އެމްޑީޕީ ޤައުމީ މަޖްލިސް
ނަޖީބް: ދާއިރާގެ އުއްމިދާއި ގުޅިފައިވާ އިޚްލާސްތެރިއަކަށް މިފަހަރު ފުރުޞަތު ދެމާ!

މުޙައްމަދު ނަޖީބް، މިރާޒް، ގދ. މަޑަވެލި، އާންމު ނަމުންނަމަ (މޮނާޖް) އަކީ ދާއިރާގެ ރައްޔިތުންނަށް ދެކެފަރިތަ ސިޔާސީ ގޮތުން ގިނަބަޔަކު ބަލައިގަންނަ ފަރާތެކެވެ. މަޑަވެލި ދާއިރާއަށް ނިސްބަތްވާ ދާއިރާގެ ރައްޔިތަކަށް ވުމީ، ނަޖީބް އެންމެ ފަޚުރުވެރިވާ އެއްސަބަބެވެ. ސިޔާސީގޮތުން ބަލާއިރު، ސިޔާސީ ކާމިޔާބު އެތަށް ކެމްޕެއިންތަކެއްގެ މުގުލުގައި ނަޖީބް މަސައްކަތް ކޮށްފައިވާނެއެވެ. ޕާޓީއަށް އިޚްލާސްތެރި ސިޔާސީ މަސައްކަތްތަކެއް ކުރެވިފައިވުމީ، ނަޖީބް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

ދާއިރާގައި ސިޔާސީ ޙަރަކާތުގައި އަބަދުވެސް އިސްރޯލެއް އަދާކުރަމުން އަންނަ ނަޖީބް އެމްޑީޕީ ޤައުމީ މަޖިލިސް އިންތިޚާބުގައި މިފަހަރު ކުރިމަތިލާފައިވަނީ ދާއިރާގެ ނާއިބްރައީސެއްގެ މަޤާމަށެވެ. ނަޖީބް ޤަބޫލުކުރާ ގޮތުގައި، މިމަޤާމަށް ރައްޔިތުންގެ ތަނަވަސް އަޤުލަބިއްޔަތަކުން ހޮވައިފި ނަމަ، މިހާރުވެސް ކުރަމުން އަންނަ ސިޔާސީ މަސައްކަތަށް ރަސްމީ ހައިސިއްޔަތެއް ލިބިގެންދާނެއެވެ.

ސިޔާސީ ދާއިރާއަށް ވަދެވުނު ގޮތް:

މައުމޫނުގެ ދިގު 30 އަހަރުގެ ވެރިކަމާއި ދެކޮޅަށް، ރައީސް ނަޝީދު ފެއްޓެވި އިސްލާހީ މަސައްކަތުގެ ތެރެއިން ފެއްޓިގެން ދިޔަ ސަންގު ނޫހުގެ މަސައްކަތްތާއެކު، ސިޔާސީ ދާއިރާއަށް ޝައުޤުވެރިކަން އުފެދި، އަނިޔާވެރިކަމާއި ދެކޮޅަށް އަޑުއުފުލަން ވަރަށްބޮޑު ހިތްވަރެއް ލިބިގެންދިޔަ ކަމުގައި ނަޖީބު ބުނެއެވެ. ރައިސް ނަޝީދު ފެއްޓެވި އިސްލާހީ މަސައްކަތް ހެޔުހިތުން ބަލައިގެނެ، އެމަސައްކަތުގައި އަމިއްލަޔަށް އަމަލީގޮތުން ބައިވެރިވުމަށް ހިތުގައި އަޒުމް ކަނޑައަޅައި ނިސްބަތްވާ ދާއިރާގައި ސިޔާސީ މަސައްކަތް ނަޖީބު ފެއްޓެވިއެވެ. ރަސްމީކޮށް ދާއިރާގައި ސިޔާސީ މަސައްކަތް ފަށައި، ގދ. މަޑަވެލިން އެންމެ ފުރަތަމަ އެމްޑީޕީއަށް ސޮއިކުރި 10 މީހުންގެ ތެރޭގައި ނަޖީބް ހިމެނުމަކީ ނަޖީބަށް ލިބުނު ފަޚުރުވެރިކަމެއްގެ ގޮތުގައި ނަޖީބް ދެކެއެވެ. ނަޖީބުގެ ސިޔާސީ ފިކުރުގެ ސަބަބުން ތަފާތު ފިއްތުންތަކާއި ކުރިމަތިވެ، ދިރިއުޅުމުގައި ތަފާތު ގޮންޖެހުންތަކެއް ކުރިމަތިވީނަމަވެސް، ނަޖީބްގެ ޢަޒުމަކަށް ކުޑަވެސް ގުޑުމެއް އައިސްފައި ނުވުމީ، ނަޖީބްގެ އިޚްލާސްތެރިކަމުގެ އަލިގަދަ ހެއްކެކެވެ.

