ޚަބަރު
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތިން ފައިވާނެއްގެ ވެރިފަރާތް ހޯދަނީ

ވަގަށް ނަގާފައިވާ ތިން ފައިވާން ހިމެނޭހެން އެކިއެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ތަކެތީގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

މިމަހު 17 ވަނަ ދުވަހު ޝަހީދު އަލީ ގޯޅި ކަންމަތިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން 3 ފައިވާނެއް ފުލުހުން ވަނީ ހޯދާފައެވެ. މިފައިވާންތަކަކީ (ކިޓޯ، ޕްރައިމް ބްރޭންޑް، ގަމްބޯލް ބްރޭންޑް) އިންސިޑެންޓް ނަންބަރ 498501 ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފައިވާންތަކެކެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މިތަކެއްޗަކީ މާލޭގައި ހިނގާފައިވާ އެކިއެކި ވައްކަމާއި އެހެނިހެން މައްސަލަތަކުގައި ފުލުހުން ހޯދާފައިވާ ތަކެތި ކަމަށާއި އޭގެތެރޭގައި ހޮވައިގެން ގެނެސް ފުލުހުންނާއި ހަވާލުކޮށްފައި ހުރި ތަކެތި ހިމެނޭ ކަމަށެވެ.

މީގެ އިތުރުން މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި، އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައިނުވާތީ އެތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންސްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިތަކެތީގެ ވެރިފަރާތުން ފުލުހުންގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައިގެން ނުވަތަ ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ވަޑައިގެން އިންސިޑެންޓް ނަންބަރު ހާމަކުރުމަށްފަހު ކާކުކަން އެނގޭ ލިޔުން ހުށަހެޅުމުން އެތަކެތި ރައްދުކުރެވޭނެ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އިތުރު ތަކެތި:

  • ސެޕްޓެމްބަރު 15 ވަނަ ދުވަހު ހަދީބީ މަގު, މަސްޖިދުލް މުޙައްމަދު އިމާދުއްދީން މިސްކިތް ތެރެއިން އާންމު ފަރާތަކުން ހޮވައިގެން ގެނެސްފައިވާ 500 ރުފިޔާ. އިންސިޑެންޓް ނަންބަރ 498332
  • ސެޕްޓެމްބަރ 15 ވަނަ ދުވަހު އަބަދަށްއުފާ މަގު، ތުއްރަވާސް ގޯޅި ކަންމަތިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށްނަގާފައިވާ ކަމަށް ބެލެވޭ 107 ގަސް ޕޮޓް. އިންސިޑެންޓް ނަންބަރ 498261
  • ސެޕްޓެމްބަރ 17 ވަނަ ދުވަހު ސޯސަންމަގު، ސިންދިތާ ކުރިމަތިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ބިޑި ގޯންޏެއް (39 ހޮޅި ބިޑި) އިންސިޑެންޓް ނަންބަރ 498515
  • ސެޕްޓެމްބަރ 17 ވަނަ ދުވަހު މ.އެރޯވިލާ ގޯޅި ތެރޭގައި ވަގަށްނަގާފައި ބަހައްޓާފައި ހުރި ކަމަށް ބެލެވޭ 27 ފޯނު ކަވަރު. އިންސިޑެންޓް ނަންބަރ 498547
  • ސެޕްޓެމްބަރު 19 ވަނަ ދުވަހު ބަންޑާރަ މިސްކިތް ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 1 ކުޑަ ސިވް، ސިވް ބްރޭންޑްގެ 1 ފަހާފޮށި، ޖީޕަސް ބްރޭންޑްގެ 4 ލައިޓް، މަކިޓާ ބްރޭންޑްގެ 1 ބުރުމާ، މަކިޓާ ބްރޭންޑްގެ 1 ބެޓްރި ބުރުމާ. އިންސިޑެންޓް 498676
  • ސެޕްޓެމްބަރ 20 ވަނަ ދުވަހު  ބޮޑުރަސްގެފާނު މަގުން އާންމުފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 3 ޕަވަރ ބޭންކް. އިންސިޑެންޓް ނަންބަރ 498802
  • ސެޕްޓެމްބަރ 20 ވަނަ ދުވަހު އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ފައިސާތަކެއް. އިންސިޑެންޓް ނަންބަރ 498830
  • ސެޕްޓެމްބަރު 20 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ޓޫލް ބޮކްސްއެއް. އިންސިޑެންޓް ނަންބަރ 498817
  • ސެޕްޓެމްބަރު 20 ވަނަ ދުވަހު މާވެޔޮ ގޯޅި ތެރެއިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކައިރިހަދާ މެޝިނެއް. އިންސިޑެންޓް ނަންބަރ 498881 ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!