ކޮވިޑް-19 ވެކްސިން ޖަހާފައިވާ މީހުން އެނގޭނެ ތައާރަފުކޮށްފިއެވެ.
ޑިޖިޓަލް ވެކްސިން ޕާސްޕޯޓް މެދުވެރިކޮށް އެމީހަކު ފުރިހަމަކޮށްފައިވާ ވެކްސިންގެ ޑޯޒުތަކާއި، އެމީހެއްގެ ކަރަންޓީނު ހާލަތާއި، އެންމެފަހުގެ ކޮވިޑް ޓެސްޓުތަކުގެ ނަތީޖާ ފެންނާނެއެވެ. މި ޕާސްޕޯޓު ރާއްޖެއިން ބޭރުގައި ދަތުރުކުރުމަށާއި، ރާއްޖޭގެ އެތެރޭގެ ދަތުރުތަކުގައި ބޭނުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަދި ވިޔަފާރިތަކާއި، އާންމު ތަންތަނުގެ އިތުރުން ހަފްލާތަކުގައި ވެސް މި ޕާސްޕޯޓު ބޭނުން ކުރަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފައިވެއެވެ.
މި ޕޯޓަލް އަށް ވަނުމުން އައިޑީކާޑު ނުވަތަ ޕާސްޕޯޓު ނަމްބަރާއި ފޯނު ނަމްބަރު ޖަހަން އަންގައެވެ. އަދި ޕޯޓަލްގެ ޚިދުމަތް ހޯދުމަށް ކުރިއަށް ދެވޭނީ، ފޯނަށް އަންނަ އޯޓީޕީ ޖެހުމަށްފަހުއެވެ. މި ޕޯޓަލް އަށް ވަދެވޭނީ އެޗްޕީއޭ އަށް ކުރިން ދީފައިވާ ފޯނު ނަމްބަރުން އެކަންޏެވެ.