ޚަބަރު
ބޮޑީ ސްޕްރޭ ފުޅިއެއް ވަގަށް ނެގައިގެން އެއް މަހާއި 24 ދުވަހަށް މީހަކު ޖަލަށް ލައިފި

މިދިޔަ އަހަރުގެ ޖުލައި މަހުގައި ބޮޑީ ސްޕްރޭ ފުޅިއެއް ވަގަށް ނެގި މީހަކު އެއް މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލާގައި ޖަލަށްލާން އިއްޔެ ހުކުމްކޮށްފައިވަނީ ސ.ހިތަދޫ، ހަރުދަލުގެ، އަނަފް އަބްދުﷲ ގެ މައްޗަށެވެ.

އަނަފްގެ މައްޗަށް ދައުވާ ހުށަހަޅަމުން ދައުލަތުން ބުނެފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު 16:22 ހާއިރު މާފަންނު އިރާކުމަގުގައި ހުންނަ ލީފްމާޓް ފިހާރައިން ވައްކަންކޮށްގެން އުޅޭ މީހަކު ހިފަހައްޓާފައި ހުރި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެންކަމަށެވެ.

އަނަފްގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.

އެގޮތުން އޭނާ މައްޗައް ދައުވާ ހުށަހަޅަމުން ދައުލަތުން ބުނެފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސް ހަށިގަނޑު ބަލައިފާސްކުރުމުން އޭނާ ލައިގެން ހުރި ޖިންސާއި ހަށިގަނޑާއި ދޭތެރެއިން ފޮގް ބްރޭންޑުގެ ބޮޑި ސްޕްރޭ ފުޅިއެއް ފެނިފައިވާ ކަމަށެވެ.

އަނަފް ވަނީ ދައުވާގައިވާ ކަންކަމަށް އިއުތިރާފްވާ ކަމަށާއި، އިއުތިރާފް ވަނީ އެއްވެސް މަޖުބޫރު ކަމެއް ނެތި، ނުފޫޒެއް ނެތި، އަމިއްލަ އިހުތިޔާރުގައި ކަމަށް ބުނެ އެއްބަސް ވެފައެވެ.

މި މައްސަލަ ބެއްލެވީ ގާޒީ އާދަމް މުހައްމަދު ވަނީ ވަނީ އަނަފްގެ މައްޗަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ އެއް މަހާއި 24 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!