ޚަބަރު
ތިނަދޫ އަންހެނުންގެ ކޮމެޓީން އިސްނަގައިގެން ސާފްކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

ގދ.ތިނަދޫ އަންހެނުންގެ ކޮމިޓީން އިސްނަގައިގެން ސާފްކުރުމުގެ ޕްރޮގްރާމެއް ތިނަދޫގައި ފާހަނގަކޮށްފިއެވެ.

މިއީ ބައިނަލް އަޤްވާމީ ގޮތުން ފާހަގަކުރާ ޕީސް ވީކް ފާހަގަކުރުމުގެ ގޮތުން “ނަލަ ރީތި ތިނަދޫ” ޝިއާރުގެ ދަށުން ގދ.އަތޮޅު ތައުލީމީ މަރުކަޒާއި އެމް.އެންޔޫ ތިނަދޫ ކެމްޕަހާއި ގުޅިގެން ޑަބްލިޔު ޑީސީއިން ހިންގި ހާއްސަ ހަރަކާތެކެވެ.

މިއަދު ހެނދުނު ކުރިއަށް ގެންދިޔަ މިހަރަކާތުގައި ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ގާލް ގައިޑް އަދި ސްކައުޓުންގެ އިތުރުން ތިނަދޫ ކައުންސިލްގެ ބައެއް މެމްބަރުންވެސް ވަނީ ބައިވެރިވެފައެވެ. އެގޮތުން ތިނަދޫގެ އުތުރު ފަރާތުގެ ގޮނޑުދޮށާއި ގޮނޑުދޮށާވީ ފަރާތް ވަނީ ސާފްކޮށްފައެވެ.

މިމަހު 11 ވަނަ ދުވަހު ހުވަދޫ ސްވިމިންގ ކްލަބްއިންވެސް ވަނީ ސާފްކުރުމުގެ ސިލްސިލާ ޕްރޮގްރާމެއް ފަށާފައެވެ. އެގޮތުން ސެޕްޓެމްބަރ 11 ވަނަ ދުވަހު ތިނަދޫގެ ހޭޅިފަށާއި، ގޮނޑޮދޮށް އަދި މޫދު ސަރަހައްދު ވަނީ ސާފްކުރެވިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!