ޚަބަރު
އެވިޑް ކޮލެޖްގެ އަހަރީ ދުވަސް ފާހަނގަ ކުރުން ތިނަދޫގައި ފެށިގެން ކުރިޔަށް ދަނީ

ތައުލީމީ ދާއިރާގައި ކުރިއެރުން ހޯދަމުން އަންނަ އަމިއްލަ ފަރާތަކުން ހިންގާ އެވިޑް ކޮލެޖްގެ އަހަރީ ދުވަސް ފާހަނގަކުރުމުގެ ގޮތުން އެކޮލެޖްގެ ގިނަ ބޭފުޅުންތަކެއް ގދ.ތިނަދޫއަށް ވަޑައިގެންފިއެވެ.

އެވިޑް ކޮލެޖް ތިނަދޫ ކެމްޕަސްގެ މުވައްޒަފުންނާއި ދަރިވަރުންވަނީ އެބޭފުޅުންނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެގޮތުން އެވިޑް ކޮލެޖްގެ ސީނިއަރ މެނޭޖްމަންޓް ބޭފުޅުންނާއި ސްޓާފުން ވަނީ މިއަދު ހެދުނު 08:15 ގައި ތިނަދޫއަށް ވަޑައިގަންނަވާފައެވެ. މިދަތުރުގައި އެވިޑް ކޮލެޖްގެ ޗެއަރޕާސަން މުސްތާޤް ރަޝާދުވެސް ވަނީ ތިނަދޫއަށް ވަޑައިގެންފައެވެ. ކޮލެޖްގެ އަހަރީ ދުވަހާއި ތިނަދޫ ކެމްޕަސްގެ އަހަރީ ދުވަސް އެއްކޮށް ފާހަނގަކުރުން މިހާރު ތިނަދޫގައި ފެށިގެން ކުރިޔަށް ގެންދަން ފަށައިފިއެވެ. އެގޮތުން މިއަދު ހަވީރުން ފެށިގެން ހަރރަކާތްތައް ކުރިޔަށް ގެންދަން ވަނީ ނިންމާފައެވެ.

އެގޮތުން “ތުއްތު އުފާ” ނަމުގައި މާދަމާ ހަވީރު ކުޑަކުދިންގެ ހަވީރެއް ބޭއްވޭނެއެވެ. “އެކެދޮހާ އެކެދޮހާ ހީނ…” ގެ ނަމުގައި ބާއްވާ ބަހުސް އާއި ވާހަކަ މުބާރާތްވެސް މާދަމާ ބާއްވާ ގޮތަށް ވަނީ ތާވަލްކުރެވިފައެވެ. މީގެ އިތުރުން އަހަރީ ދުވަހުގެ ހާއްސަ ޖަލްސާ އަންނަ އާދީއްތަ ދުވަހުގެ ރޭ ތިނަދޫ ކެމްޕަސްގައި ބާއްވަން ވަނީ ހަމަޖެހިފައެވެ. މިޖަލްސާއަށް ތިނަދޫގެ އިސްފަރާތްތަކަށާއި މުވައްސަސާތަކަށް ވަނީ ދައުވަތު އަރުވާފައެވެ.

މިޖަލްސާގައި ތައުލީމީ ދާއިރާއިން ތިނަދޫއަށް ޚިދުމަތްކުރައްވާފައިވާ 62 ފަރާތަކަށް އެވިޑްގެ ހާއްސަ އެވޯޑެއް އަރުވާ ގޮތަށް ވަނީ އެޖެންޑާކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!