ތަޢުލީމާއި، ސިޔާސީ ތަޖުރިބާ:

ނަޖީބް ތަޢުލީމް ހާޞިލްކޮށްފައިވަނީ މާލޭ އިންގްލިޝް ސްކޫލް (އެމްއީއެސް) އިންނެވެ. ސިޔާސީގޮތުން ބަލާއިރު، ނަޖީބަކީ، މުޅި ދާއިރާގެ ރައްޔިތުންގެ އިޙްތިރާމާއި ރުހުން ލިބިފައިވާ ދާއިރާގެ ރައްޔިތުން ބަލައިގަނެފައިވާ ސިޔާސީގޮތުން ފުންނާބު އުސް ފަރާތެކެވެ. އެމްޑީޕީއަށް ސޮއިކުރުމާއެކު، އެއްވާ ނެއްގައި ސިޔާސީ މަސައްކަތުގައި މިއަދުވެސް ކުރަމުން އަންނަ ފަރާތެކެވެ. މަޑަވެލި، ހޯޑެއްދޫ، ނަޑައްލާ ގިނަ ރައްޔިތުން ދަންނަ ނަޖީބަކީ، އަބަދުވެސް ދާއިރާގެ ކުރިއެރުމަށް އެދޭ ފަރާތެކެވެ. މަޑަވެލީގައި ހިންގިފައިވާ އެމްޑީޕީ ހުރިހާ ކެމްޕެއިނެއްގައި އަމަލީގޮތުން ބައިވެރިވުމުގެ ފުރުޞަތު ލިބުމަކީ ވަރަށް ބޮޑު ހިންހަމަޖެހުމެއް ލިބޭ ކަމެއްގެ ގޮތުގައި ނަޖީބް ސިފަކުރައްވައެވެ.

ސިޔާސީ ގޮތުން ފިއްތުން ކުރިމަތިކޮށް، ކާޑެއްދޫ އެއަރޕޯޓުގައި އަދާކުރަމުން އައި ވަޒީފާއިން ވަކިކޮށް 11 މަސްދުވަސް ވަޒީފާއެއް ނެތި ހުންނަން ޖެހުނު ދުވަސްވަރަކީ، ވަރަށް ހާލުގައި އުޅުނު ދުވަސްވަރެއްކަމަށާއި، ނަމަވެސް އޭރުވެސް އަޅުވެތި ނުވެ، ސާބިތުކަމާއެކު އެމްޑީޕީގެ ފިކުރު ކުރިއަރުވައި ސިޔާސީ މަސައްކަތުގައި އުޅެފައިވާކަމީ، ދާއިރާގެ އެއްވެސް ރައްޔިތަކަށް އޮޅިފައި ނޯންނާނެކަމެއްކަމަށް ނަޖީބް ބުނެއެވެ.

ނަޖީބް ޤަބޫލުކުރާގޮތުގައި ދާއިރާގައި އެމްޑީޕީ ފިކުރު ކުރިއަރުވައި ދާއިރާގައި ސިޔާސީ ޙަރަކާތްތަށް އިންތިޒާމް ކުރުމުގައި އޭނާއަށް އިޚްލާސްތެރި މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. މިމަސައްކަތް ހެޔޮ ހިތަކުން ބަލައިގަތުން އޮންނާނީ ދާއިރާ ރައްޔިތުންގެ ކިބައިގައެވެ. ގޮތް ނިންމާނީ ރައްޔިތުންނެވެ. އެމްޑީޕީގެ އިސްސަފުގައި އަތޮޅު މަސައްކަތްކުރާ އެންމެހާ ފަރާތްތަކުގެ އިޙްތިރާމް ލިބުމާއެކު، ގާތް ގުޅުމެއް ބާއްވާކަމީ، ޕާޓީގެ ހަރުދަނާ ސިޔާސީ ފަރާތްތައް ނަޖީބްގެ ސިޔާސީ މަސައްކަތް ބަލައިގަނެފައިވާކަމުގެ ހެއްކެކެވެ.

