ގދ. ނަޑެއްލާގެ ކުޅި ސާފުކުރުމުގެ ވަރަށް ޚާއްސަ ޕްރޮގްރާމެއް އެރަށަށް ނިސްބަތް ޒުވާނެއް ކަމުގައިވާ އިބްރާޙިމް ނާފިޒް (ޗިކާ) އިސަނަގައިގެން ކުރިޔަށް ގެންގޮސްފިއެވެ.
މިސާފުކުރުމުގެ ޚާއްސަ ހަރަކާތުގައި، އެރަށުގެ ގިނަ އަދަދެއްގެ ޒުވާނުންނާއި ރައްޔިތުން އަންނަނީ ޙަރަކާތެރިވަމުންނެވެ. ހުވަދޫ ނިއުސްއަށް އަށް މަޢުލޫމާތުދެއްވަމުން މި އިވެންޓް އިންތިޒާމް ކުރާ ފަރާތް ކަމުގައިވާ ނާފިޒް ބުނެފައިވާގޮތުން، ނަޑެއްލާ ރައްޔިތުންގެ ވަރަށް ފުރިހަމަ އެއްބާރުލުން ލިބެމުން އަންނަކަމަށެވެ. މިއަދަކީ ކޮންމެވެސް ވަރަކަށް ވިއްސާރަ ދުވަަކަށް ވިނަމަވެސް، ރަށުގެ ޒުވާނުންނާއި އިސްމީހުން ހިމަނައިގެން 60 ވުރެ ގިނަމީހުން މިހަރަކާތުގައި އަންނަނީ ބައިވެރި ވަމުންނެވެ.
ހަރާކާތުގައި ބައިވެރި ނުވެވުނު ނަމަވެސް، ގިނަ އަންހެން ވެރިންނެއް، ކެއުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި ވަރަށް ފުރިހަމަ އެއްބާރުލުމެއް ދެމުން އަންނަކަން ނާފިޒު ފާހަގަކޮށްފައިވެއެވެ. މިފަދަ އިވެންޓެއް ރޭވުމުގެ މަޤްސަދަކީ، ނަޑެއްލާގެ ކުޅި އަންނަން އޮތް ޖީލުތަކަށް ހިމާޔަތްކޮށް، ނަޑެއްލާގެ ޤުދުރަތީ ރީތިކަން ހިމާޔަތްކުރުން ކަމުގައި ނާފިޒު ބުނުއްވައެވެ.
އިބްރާހިމް ނާފިޒު (ޗިކާ) އަކީ މަޑަވެލި ދާއިރާގެ ރައިސްކަމަށް އެމްޑީޕީ ޤައުމީ މަޖިލީހަށް ކުރިމަތިލާފައިވާ ކެންޑިޑޭޓެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ޗިކާ ފާހަގަ ކޮށްފައިވާގޮތުގައި، ދާއިރާގެ ކުރިއެރުވުމަށް އަދިވެސް ގިނަ ސަޕްރައިޒް ތަކެއް ޕްލޭންކޮށްފައިވާ ކަމަށާއި، އަދި ވަގުތުޖެހުމުން އެމަޢުލޫމަތު ހިއްސާ ކުރާނެކަމަށެވެ.
ޗިކާއަކީ، ދާއިރާގެ ޒުވާނުންނާއި ގާތް ގުޅުމެއް ބާއްވާ، މިހާރުވެސް ދާއިރާގެ ކުރިއެރުމަށް ވަރަށް ބޮޑު ފޯކަސްއެއް ބަހައްޓައި، އެހީތެރިކަން ފޯރުކޮށްދޭ ފަރާތެއްކްން ފާހަގަކުރެވެއެވެ.
މާދަން ވޯޓު ލުން، މިއަދު ތިޔަ ކަމުގަ ބުރަ ކޮށްލާފަ. ޗިކާގެ މައްސަލަ އަކީ މާ ރަނގަޅުވުން. އެހެން މީހުން ހަޑި ހާވާ އިރުވެސް ޗިކާ ތިޔަ ހުންނަނީ ބަލަން. ތިޔަހެން މާ ރަނގަޅުވެގެން ސިޔާސީ މަސައްކަތް ނުކުރެވޭނެ. އެހެން ނަމަވެސް. އުންމީދު ކުރަނީ ހޮވޭނެ ކަމަށް