ޚަބަރު
ނިޑްސް އިން އިސްނަގައިގެން ދަރިވަރުންނަށް މަސައްކަތު ބައްދަލުވުމެއް ނަޑެއްލާގައި ބާއްވައިފި

ނިޑްސް އިން އިސްނަގައިގެން އިއާދަކުރަނިވި ހަކަތަ އާއި ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ މަސައްކަތު ބައްދަލުވުމެއް ނަޑެއްލާގައި ބާއްވައިފިއެވެ.

ގްލޯބަލް އެންވަޔަރަމަންޓް ފަންޑް (ޖެފް) ގެ އެހީގައި ޔޫ.އެން.ޑީ.ޕީ އާއި ނަޑެއްލާ ކައުންސިލާއި ގުޅިގެން ނަޑެއްލާ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ (ނިޑްސް) އިން ކުރިއަށްގެންދާ “ގްރީން އެނާރޖީ ޕްރޮޖެކްޓް” ގެ ދަށުން ގދ. ނަޑެއްލާގައި އިއާދަކުރުވަނިވި ހަކަތައަށް ނަޑެއްލާ ސްކޫލް ދަރިވަރުން އަހުލުވެރިކުރުމަށްޓަކާ ހޭލުންތެރިކުރުމުގެ ސެޝަންތަކެއް 24 ސެޕްޓެމްބަރ 2021 ގައި ގދ. ނަޑެއްލާ ސްކޫލުގައިވަނީ ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންތައް ފެސިލިޓޭޓް ކޮށްދެއްވީ، ތިނަދޫ ސްކޫލްގެ ލީޑިންގ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން އަންނަ ފަރާތެއް ކަމުގައިވާ އަލްފާޟިލާ ޝިފާ މުހައްމަދެވެ.

ނިޑްސް ޖަމްޢިއްޔާގެ އެގްޒެކެޓިވް ޑައިރެކްޓަރ އަޙްމަދު ފިރާޒް ހުވަދޫ ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހާމަކޮށްފައިވާގޮތުގައި، މިވޯކްޝޮޕް އަމާޒުކުރެވިފައިވަނީ، ނަޑެއްލާ ސްކޫލްގެ ގްރޭޑް 5 ން މަތީގެ ދަރިވަރުންނަށެވެ. މި ވޯކްޝޮޕްގެ ސެޝަންތަކަކީ، އެ ޖަމްޢިއްޔާ އާއި، ނަޑެއްލާ ކައުންސިލާއި ގުޅިގެން ކުރިޔަށް ގެންދާ ގްރީން އެނާރޖީ ޕްރޮޖެކްޓްގެ ކޮމްޕޯނެއްޓެއްގެ ގޮތުގައި ކުރިޔަށް ގެންދެވޭ ޕްރޮގްރާމެކެވެ. މިޕްރޮމްގެ ދަށުން އިއާދަކުރަނިވި ހަކަތައަށް މުޖުތަމަޢު އާއި ސްކޫލް ދަރިވަރުން ހޭލުންތެރި ކޮށް ގްރީން އެނާރޖީ އާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ފޮޓޯ: ނިޑްސް

ގްރީން އެނާރޖީ ޕްރޮޖެކްޓްގެ ހޭލުންތެރި ކުރުމުގެ ފުރަތަމަ ޙަރަކާތެއްގެ ގޮތުގައި މުޖުތަމަޢުއަށް އަމާޒުކޮށްގެން މަސައްކަތު ބައްދަލުވުމެއް 17 ސެޕްޓެމްބަރ އިން 18 ސެޕްޓެމްބަރަށް ނިޑްސް އިން އިންތިޒާމް ކޮށްގެން ވަނީ ބޭއްވިފައެވެ. މި މަސައްކަތު ބައްދަލުވުމުގައި، މުޢައްސަސާތަކުގެ މުވައްޒަފުންނާއި، އެހެނިހެން ފަރާތްތައް ހިމަނައިގެން 35 ބައިވެރިން ބައިވެރިވެފައި ވެއެވެ.

