ޚަބަރު
ޑީ.ޕީ.އީއަށް ސައިބާ ހަމަލާއެއް އަމާޒުކޮށްފި

ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންގެ ކޮމްޕިއުޓަރ ސިސްޓަމްތަކަށް ސައިބާރ ހަމަލާއެއް ދީފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އިއްޔެގެ ވަގުތެއްގައި ޑީޕީއޭގެ ސިސްޓަމްތަކަށް ރެންސޮމްވެއާރ ހަމަލާއެއް ދީފައިވާ ކަމަށާއި އެހެންނަމަވެސް މިހާރު ހުރިހާ ސިސްޓަމްތައް ކޮންޓްރޯލްކުރެވިފައިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީންގެ ދަށުން ހިންގަމުން އަންނަ ޑީޕީއީގެ އިންޓަރނެޓާއި ފޯނުގެ ޚިދުމަތްތައް މިހާރު އާއްމު ހާލަތަށް ގެނެވިފައިވީނަމަވެސް ސައިބަރ އެޓޭކްގެ ސަބަބުން ފައިލްތަކަށް ލިބިފައިވަނީ ކިހާ ވަރެއްގެ ގެއްލުމެއް ކަމެއް އަދި ކަށަވަރުކުރެވިފައި ނުވާކަމަށް އެމިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގައި އެންމެ ފަހުން ބޭއްވި ޖިސީއީ އޯލެވެލް އިމްތިހާނުގެ ދުވަސްވަރުގަވެސް މިކަހަލަ ސައިބަރ ހަމަލާއެއް ދީ ޕޭޕަރުތައް ވަނީ ލީކްކޮށްފައެވެ. އެއީ ރާއްޖެއިން ބޭރުން ދެވުނު ހަމަލާއެއް ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

މެލްވެއާރގެ ބާވަތެއް ކަމަށްވާ ރެންސޮމްވެއަރގެ ހަމަލާއެއް މިފަހަރު ޑީޕީއީއަށް ދީފައިވަނީ ރާއްޖެއިން ކަމެއް އަދި ރާއްޖެއިން ބޭރުގެ ގައުމަކުން ކަމެއް އަދި ކަށަވަރުކުރެވިފައި ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!