ޚަބަރު
އެމްޑީޕީ ޤައުމީ މަޖިލީހުގެ ވޯޓުލުން ފޯރީގައި ކުރިޔަށް

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އެންމެ ބާރުގަދަ ގުނަވަން ކަމުގައިވާ ގައުމީ މަޖިލީހަށް މެމްބަރުން އިންތިޚާބުކުރުމުގެ ވޯޓުލުން ފަށައިގެން ކުރިޔަށް އެބަދެއެވެ. މިއިންތިޚާބަކީ މިހާތަނަށް އެމްޑީޕީން ބާއްވާ އެންމެ ވާދަވެރި އިންތިޚާބްކަން ފާހަގަކޮށްލެވެއެވެ.

ވޯޓުލުން ފެށިފައިވަނީ ހެނދުނު 09:00ން ފެށިގެންނެވެ. އަދި ހަވީރު 17:00 އާއި ހަމައަށް ވޯޓްލުން ކުރިޔަށް ގެންދިޔުމަށް ވަނީ ހަަމަޖެހިފައެވެ. ނަމަވެސް ނިމޭ ގަޑީގައިވެސް ކިއުގައި މީހުން ވޯޓުނުލެވި ތިބިނަމަ، ސަފުގައި ތިބި މެމްބަރުންނަށް ވޯޓުލުމުގެ ފުރުސަތު ދިނުމަށް އެޕާޓީން ވަނީ ނިންމާފައެވެ.

ވޯޓުލުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭގެ 15 ސްކޫލާއި، ސޯޝަލް ސެންޓަރުގެ އިތުރުން، މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގެ ތެރެއިން 3 ރަށް ފިޔަވާ އެހެން ހުރިހާ ރަށެއްގައިވެސް އެރަށެއްގެ ސްކޫލުތަކުގައި އަދި ޕާޓީގެ އޮފީސް ޤާއިމްކުރެވިފައިވާ ރަށްރަށުގައި، ޕާޓީގެ އޮފީހުގައެވެ. ވޯޓުލުމަށްޓަކައި މެމްބަރުން ދާއިރުގައި ފޮޓޯ ޖެހި އައިޑީއެއް ހިފައިގެން ދިއުމަށާއި، ވޯޓުލާ ނިމުމުން އެ މެމްބަރެއްގެ އިނގިލީގައި ފާހަގައެއް ޖަހާނެކަން ވަނީ ފާހަގަކޮށްފައެވެ. އިންތިޚާބުގެ ތެރޭގައި ދިމާވާ އެކިއެކި ކަންކަމުގައި ޝަކުވާ ހުށަހެޅުމަށް 3 ނަމްބަރެއްގެ ބޭނުން ކުރެވޭނެ ހޮޓްލައިނެއް ގާއިމްކުރުމުގެ މަސައްކަތް ވެސް ކުރެވެމުންދާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި 733 ކެންޑިޑޭޓުން ވާދަކުރާއިރު ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 93،000ން މައްޗަށް އަރައެވެ.

އެމްޑީޕީގެ އެތެރޭގައި ޚިޔާލުތަފާތުވުންތައް ބޮޑުވެ ރައީސް މުހައްމަދު ނަޝީދު އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދުކުރާ މެމްބަރުންގެ މެދުގައި ދެ ފެކްޝަނެއް ޕާޓީގެ އެތެރޭގައި އުފެދިފައިވާ މިދަނޑިވަޅުގައި، މިއިންތިޚާބު ވެގެންދަނީ މިހާތަނަށް އެމްޑީޕީގެ އެތެރޭގައި ބާއްވާ އެންމެ ވާދަވެރި އިންތިޚާބަށެވެ. ޤައުމީ މަޖިލީހަށް މެމްބަރުން ނިކުމެފައިވަނީ މި ދެފެކްޝަނުންނެވެ. މިއިންތިޚާބުން ރައީސް ނަޝީދާއި ރައީސް ސާލިހުގެ ތެރެއިން އެމްޑީޕީގެ އެތެރޭގައި ކުރިޔަށް އޮތް ފަސް އަހަރު އެންމެ ބާރުގަދަ ވާނީ ކޮން ބޭފުޅެއްކަންވެސް ކަނޑައެޅިގެންދާނެއެވެ.

މިއަދު ކުރިޔަށްދާ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބާ ގުޅޭގޮތުން އެޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފް އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މިއީ މިހާތަނަށް ބާއްވާ އެންމެ ގިނަ މެމްބަރުން ވާދަކުރާ އަދި އެންމެ ވާދަވެރި އިންތިޚާބުކަމަށެވެ. އެޕާޓީން މި އިންތިޚާބަށް ކުރި މަސައްކަތުން ވަރަށް ގިނަ އަދަދެއްގެ މެމްބަރުން ޚާއްސަކޮށް ރަށްރަށުން ނިކުންނާނެ ކަމަށާއި، ހީވާގޮތުން މާލެއިން ލޯކަލް ކައުންސިލް އިންތިޚާބުގައި ނިކުންތް އަދަދަށް ވުރެން ގިނަ މެމްބަރުން މިފަހަރު ނިކުންނާނެ ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ. ސަބަބަކީ އެޕާޓީއަށް މިހާރު ވަމުންދާ ގޮތުން މެމްބަރުން ބަލަން ނުތިބޭނެކަމަށާއި މިކަމަށް ގޮތެއް ނިންމަން ގިނަ އަދަދެއްގެ މެމްބަރުން ނިކުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!