މަޢުލޫމާތު
އިމްތިހާނަށް ތައްޔާރުވާ ދަރިވަރުން ކުރުން މުހިންމު ކަންތައްތައް!

ގިނަ ދަރިވަރުންނަށް ކިޔެވުމުގެ ހަޔާތުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ ބޮޑެތި އަދި އުނދަގޫ އިމްތިހާނުތަކާއި ކައިރި ކައިރީގައި ކުރިމަތިލާންޖެހުމެވެ. މިގޮތުން މިފަދަ ކަމަކަށް އެންމެ އެކަށީގެންވާނެ ކަމަކީ އިމްތިހާނުތަކަށް ކުރީބައިގައި ތައްޔާރުވެ ޝެޑިއުލްކުރުމެވެ. މިއީ ކުރިންވެސް އެތައް ބަޔަކު އެތައް ފަހަރެއްގެ މަތިން ކިޔަވާކުދިންގެ ކައިރީގައި ބުނެފައިވާނެ ވާހަކައެކެވެ. އެހެންނަމަވެސް މިފަދަ ގޮތަކަށް ޝެޑިއުލްކުރަން ދަސްކޮށްދޭނީ ވަރަށްވެސް މަދުންނެވެ.

އިމްތިހާނުގެ 2 މަހެއްހާ ދުވަސް ކުރިން ވަކި މާއްދާއެއްގެ އިމްތިހާނަކަށް މުތާލިއާކުރަން ވަކި ދުވަސްތަކެއް ކަނޑައެޅުމަކީ އިމްތިހާނަށް ދަސްކުރަންޖެހޭ ތަކެތީގެ ބުރަކަން މަދުކުރުމަށް ކުރެވިދާނެ ވަރަށްވެސް ފަސޭހަކަމެކެވެ. ކަނޑައެޅިފައިވާ ދުވަސްތަކުގައި ވަކި މާއްދާއެއްގެ ވަކި ތަންކޮޅެއް މުތާލިއާކޮށް އެ މާއްދާއެއްގެ ނެގިފައިވާ ހުރިހާ ޓޮޕިކްއެއް އިމްތިހާނުގެ ހަފްތާއެއްހާ ދުވަސްކުރިން ނިންމާލެވޭވަރަށް ޝެޑިއުލްކުރެވިއްޖިއްޔާ އިމްތިހާނުގެ ބުރަކަން ވަރަށް ބޮޑަށް ކުއްޖާގެ ސިނކުޑިން ނެތިގެން ދާނެއެވެ. މިސާލަކަށް: އާދީއްތަ ދުވަހު އިސްލާމް މާއްދާގެ ވަކި ޓޮޕިކްއެއް ކިޔަވާނަމަ، ހޯމަ ދުވަހު ދިވެހި މާއްދާގެ ވަކި ޓޮޕިކްއެއް ކިޔަވަން ރޭވިދާނެއެވެ. މިގޮތަށް އަނެއްކާވެސް ޖެހިގެން އަންނަ ހަފްތާގައިވެސް އާދީއްތަ ދުވަހު އިސްލާމް މާއްދާގެ އެހެން ޓޮޕިކްތަކެއް ކިޔަވައި ހޯމަ ދުވަހު ދިވެހި މާއްދާއައް ފޯކަސް ކުރެވިދާނެއެވެ.

ގިނަ ކުދިންނަށް ކުރަން އުނދަގޫކަމަކަށްވެފައިވީ ނަމަވެސް ދުވަހުގެ ވަކި ވަގުތުތަކެއް ކިޔެވުމަށް ޕްލޭންކުރުމަކީ ވަރަށް އެދެވޭ ކަމެކެވެ. އަދި މިފަދަ ގަޑިތަކުގައި ކިޔެވުމަށް ވީހާވެސް ފަސޭހަ މާހައުލެއް އުފައްދައިގެން ކުރިއަށް ދިޔުމުން ކިޔެވުމަށް ފަސޭހަވެގެންދާނެއެވެ. ބައެއްފަހަރު ފާރު ފަދަ ތަންތަނުގައި ސްޓިކީ ނޯޓް ފަދަ ތަކެތި ބޭނުންކޮށްގެން ކިޔަވަމުންދާ މާއްދާގެ ހުރިހާ މައުލޫމާތެއް އެއްތަނަކުން އެއްފަހަރާ ފެންނަގޮތަށް ހެދުމުންވެސް ދަސްކުރަން ފަސޭހަވެގެންދާނެއެވެ.

މީގެ އިތުރުންވެސް ގިނަ ކިޔަވާ ކުދިންނަށް ދަސްކުރަން އެންމެ އުނދަގޫވާ ސަބަބަކީ ކިޔަވަމުންދާ މާއްދާތައް ހިތުދަސްކުރުމަށް މަސައްކަތްކުރާތީއެވެ. ކޮންމެ ކުއްޖަކީވެސް ވިސްނުންތޫނުކުއްޖެކެވެ. އެ ކުއްޖެއްގެ ސިނކުޑި ރަނގަޅަށް ބޭނުންކޮށްގެން އެ މާއްދާއެއްގެ އެ ޓޮޕިކްއަކުން ކިޔައިދޭން އުޅޭ އެއްޗަކާއި މެދު ވިސްނައި އެކަމެއް މިގޮތަށް ވާންވީ ސަބަބަކީ ކޮބައިތޯ ވިސްނާލުމުން ވަރަށް ފަސޭހައިން ސިނކުޑީގައި ހަރުލައި ހިނގައިދާނެއެވެ. މިއީ ކިޔަވާކުދިންނަށް އިމްތިހާނުތަކަށް ތައްޔާރުވެ އެންމެ އެދެވޭގޮތަށް ކިޔެވުމަށް ކުރެވެންހުރި އެތައްކަމެއްގެ ތެރެއިން މަދު ކަންތައްތަކެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!