ޚަބަރު
ފިޔަވަތި މައްސަލާގައި ނޫސްތަކުގެ އެސެސްމަންޓެއް ހަދަން މީޑިޔާ ކައުންސިލުން ނިންމައިފި

ހުޅުމާލޭ “ފިޔަވަތި”ގައި ހިނގާދިޔަ ހަމަނުޖެހުމުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ދިޔައީ އެޚަބަރުތައް ވަގުތުން ގެނެސްދެމުންނެވެ. އެގޮތުން ގެނެސްދީފައިވާ ޚަބަރުތަކުގައި ފިޔަވަތީގައި ގެންގުޅޭ ކުދިންގެ ކަރާމާތަށް ގެއްލުންވާ ގޮތަށް އެއްވެސް ޚަބަރެއް ޝާއިއު ކޮށްފައިވޭތޯ ބަލައި ނޫސްތަކުގެ އެސެސްމަންޓެއް ހަދަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނިންމައިފިއެވެ.

މީޑިޔާ ކައުންސިލުން ބޭއްވި މިއަހަރުގެ 37 ވަނަ ޖަލްސާގައި މިގޮތަށް ނިންމާފައިވަނީ ފިޔަވަތީގެ މައްސަލައިގައި ރައްޔިތުންގެ މަޖުލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން މީޑިޔާ ކައުންސިލަށް މިމައްސަލަ ހުށަހަޅާފައިވާތީއެވެ.

ފިޔަވަތީގެ ހަމަނުޖެހުމާއި ގުޅިގެން ރައްޔިތުންގެ މަޖުލީހަށް ހުށަހެޅުނު ކުއްލި މައްސަލައަކަށް ބަހުސްކުރަމުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒް ވިދާޅުވެފައިވަނީ ބައެއް ނޫސްވެރިން ފިޔަވަތީގެ ފޮޓޯތަކާއި ވީޑިޔޯތައް މީސްމީޑިޔާއަށް ދޫކޮށްފައިވާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ. އެހެންކަމުން މިފަދަ މައްސަލަތައް މަޖުލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ވަނީ މީޑިޔާ ކައުންސިލްގެ ސަމާލުކަމަށް ގެނެސްފައެވެ.

ނޫސްތަކުން ކުޑަކުދިންނާއި ގުޅުން ހުންނަ ޚަބަރުތައް ކަވަރުކުރުމުގައި ނޫސްވެރިންގެ ފަރާތުން ފާހަނގަވެފައިވާ އަޚްލާގީ މިންގަނޑާ ޚިލާފު ކަންކަން ނޫސްތަކުގެ އެޑިޓަރުންގެ ސަމާލު ކަމަށް ގެނައުމަށްޓަކައި ނޫސްތަކުގެ އެސެސްމަންޓެއް ހަދާ މޮނީޓަރ ކުރަން އެކައުންސިލުގެ ޖަލްސާގައި ވަނީ ނިންމާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!