ޚަބަރު
ތިނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ގދ ތިނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ދެސައިކަލެއް ޖެހި ހިގައިދިޔަ މިއެކްސިޑެންޓް ހިގާފައިވަނީ، ތިނަދޫ ޒޯން ސްޓޭޑިއަމް ކަންމައްޗަށްވާ ތާރަ މަގުގައެވެ. އެކްސިޑެންޓުގައި އަނިޔާލިބިފައިވާ ދެއަންހެނަކަށް ފަރުވާދިނުމަށް ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ވަނީ ގެންދެވިފައެވެ. އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ދެއަންހެނަކަށް ކަމަށާއި އެދެ އަންހެނުންނަށްވެސް މިވަގުތު ތިނަދޫގައި ހުންނަ ޑރ އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ގެންދަނީ ފަރުވާދެމުންނެވެ. ނަމަވެސް އެ ދެމީހުންގެ ހާލު ރަނގަޅު ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި ހާދިސާ އާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ. އެހެން ނަމަވެސް، ފުލުހުން ދަނީ އެ ސަރަހައްދު ބަންދުކޮށްގެން ހަރަކާތްތެރި ވަމުންނެވެ.

ތިނަދޫގައި މި ފަހަކަށް އައިސް އެކްސިޑެންޓުގެ ތަފާތު ހާދިސާތަށް އިތުރުވެފައިވާކަން ކަމަށް ފާހަނގަ ކުރެއެވެ. ނިމިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުގު ރޭގައި ވެސް ނުރައްކާތެރި ދެ އެކްސިޑެންޓެއް ދާދި އެއްވަގުތެއްގައި ހިގާފައިވެއެވެ. މިދެ އެކްސިޑެންޓުގައިވެސް، ދެ ސައިކަލް ޖެހި، ސައިކަލްތަކަށް ބޮޑެތި ގެއްލުން ލިބި މީހުންނަށް އެކިވަރުގެ އަނިޔާތަށް ލިބިފައި ވެއެވެ. އަދި އަނިޔާ ލިބުނު ފަރާތްތަށް ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދީފައި ދޫކޮށްލާފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!