އެމްޑީޕީ ޤައުމީ މަޖްލިސް
އަހުމަދު ނައިސަން: ޕާޓީގެ ހިންގުންތެރިކަމަށް ކެރިގެން ނުކުންނަ އަޒުމް ވަރުގަދަ ގާބިލް ޒުވާނެއް

ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އެންމެ ހަރަކާތްތެރި ބަޔަކީ ޒުވާނުން ކަމުގައި ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. މާލެއާއި އަތޮޅުތަކުގައި ހިންގާ ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި “ޔޫތު ވިންގު” ވެފައިވަނީ އެޕާޓީގެ އެންމެ މުހިންމު ރައުސުލްމާލަށެވެ. އެގޮތުން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ދިރުމަކީވެސް ޒުވާނުންނެވެ.

ގދ.ތިނަދޫއަށް އުފަން ސަންޝައިން ވިލާ، އަހުމަދު ނައިސަން އަކީ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ވަރަށް އަޒުމް ވަރުގަދަ އޭނާގެ ޕާޓީ ކަމަށްވާ އެމްޑީޕީއަށް އިހްލާސްތެރި ޒުވާނެކެވެ. އޭނާގެ އުމުރުން އަދި ވީ އެންމެ 22 އަހަރު ކަމަށްވިޔަސް ނައިސަން އަކީ 18 އަހަރު ފުރުމާއެކީ އެމްޑީޕީގެ ދިދަ ހިފައި ސިޔާސީ މައިދާނަށް ނުކުތް ހިތްވަރުގަދަ ޒުވާނެކެވެ.

އަތޮޅާއި ރަށަށް ހިދުމަތް ކުރެވޭނެ އެންމެ ރަގަޅު ޕްލެޓްފޯމަކީ އެމްޑީޕީގެ ޕްލެޓްފޯމް: ނައިސަން

ނައިސަންއަކީ އޭނާގެ ޅައުމުރުގައިވެސް މަންމަމެން ނުވަތަ އާއިލާގެ މީހުން ރަށު ތަރައްގީއަށް ކުރަމުންދިޔަ މަސައްކަތް ވަރަށް ރަގަޅަށް “މޮނިޓަރ” ކުރި ކުއްޖެކެވެ. އުމުރުން ދޮށިވަމުން ދިޔަވަރަކަށް އޭނާވެސް ދިޔައީ އެމަސައްކަތްތަކާ ކައިރިވަމުންނެވެ. ސްކޫލް ދައުރު ނިންމުމާއިއެކު ނުކުންނަންވީ ސިޔާސީ ރޮގުން ކަމަށް އޭނާ އަބަދުވެސް ގަބޫލުކުރެއެވެ. އެގޮތުން އަބަދުވެސް އެބަޔެއްގެ ހަރަކާތްތައް ކައިރިން ދެކެމުންދިޔަ އެމްޑީޕީއާއި ގުޅުނެވެ. އެއިރު އޭނާގެ އުމުރަކީ 18 އަހަރެވެ.

އެމްޑީޕީގެ މަސައްކަތުގައި އަވަދިނެތި

ޕާޓީއާއި ގުޅުމަށްފަހު މިވީ އެންމެ 5 އަހަރު ކަމުގައިވިޔަސް ނައިސަންގެ މަސައްކަތް އެމްޑީޕީން ވަރަށް ރަގަޅަށް ބަލައެވެ. އޭނާގެ މަސައްކަތް ފާހަގަކުރެއެވެ. ސަބަބަކީ ފާއިތުވި 5 އަހަރުގައި އޭނާގެ މަސައްކަތް ރަގަޅުވީމައެވެ. ޕާޓީގެ އާންމު މެމްބަރުން އެކަން ބަލައިގަންނާތީއެވެ. އެގޮތުން އޭނާ އެމްޑީޕީއާ ގުޅުނު ފަހުން މިވީ ކުރުމުއްދަތުގެ ތެރޭގައި ތިނަދޫ އުތުރު ދާއިރާގެ އޮފީހުގައި އިދާރީ މަސައްކަތް ކުރުމުގައި ސާބިތުވެހުރެ ހުރިހާ އިންތިހާބުތަކުގައި އެންމެ އިސްކޮށް އޭނާ ވަނީ ވަރުބަލިކަމެއް ނެތި މަސައްކަތްކޮށްފައި ކަން ފާހަގަކުރެއެވެ.

