އެމްޑީޕީ ޤައުމީ މަޖްލިސް
އިލްޔާސް : ދާއިރާގެ ރައްޔިތުންނާއި އެކު ކުރިއަށް ދިޔުމަށް އެމްޑީޕީ އަށް އިޚްލާސްތެރި ތަޖުރިބާކާރެއް!

ކަމެއް ނުވަތަ ތަނެއް އޭގެ އެންމެ ފުރިހަމަ ކަމުގައި ކުރިއަރައިދާނީ އޭގައި ބުރަކޮށް މަސައްކަތް ކުރަން ހިތްވަރުގަދަ ވެރިންނާއި ހިތާއި ނަފްސުން ގުރުބާންވެގެންދާ ފަދަ ބަޔަކު އިސްސަފުފައި މަސައްކަތް ކުރާނެ އާރުކާޓީންތަކެއް ތިބެގެންކަން ކަށަވަރެވެ. ހާއްސަކޮށް ސިޔާސީ ކަންކަމުގައި ކެރ\ެ ޖެހިލުން ކުޑަ ހިކުމަތްތެރި ސިކުނޑިތަކެއްގެ ވެރިން މިފަދަ ކަންކަމުގައި ވަރަށް މުހިންމެވެ.

އުމުރުން 28 އަހަރުން ފެށިގެން މެދުކެނޑުމެއްނެތި މިއަދާ ހަމައަށް އެމްޑީޕީގައި ސާބިތުވެހުރި ގދ ތިނަދޫ، ވިލުފަސް މުހައްމަދު އިލްޔާސް އަކީ، އިސްވެ ދެންނެވިފަދަ ނަމޫނާ ފަރުދެކެވެ. ތިނަދޫއާއި މުޅި ހުވަދުއަތޮޅުގައި ޕާޓީއަށްޓަކާ އެތަކެއް ގުރުބާނީއެއް ވެފައިވާ ވަރުގަދަ ފަހުލަވާނެކެވެ. އޭނާއަކީ ހުވަދު އަތޮޅުގައި ސިޔާސީ ގޮތުން އައުން ލާޒިމް އެތައް ކަމެއް ރައްޔިތުންނަށް އަންގައިދީ، އަމަލީ ގޮތުން އެންމެ ފުރަތަމަ ތެދުވި އިނގިލިން ގުނާލެވޭ މަދު މީހުންގެ ތެރޭގައި ހިމެނޭ ޒުވާނެކެވެ.

އިލްޔާސް އަށް ސިޔާސީ މައިދާނަށް ނުކުމެވުނު ގޮތް

ތިނަދޫ މުހައްމަދު އިލްޔާސް، އާންމު ނަމުންނަމަ ގިނަބަޔަކު ދަންނަ “ބޮޑޭ” ނުވަތަ ބޮޑެ އިލްޔާސް އަށް ސިޔާސީ ކަންކަމަކީ ކޮބައިކަމާއި އެކަމަކީ ގައުމެއްގެ ކުރިމަގުގެ ޖީލަށް ކިހާ މުހިންމު ކަމެއްކަން އަންގައިދިނީ ސިޔާސީ ލީޑަރެއް ކަމަށްވާ އުމަރު ޖަމާލެވެ. އެއީ 1999 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އުމަރާއެކީ ކެމްޕެއިނަށް ނުކުތް ހިސާބުންނެވެ. އެއީ އެމްޑީޕީ ރަޖިސްޓްރީވެ ހަރަކާތްތައް ހިނގަން ފެއްޓުމުގެ ކުރިންނެވެ. އުމަރާއެކީ އިލްޔާސް ނުކުތީ އެއީ މިނިވަން ކެނޑިޑޭޓަކަށް ވާތީ، އޭރުގެ އޮތް ސަރުކާރުގެ ފިއްތުންތަކާ އަނިޔާވެރިކަމުން އަރައިގަތުމަށް ލިބުނު ފުރުސަތަކަށް ވާތީއެވެ.

ގދ ތިނަދޫ ފުސްތޮޅާގޭ އަބްދުﷲ ޝަރީފާއެކު އުމަރުގެ ކެމްޕެއިންގައި ހަރަކާތްތެރިވުން ވެގެންދިޔައީ ސިޔާސީގޮތުން އެތައް މައުލޫމާތެއް ލިބި އަމިއްލަ ނަފްސް އެކަމަށް ތައްޔާރުވުމަށް ލިބުނު ފުރުސަތަށެވެ. އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދުއާއި ފުރަތަމަ މުއާމަލާތް ކުރެވުނު ދުވަސްވަރަކީ އެއީއެވެ.

އެއިންތިޚާބަށްފަހު ދެންވެސް އިލްޔާސް ނުކުތީ މައުމޫނުގެ ސަރުކާރާ ދެކޮޅު މިނިވަން ކެނޑިޑޭޓެއް ކަމަށްވާ ގދ ތިނަދޫ އަލި ދޯދި ހަފީޒާ އަފީފްގެ ފަހަތުންނެވެ. އެކަމުން ދޭހަވަނީ އިލްޔާސް އަކީ ރާއްޖެއަށް ބަދަލު ގެނައުމަށް ނުކުމެ ހުރި ޒުވާނެއް ކަމެވެ.

އެމްޑީޕީ އުފެދުމާއިއެކު އެމްޑީޕީގެ މަސައްކަތަށް

މައުމޫނުގެ ދިގު ވެރިކަން ފުރޮޅާލުމަށް ރާއްޖޭގައި ރަޖިސްޓްރީކުރެވުނު ޕާޓީ އެމްޑީޕީއާއި އިލްޔާސް ގުޅުނީ 2006 ވަނަ އަހަރުއެވެ. އެޕާޓީއަށް އެންމެ ފުރަތަމަ ސޮއިކުރި ތިނަދޫ މީހުންގެ ތެރޭގައި އިލްޔާސްގެ ނަން ހިމެނުނެވެ. އެހިސާބުން އިލްޔާސްވެސް އަވަސްވެގަތީ ޕާޓީގެ މަސައްކަތަށެވެ. ދާއިރާގެ ރައްޔިތުންނަށް ޕާޓީގެ ވިސްނުން ބުނެދީ، ސިޔާސީ ކަންކަމަށް އަހުލުވެރި ކުރުވުމަށެވެ. އަތޮޅުތެރެއާއި ތިނަދޫގައި ޕާޓީ އޮފީސްތައް ހެދުމާއި ގޮފިތައް ހެދުމުގައި އަމަލީގޮތުން އުޅެން ފެއްޓިއެވެ.

2007 ވަނަ އަހަރު ބަރުލަމާނީ ރިޔާސީ ކެމްޕެއިނުގައި ގއ ގައި ކުރި ދަތުރު ތަކާ ކެމްޕެއިންގައި މޭސްތިރިއަކީ އިލްޔާސެވެ. އެއަށްފަހު 2008 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ތިނަދޫ އުތުރު ދާއިރާއިން  55 ވަރަކަށް މީހުންނާއެކު އަތްގުޅާލައިގެން ނުކުމެ މައުމޫނުގެ ވެރިކަން ފުރޮޅާލުމަށް ފަހު އެމްޑީޕީގެ ކެނޑިޑޭޓަށް ބޮޑުތަނުން ކާމިޔާބު ހޯދައިދިނެވެ. އެއީ ސިޔާސީގޮތުން އިލްޔާސްގެ ޓީމުން ހޯދި ފާހަގަކޮށްލެވޭ ތާރީޚީ ކާމިޔާބެކެވެ. 2009 ވަނަ އަހަރު ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ތިނަދޫ ދެދާއިރާއިން އެމްޑީޕީގެ ޓިކެޓްގައި ވާދަކުރި 2 ކެނޑިޑޭޓުން ކަމަށްވާ މުހައްމަދު ގަސަމް އާއި މުހައްމަދު ނާޒިމް އަށް ގޮނޑިތައް ކާމިޔާބު ކުރުމުގައި އިލްޔާސް ކުޅެދިން ހިކުމަތްތެރި ދައުރަކީވެސް އޭނާގެ ސިޔާސީ ހަޔާތުގައި ލިބުނު އިތުރު ކާމިޔާބީއެކެވެ.

ކައުންސިލުގެ ގޮނޑިތަކެއް އެމްޑީޕީއަށް ލިބުމާއި އަމިއްލަ ކާމިޔާބީ

ސިޔާސީގޮތުން ވަރުގަދަ ލީޑަރުންނާއި ގާތް ގުޅުމެއް އޮންނަ އަދި އެފަރާތްތަކުގެ އިތުބާރާއި ޔަގީންކަން ހޯދާފައިވާ އިލްޔާސް އަމިއްލަ ބުރަމަސައްކަތުން އެމްޑީޕީއާއި އެކު ކުރަމުންދިޔަ ބުރަ މަސައްކަތުގެ ތެރެއަށް އިތުރު ވަރުގަދަ ކަމެއް އިތުރުވެގެންދިޔައީ 2011 ވަނަ އަހަރު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބާ ހިސާބުންނެވެ. އެއިންތިހާބުގައި އަމިއްލައަށްވެސް ވާދަކޮށް އަތޮޅާއި ރަށަށް 9 ގޮނޑި ކާމިޔާބުކޮށް 100 އިންސައްތަ މެޖޯރިޓީ ހޯދުމުގައި ފިސާރި ބުރަ މައްސަކަތެއް ރެޔާއި ދުވާލު ވަރުބަލިކަމެއް ނެތި ކުރި އިލްޔާސް ވަނީ ތިނަދޫގައި ޕާޓީ އިތުރަށް ވަރުގަދަ ކުރުމަށް ޕާޓީގެ އޮފީސް ހެދުމުގައި ޕާޓީގެ މެމްބަރު މުހައްމަދު އަލީ އާއި އިތުރު މަދުބަޔަކާ އެކު އަމަލީގޮތުން މަސައްކަތްކޮށް އެކަން ހަގީގަތަކަށް ހަދާފައެވެ.

ޕާޓީއަށް އިންތިޚާބުތައް ކާމިޔާބުކުރުމުގައި ރެޔާއި ދުވާލު

2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ އަރާހަމަވީ 2012 ގައި އެމްޑީޕީގެ ވެރިކަން ވައްޓާލި ފަހުން ދިމާވި އެންމެ  ބޮޑު އަދި އެންމެ ބުރަ މަސައްކަތެވެ. ޕާޓީއަށް އެދުވަސްވަރު ދިމާވި ހުރިހާ ގޮންޖެހުމެއްގައި އެހެން މެމްބަރުންނެކޭ އެއްފަދައިން އުޅެމުންދިޔައީ ވަރުބަލިކަމެއް ނެތިއެވެ. އެގޮތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި 4 މަސްދުވަސް ހޭދަކުރީ ރެޔާއިދުވާލު އެމްޑީޕީގެ އިދާރީ އޮފީހުގައި ނުވަތަ ތިނަދޫ ހަރުގޭގައެވެ. ޕާޓީ އޮފީހުގެ ރައީސެއްގެ ގޮތުގައެވެ.

2015 ވަނަ އަހަރު ދާއިރާގެ ނައިބު ރައީސް ގޮތުގައި ހުރެ ހިންގި ހުރިހާ އެކްޓިވިޓީއެއް އޭނާގެ ފުރިހަމަ ބެލުމުގެ ދަށުން ހިންގިއެވެ. އޭނާއަށް ލިބިފައިވާ ސިޔާސީ ހުރިހާ ހުނަރުތަކާއެކު 2018 ވަނަ އަހަރުގެ އިންތިހާބާ ހަމައަށް މަސައްކަތްކޮށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހާސިލުކުރިއެވެ. 2018 ވަނަ އަހަރުގެ އިންތިހާބުގައިވެސް އިދިކޮޅަށް އެންމެ ގޮނޑިއެއްވެސް ނުދީ ސީދާ 0-7 ކާމިޔާބު ކުރިއެވެ.

މަސްވެރިކަމާއި އިޖްތިމާއީ ދާއިރާއިންވެސް އިލްޔާސް އަކީ ދޫކޮށްލެވޭ ޝަޚްސިއްޔަތެއް ނޫން

ތިނަދޫ އަކީ ޒަމާނުއްސުރެ ފުޓުބޯޅައިގެ ވަރަށް ފާހަގަކޮށްލެވޭ ރަށެކެވެ. ދިވެހި ފުޓުބޯޅައިގެ ތާރީޚުގައި ލިޔެވިފައިވާ ރާއްޖެއަށް މަޝްހޫރު ރަށެކެވެ.  1997 ވަނަ އަހަރު ޒޯން ފުޓުބޯޅަ މުބާރާތުގެ ތަށި އެންމެ ފުރަތަމަ ގެނައި ރަށަކަށް ތިނަދޫ ވެގެންދިޔައިރު އެތަށި ހާސިލުކުރި ތިނަދޫ މަސްވެރިންގެ ރޫހުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހުރި އިލްޔާސް އަކީ ގދ އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވަމުންދިޔައިރު ސްކޫލް ފުޓުބޯޅަ ޓީމުގެ ކެޕްޓަނެވެ. އޭނާވަނީ އުމުރުން 15 އަހަރުން ފެށިގެން 20 އަހަރުވަންދެން އިލްޔާސް އަކީ ތިނަދޫ ސްޕޯޓްސް، ތިނަދޫ ޒުވާނުންގެ ކްލަބް އަދި ތިނަދޫ މަސްވެރިންގެ ރޫހުގައި އަގުހުރި މަސައްކަތްތަކެއް ކޮށްފައިވާ މަޝްހޫރު މޮޅު ކުޅުންތެރިއެކެވެ.

1986 ވަނަ އަހަރު ފުވައްމުލަކުގައި ބޭއްވުނު ޒޯން ފުޓުބޯޅަ މުބާރާތުގައި ތިނަދޫ ޓީމުގެ މިޑްފީލްޑަރ އެވެ. އޭއެފްސީގެ ސީލައިސަންސް އޮންނަ އިލްޔާސް އަކީ ގިނަދުވަސްތަކެއް ވަންދެން ތިނަދޫގެ ޓީމުތަކަށް ކޯޗުކަމާއި އިރުޝާދު ދެމުންދިޔަ ހުނަރުވެރި ކޯޗެކެވެ. މިއަދުވެސް އޭނާހުރީ އެޚިދުމަތަށް ތައްޔާރަށެވެ. ގދ އަތޮޅު ތައުލީމީ މަރުކަޒު ބިނާކުރުމުގައި ކުޑަކުއްޖެއްގެ ގޮތުގައި ހުރެ ވެއްޔާއި ގާ ނެގުމުގައި އަދި ތިނަދޫ މަގުތަކުގެ ނަންބޯޑު ހެދުމާއި އާބާދީ 25 ފާހަގަކުރުމަށް ބުރަ މަސައްކަތް އަމިލީގޮތުން ކުރި އިލްޔާސް އަކީ އިޖްތިމާއީ ގޮތުން އަގުހުރި މަސައްކަތްތަކެއް ތިނަދޫ އަށް ކޮށްދީފައިވާ ދަރިއެކެވެ.

މަސްވެރިކަމަކީ އިލްޔާސްއާއި ވަކިވާނެ މަސައްކަތެއް ނޫން

އިލްޔާސް އަކީ ހުވަދުއަތޮޅުގެ މީހުން ދަންނަ މަޝްހޫރި މަސްވެރިއެކެވެ. ކެޔޮޅެކެެވެ. އެކިއެކި ދާއިރާތަކުގައި މަސައްކަތް ކޮށްފައިވާ އިލްޔާސް ވަނީ މަސްވެރިކަމުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައެވެ. އަދި ސިޔާސީ މަސައްކަތްތަކުގައި އުޅެމުން މަސްވެރިކަމަށް ހެޔޮ ބަދަލެއް ގެނައުމަށް ވަކާލާތުކޮށް ނަތީޖާ ނެރެފައެވެ. މިހާރު ތިނަދޫ އައިސްޕްލާންޓްގެ މެނޭޖަރުކަން ކުރަމުން ގެންދާ އިލްޔާސް ބުނާގޮތުގައި މަސްވެރިކަމަކީ ރާއްޖޭގެ ލޭނާރު ފަދައިން އޭނާގެވެސް ލޭނާރެވެ. އެދާއިރާގެ ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ އޭނާ އަބަދުވެސް ކުރާނެ ކަމެކެވެ. ތިނަދޫ ކައުންސިލް މެމްބަރުކަން އަދާކޮށް ރަށަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރުމުގައި އުޅެފައިވާ އިލްޔާސް ވަނީ ކައުންސިލް ދައުރަށްފަހުވެސް މަސްވެރިކަމަށް އަލުން ނުކުމެފައެވެ.

މަތިދެކުނު ޕްރޮވިންސްގެ ނައިބު ރައީސަކަށް ކުރިމަތިލުމާ ސިޔާސީ ވިސްނުން ވަރަށް ތަފާތު

އަމިއްލަ ބުރަ މަސައްކަތުން ދިރިއުޅުން ކޮޅަށްޖަހައި އާއިލާއާއެކު އުފާވެރި ދިރިއުޅުމެއް އުޅެމުންދާ އިލްޔާސް އެމްޑީޕީ ގައުމީ މަޖިލިސް އިންތިހާބުގައި މަތިދެކުނު ޕްރޮވިންސްގެ ނައިބު ރައީސަކަށް ކުރިމަތިލީ ސިޔާސީ މައިދާނަށް ނުކުތުމާއެކު އެނަ ދެކުނު ހުވަފެންތަކާ ކުރަމުން އައި މަސައްކަތްތަކުގައި ހަގީގީ ކުލަ ޖެހޭތޯއެވެ. ދައުލަތަށް ލިބޭ އާމްދަނީ އިން ރައްޔިތުންނަށް އުޖާލާ މުސްތަޤްބަލެއް ހޯދުމަށެވެ. ކިޔަވާ ކުދިންގެ ތައުލީމަށް ކުރިއެރުން ގެނައުމަށް މަސައްކަތް ކުރުމަށެވެ. އުމުރުން ދުވަސްވީ މީހުންނަށް ހިތްހަމަޖެހިލައިގެން އުޅެވޭނެ މިއަށްވުރެވެސް ފަސޭހަ ނިޒާމެއް ހޯދުމަށެވެ. ހަމައެހެންމެ ޕާޓީއަށް ކާމިޔާބާއި ކުރިއެރުން ހޯދުމާއި އެންމެން އެއް ފިކުރެއްގައިތިބެ އިންތިހާބުތައް ކާމިޔާބު ކުރުމަށެވެ. އެކުލުންތެރި ސިޔާސީ ޕާޓީއަކަށް މަގުފަހިވާނެހެން ދާއިރާގެ މަސައްކަތް ބައްޓަން ކުރުމަށެވެ.

އެމްޑީޕީގެ އެކްޓިވިސްޓުންނަށް ބަލާއިރު ގދ ތިނަދޫ މުހައްމަދު އިލްޔާސް އަކީ ސިޔާސީގޮތުން ޕާޓީ ފިކުރުގައި ދެގޮތެއް ނުވާނެ މީހަކަށްވިޔަސް އޭނާއަކީ އެންމެނާވެސް ގުޅޭ އެކުވެރިން ގިނަ މީހެކެވެ. ހާއްސަކޮށް މަސްވެރިންނާ ގާތްގުޅުމެއް އޮންނަ މީހެކެވެ. އިޖްތިމާއީ ވިސްނުންހުރި ތަރައްގީއަށް ލޯބިކުރާ ވަރަށް ވަތަނީ މީހެކެވެ. ސިޔާސީގޮތުން ބަލާއިރު މުޅި އެމްޑީޕީ އެންމެންގެވެސް އިތުބާރު ލިބިފައިވާ ސިޔާސީ ތަޖުރިބާކާރެކެވެ.

އެޑިޓަރުގެ ނޯޓް: މި ލިޔުމަކީ، އެމްޑީޕީ ޤައުމީ މަޖިލިސްގެ އިންތިޚާބާއި ގުޅުވައިގެން، ހުވަދޫ ނޫހުން އާންމުކޮށް ހުޅުވާލެވުނު ކެމްޕެއިން ކުރުމުގެ ފުރުޞަތުގެ ދަށުން ހުވަދު އަތޮޅުގެ ދާއިރާތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ޝައުޤުވެރިކަން ފާޅުކޮށް، ފުރުޞަތުގެ ބޭނުން ހިފައި، ކެމްޕެއިން ކުރުމަށް ވިޔަފާރި އުޞޫލުން ގެނެސްދީފައިވާ ލިޔުމެކެވެ. މިލިޔުމުގައި ގެނެސްފައިވާ ވާހަކަތަކާއި، ސިޔާސީ ފިކުރަކީ، އެ ކެންޑިޑޭޓެއްގެ ފިކުރާއި ބަސްކަމުގައި ދަންނަވަމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!