ދާއިރާ ކުރިއެރުވުމަށް ނަޖީބްގެ ވިސްނުން

މަޑަވެލި ދާއިރާއަށް ނިސްބަތްވާ ރަށްތައް ކަމުގައިވާ، މަޑަވެލި، ހޯޑެއްދޫ، ނަޑެއްލާ ފަދަ ރަށްތަކުގެ އާންމު ހާލަތު ހުރީ ވަރަށް ދަށުގައި ކަން ނަޖީބް ބުނެއެވެ. ޚާއްސަކޮށް މަޑަވެލި ދާއިރާގެ އެންމެ އާބާދީ ބޮޑުރަށް މަޑަވެލީގެ ހާލަތު ހުރީ ހަމަ މިފަދަ ގޮތަކަށެވެ. ދާއިރާގެ އާއްމު ހާލަތު ކުރިއެރުވުމަށް ދާއިރާއަށް އިންތިޚާބުވެވޭ ރައީސަކާއި ގުޅިގެން މަސައްކަތް ކުރުމަކީ ނަޖީބުގެ ވިސްނުމެވެ. ނަޖީބުގެ ދެކޭގޮތުގައި ރައްޔިތުންގެ އުއްމީދަކީ، ދާއިރާގެ ތަރައްޤީ އެވެ. މިއުންމީދު ހަޤީޤަތަކަށް ހެދުމަކީ، ނަޖީބުގެ އަމާޒެވެ. ނަޖީބް ދެކޭގޮތުގައި، ޕާޓީގެ ކުރިއެރުމަކީ މެމްބަރުންނަށް ލިބިގެންދާނެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

ނަޖީބް ދެކޭގޮތުގައި އެމްޑީޕީގެ އެންމެ އަގުބޮޑު ރައުސުލް މާލަކީ، އެޕާޓިއަކަށްޓަކައި އެތައް ޤުރުބާނެއްވެފައިވާ، އިސްރައްވެހިންނާއި، މިއަދުގެ ޒުވާނުންނެވެ. ދާއިރާގެ ކަންކަން ހަމަމަގަށް އެޅުވޭނީ، ޕާޓީގެ ހަރު ދުވަސްވީ މެމްބަރުންގެ ވިސްނުމާއި، ޚިޔާލު ކުރިޔަށް ނެރެ، ދާއިރާއަށް ނިސްބަތްވާ ޒުވާނުން ބާރުވެރިކޮށްގެންނެވެ. ނަޖީބުގެ އަޒުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރުމަށްޓަކާ ޕާޓީގެ ސަފުތައް އިތުރަށް ވަރުގަދަކޮށް ދާއިރާގެ މަސައްކަތް އެންމެ އެކަށޭނެހެން ބަދަލުކުރުމެވެ. ޕާޓީއަށް މީހުން އިތުރުކުރުމާއި ސިޔާސީގޮތުން އުފެދިފައިވާ ބައިބައިވުންތައް ނައްތާލައި، އެއްމެން އެއް އަޒުމެއްގައި މަސައްކަތްކުރެވޭނެ އާރޫހެއް އުފެއްދުމަކީ ނަޖީބުގެ އަމާޒެކެވެ.

ފަހުބަސް:

ނަޖީބް ބުނެފައިވާ ގޮތުގައި އެމްޑީޕީގެ ޤައުމީ މަޖިލިސްގެ މި އިންތިޚާބަކީ، ރައްޔިތުންނަށް ދާއިރާގެ ކުރިއަރުވައި، ސިޔާސީ ޙަރަކާތް ކުރިއަށް ގެންދިޔުމުގައި އިޚްތިޔާރުކުރާނެ ޒިންމާދާރު ފަރާތްތައް ނިންމުމަށް ފުރުޞަތު ލިބިގެންދާ ވަގުތެވެ. ޕާޓީއަށް ވެފައިވާ ޤުރުބާނީ އަދި ދާއިރާގައި ސިޔާސީ ޙަރަކާތް ކުރިއެރުވުމަށް އިޚްލާސްތެރިކަމާއެކު ކޮށްފައިވާ މަސައްކަތް ބަލައިގަނެ، މިއީ ގޮތް ނިންމަންވީ ފަހަރެވެ. އިޚްލާސްތެރި ތޯ ނުވަތަ ނޫން ތޯ ކަނޑައެޅުމަށް ރައްޔިތުންނަށް ދޫކޮށްލަމެވެ.