ތިނަދޫ އުތުރު ދާއިރާގެ ސެކްރެޓަރީގެ ނައިބު ކަމަށް ކުރިމަތިލީ އަމިއްލަ އެދުމެއްނެތި

އެމްޑީޕީ ގައުމީ މަޖިލީހަށް ތިނަދޫ އުތުރު ދާއިރާގެ ސެކްރެޓަރީގެ ނައިބު ކަމަށް ނުގުޑާފަދަ ވަރުގަދަ އަޒުމަކާއި އެކު ކުރިމަތިލައިގެން  ހުންނެވި ނައިސަންގެ އެންމެ ބޮޑު އަމާޒަކީ އެމްޑީޕީ އަށް އޭނާއަށް ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް އެންމެ ކުރީސަފުގައި ހުރެ އެންމެ ފުރިހަމައަށް ކުރުމެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުން ތައުލީމު ހާސިލުކޮށް މިވަގުތު ބިޒްނަސް މެނޭޖްމަންޓް ކިޔަވަމުންދާ ނައިސަންގެ މުޅި ވިސްނުންހުރީ އެމްޑީޕީއަށެވެ. އޭނާ ބޭނުންވަނީ ޕާޓީގެ އިދާރީ ހިންގުމުގައި ނަމޫނާ ދެއްކުމަށެވެ. ޕާޓީގެ ހިންގުންތެރިކަމުގައި ޕާޓީގެ އިސްސަފުން ދައްކާ ބިނާކުރަނިވި އުސޫލުތައް ތަންފީޒު ކުރާށެވެ. އަދި ޕާޓީގެ ސިޔާސީ ހުރިހާ ހަރަކާތެއްގައި ބައިވެރިވެ ޕާޓީއަށް ކާމިޔާބު ހޯދާށެވެ.

ނައިސަންގެ އުންމީދަކީ ކޮބާ؟

ޕާޓީގެ ހަރަކާތްތަކުގެ އިތުރުން ނައިސަންއަކީ މުޖުތަމައުގައި އާންމުންނާ ގުޅޭ އެކުވެރި މިޒާޖެއްގެ ޒުވާނެކެވެ. ހިތްހެޔޮ އޯގާތެރި އެންމެން ދަންނަ މޫނެކެވެ. އެހެންކަމުން ސިޔާސީ ގޮތުންވިޔަސް އަދި އެހެނިހެން ރޮނގަކުންވިޔަސް އޭނާގެ ކުރިމަގު ވަރަށް އުޖާލާއެވެ. ސިޔާސީގޮތުން ބަލާއިރު ސިޔާސީ ވަރުގަދަ ޝަޚުސަކަށް ވެގެންދާނެ ކަމަށް އޭނާ ދަންނަ ގިނަ ބަޔަކު ބުނެއެވެ. އެންމެ ބޮޑަށް ފާހަގަކުރާކަމަކީ އޭނާގެ އަޚްލާގާއި ގާތް މިޒާޖެވެ. މީހުންނަށް ކުރާ އިޚްތިރާމެވެ. އެމްޑީޕީގެ ދާއިރާގެ މެންބަރުން ދެކެނީ އަރައިގެން އަންނަ ސިޔާސީ ތަރިއެއްގެ ގޮތުގައެވެ. ޒުވާން ނައިސަންގެ އުންމީދަކީ މިއަދު އޭނައަށް އިހުތިރާމާއި ލޯބި ލިބެމުންދާ ޕާޓީއަށް ވަފާތެރި މީހަކަށްވެ ދެމިހުރުމެވެ. ކުލަ ބަދަލު ނުވެވޭނެފަދަ އަޒްމެއްގައެވެ.

އެޑިޓަރުގެ ނޯޓް: މި ލިޔުމަކީ، އެމްޑީޕީ ޤައުމީ މަޖިލިސްގެ އިންތިޚާބާއި ގުޅުވައިގެން، ހުވަދޫ ނޫހުން އާންމުކޮށް ހުޅުވާލެވުނު ކެމްޕެއިން ކުރުމުގެ ފުރުޞަތުގެ ދަށުން ހުވަދު އަތޮޅުގެ ދާއިރާތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ޝައުޤުވެރިކަން ފާޅުކޮށް، ފުރުޞަތުގެ ބޭނުން ހިފައި، ކެމްޕެއިން ކުރުމަށް ވިޔަފާރި އުޞޫލުން ގެނެސްދީފައިވާ ލިޔުމެކެވެ. މިލިޔުމުގައި ގެނެސްފައިވާ ވާހަކަތަކާއި، ސިޔާސީ ފިކުރަކީ، އެ ކެންޑިޑޭޓެއްގެ ފިކުރާއި ބަސްކަމުގައި ދަންނަވަމެވެ.

Comment

  1. އޠްްްް

    ސާބަހޭ!!! ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް