ޚަބަރު
ދޮންބިލެތްއާ ދެކޮޅަށް އަބުރުގެ ދައުވާކުރާނަން: އަކްރަމް ކަމާލުއްދީން

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާއި ގުޅުން އޮންނަ ކަމަށްބުނެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އަށް ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ތުހުމަތުކޮށްފައިވާތީ ދޮންބިލެތްއާއި ދެކޮޅަށް އަބުރުގެ ދައުވާ ކުރާނެކަމަށް މިނިސްޓަރ އަކްރަމް ވިދާޅުވެއްޖެއެވެ.

މިދިޔަ ބުދަދުވަހުގެ މަޖުލިސް ޖަލްސާގައި ދޮންބިލަތް ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހަށް އަކުރަމް ކަމާލުއްދީން އިންތިޚާބުވެއްޖެނަމަ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ވާހަކަ ދެއްކުމާ ދެކޮޅަށް އަކްރަމް ނުކުންނަވާނެ ކަމަށާއި މިމައްސލައާއި ގުޅުން ނެތް މީހަކު އިންތިހާބުކުރަންޖެހޭ ކަމަށެވެ.

ދޮންބިލެތް ދެއްކި ވާހަކަތަކަށް ރައްދު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ދޮންބިލެތްގެ މަޤްސަދަކީ އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށާއި އޭނަގެ ބޮލުގައި އެއަޅުވަނީ ދޮގު އިލްޒާމްކަމަށެވެ. އެހެންކަމުން ދޮންބިލެތްއާ ދެކޮޅަށް އަބުރުގެ ދައުވާ ކުރާނެކަމަށް ސްޓޭޓް މިނިސްޓރ ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ޤައުމީ މަޖުލީހުގެ މާލެ ދާއިރާގެ ރައީސް ކަމަށް އަކްރަމް ކުރިމަތިލެއްވުމުން އޭނާގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަމުންދާކަން އެ ކޮމިޝަނުން އަންގާފައިވާ ކަމަށް ބުނެ އެމްޑީޕީގެ ސެކްރެޓޭރިއޭޓުން ފުރަތަމަ ނިންމީ އޭނާއަށް އެ އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށެވެ. އެހެންނަމަވެސް އަކްރަމްގެ އެދިވަޑައިގަތުމުގެ މަތިން އެނިންމުންވަނީ މުރާޖާކޮށްފައެވެ. އަދި އަކްރަމްގެ އެއްވެސް މައްސަލައެއް ބަލަމުން ނުދާކަމަށް އޭސީސީން ވަނީ އެމްޑީޕީގެ ސެކްރެޓޭރިއޭޓްއަށް އަންގާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!