ނަޖީބް ޤަބޫލުކުރާގޮތުގައި، ދާއިރާ އިންތިޚާބުގައި ވާދަކުރާ ފަރާތުގެ ނިތްކުރީގައި ލިޔެފައި އޮތް ނަމެއް ބެލުން މާމުހިންމު ކަމުގައި އޭނާ ނުދެކެއެވެ. ތާއިދުކުރަނީ ކޮން ލީޑަރަކަށް ތޯ؟ ނުވަތަ ތާއިދުކުރާ ނިޒާމެއްގެ ބެލުމަކީ މުހިންމުކަމެއްގެ ގޮތުގައި އޭނާ ނުދެކެއެވެ. މިއީ އެފަދަ ބަހުސެއް ކުރަންޖެހޭ ވަގުތެއް ނޫންކަމުގައި ނަޖީބު ބުނެއެވެ. ނަޖީބު ދެކޭގޮތުގައި މިވަގުތައް މުހިންމީ، މަޑަވެލި، ހޯޑެއްދޫ އަދި ނަޑެއްލާ މިތިން ރަށުގެ އާންމު ހާލަތު ބަދަލުކޮށް، ކުރިއެރުމާއި ތަރައްޤީ ހޯދުމުގެ ވިސްނުން އިސްކޮށް، އެފަދަ މަސައްކަތްތަކެއް ޕާޓީގެ ލީޑަރޝިޕާއި ގުޅިގެން ކުރެވޭނެ، ޕާޓީއަށް އިޚްލާސްތެރި، އިތުބާރު ހިފޭ ދާއިރާގެ ދަރިޔަކަށް ފުރުޞަތު ދިނުމެވެ.

މާތް ﷲގެ ވާގިފުޅާއެކު، މަޑަވެލިދާއިރާގެ ރައްޔިތުންގެ ވޯޓުގެ ތަނަވަސް އަޤުލަބިއްޔަތުން ދާއިރާގެ ނާބުގެ މަޤާމަށް އިންތިޚާބް ކޮށްދެއްވައިފިނަމަ، ދާއިރާގެ ސިޔާސީ ޙަރާކާތް ކުރިއެރުވުމަށް އިޚްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވާނޭކަމުގެ ފުރިހަމަ ޔަޤީންކަން ނަޖީބް ދެއްވައެވެ. ދާއިރާގެ ނާއިބަކަށް މޮނާޖަށް މިފަހަރު ފުރުޞަތު ދެއްވުން ކިހިނެއްވާނެތޯ؟

އެޑިޓަރުގެ ނޯޓް: މި ލިޔުމަކީ، އެމްޑީޕީ ޤައުމީ މަޖިލިސްގެ އިންތިޚާބާއި ގުޅުވައިގެން، ހުވަދޫ ނޫހުން އާންމުކޮށް ހުޅުވާލެވުނު ކެމްޕެއިން ކުރުމުގެ ފުރުޞަތުގެ ދަށުން ހުވަދު އަތޮޅުގެ ދާއިރާތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ޝައުޤުވެރިކަން ފާޅުކޮށް، ފުރުޞަތުގެ ބޭނުން ހިފައި، ކެމްޕެއިން ކުރުމަށް ވިޔަފާރި އުޞޫލުން ގެނެސްދީފައިވާ ލިޔުމެކެވެ. މިލިޔުމުގައި ގެނެސްފައިވާ ވާހަކަތަކާއި، ސިޔާސީ ފިކުރަކީ، އެ ކެންޑިޑޭޓެއްގެ ފިކުރާއި ބަސްކަމުގައި ދަންނަވަމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!