާކުރާ ކޮންމެ ވަޒީފާއެއްގައި އޭނާގެ މަސްއޫލިއްޔަތު އެންމެ އެކަށޭނެހެން އަާކުރާ ޒިންމާދާރު ޒުވާނެކެވެ.

އެޑިޓަރުގެ ނޯޓް: މި ލިޔުމަކީ، އެމްޑީޕީ ޤައުމީ މަޖިލިސްގެ އިންތިޚާބާއި ގުޅުވައިގެން، ހުވަދޫ ނޫހުން އާންމުކޮށް ހުޅުވާލެވުނު ކެމްޕެއިން ކުރުމުގެ ފުރުޞަތުގެ ދަށުން ހުވަދު އަތޮޅުގެ ދާއިރާތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ޝައުޤުވެރިކަން ފާޅުކޮށް، ފުރުޞަތުގެ ބޭނުން ހިފައި، ކެމްޕެއިން ކުރުމަށް ވިޔަފާރި އުޞޫލުން ގެނެސްދީފައިވާ ލިޔުމެކެވެ. މިލިޔުމުގައި ގެނެސްފައިވާ ވާހަކަތަކާއި، ސިޔާސީ ފިކުރަކީ، އެ ކެންޑިޑޭޓެއްގެ ފިކުރާއި ބަސްކަމުގައި ދަންނަވަމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!