ޚަބަރު
ޖާބިރުއަށް ހަމަލާދިން ދެމީހެއްގެ ބަންދަށް 7ދުވަސް ޖަހައިފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އއ.މަތިވެރިއަށް ވަޑައިގަތުމުން ޖާބިރަށް ހަމަލާދިން މީހުންގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވި ގޮތުގައި ޖާބިރު މަތިވެރިއަށް ވަޑައިގަތުމުން އެރަށުގެ ބަޔަކު ނުކުމެ ހިންގި ހަމަނުޖެހުމުގައި ޖާބިރުއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށާއި އެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން މިދިޔަ ބުރާސްފަތު ދުވަހު ކޯޓަށް ހާޒިރުކުރުމުން 7 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 42 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމައްސަލަ ފުލުހުންދަނީ އިތުރަށް ތަހުޤީގުކުރަމުންނެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ދައުރުގައި އއ.މަތިވެރީގައި ގެސްޓު ހައުސްއެއް ހިންގަން 50 އަހަރުގެ މުއްދަތަށް ޖާބިރަށް ވަނީ އެރަށު ކައުންސިލުން ބިން ކުއްޔަށް ދޫކޮށްފައެވެ. އެހެންނަމަވެސް އެކުލިވެސް ޖާބިރު ނުދައްކާ ކަމަށް އެރަށު ކައުންސިލުން ވަނީ ތުހުމަތުކޮށްފައެވެ. އަދި މިގެސްޓު ހައުސްގައި ވަޒީފާ އަދާކުރާ މުވައްޒަފަކަށް މުސާރަނުދޭތާ ދެއަހަރުވެއްޖެ ކަމަށްބުނެ އެރަށު ރައްޔިތުންވަނީ ވަނީ ހަމަނުޖެހުން ފާޅުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!