ފޮޓޯ: ނިޑްސް

މީގެ އިތުރުން “ގްރީން އެނާރޖީ ޕްރޮޖެކްޓް” ގެ ދަށުން ގދ. ނަޑެއްލާ ވޭސްޓު މެނޭޖުމަންޓް ސެންޓަރުގެ އެނާރޖީ އޮޑިޓެއްހަދައި ފާއިތުވި އޮގަސްޓް މަހުގައި އެ ރިޕޯޓް ކައުންސިލުން ފާސްކޮށްފައިވާކަމަށްވެސް އެ ޖަމްޢިއްޔާއިންވަނީ މަޢުލޫމާތު ދެއްވާފައި ވެއެވެ.

ފިރާޒް މަޢުލޫމާތު ދެއްވާފައި ގޮތުގައި، ނަޑެއްލާގައި ކުރިޔަށް ގެންދެވޭ ގްރީން ޕްރޮޖެކްޓަކީ ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްގެ ގްލޯބަލް އެންވަޔަރމެންޓް ފަންޑް (ޖީ.އީ.އެފް) ގެ ސްމޯލް ގްރާންޓްގެ ދަށުން، ނަޑެއްލާގެ ވޭސްޓްމެނޭޖްމަންޓް ސެންޓަރުގައި ބޭނުންކުރާ ހަކަތަ އިއާދަކުރަނިވި ހަކަތަށް ބަދަލުކުރުމަށް ކުރިޔަށް ގެންދެވޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ އަމާޒަކީ، ނަޑެއްލާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ބޭނުންކުރާ ހަކަތައިގެ %80 އިންސައްތަ، އިއާދަކުރަނިވި ހަކަތަޔަށް ބަދަލުކުރުމެވެ. މި ޕްރޮޖެކްޓްގެ ދަށުން ގދ. ނަޑެއްލާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި އިންސްޓޯލް ކުރުމަށް ހަމަޖެހިފައިވާ ސޯލާ ޕެނަލްތައް ގެނައުމުގެ ޕްރޮކިއުމަންޓް މަސައްކަތް މިހާރު ކުރިއަށްދާކަމަށާއި، އަދި ކުރިއަށް އޮތް މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ސޯލާ ޕެނަލްތައް ރަށަށް ގެނައުމުގެ މަސައްކަތް ނިންމާލެވޭނެއެވެ.

ކުނި މެނޭޖުކުރާ މަރުކަޒުގައި ބަހައްޓާފައިވާ މެޝިނަރީޒްތަކަކީ ތްރީފޭސް ކަރަންޓުން އޮޕަރޭޓްކުރެވޭ މެޝިނަރީޒްތަކަށްވީނަމަވެސް އެ ތަނުގައި ތުރީފޭސް ކަރަންޓް ލެވިފައި ނެތުމުގެ ސަބަބުން މިއަދާހަމައަށް އައިއިރުވެސް އެ މެޝިންތައް އޮޕަރޭޓް ކުރެވޭނެގޮތެއްވަނީ ނުވެފައެވެ. އަދި އުންމީދަކީ މި ޕްރޮޖެކްޓް ނިމުމުގެ ކުރިން އެ ތަނައް ތުރީފޭސް ކަރަންޓްލެވި އެ މެޝިނަރީޒްތައް ބޭނުންކުރެވޭނެގޮތް ވެގެންދިއުމެވެ.

ނިޑްސް ޖަމްއިއްޔާއަކީ ނަޑެއްލާގެ އިޖްތިމާޢީ، އަދި ތަރައްޤީގެ ހަރަކާތްތަކުގައި ވަރަށް ފުޅާދާއިރާއެއްގައި ހަރަކާތްތެރިވާ ޖަމްއިއްޔާއެކެވެ. މިގޮތުން ނަޑެއްލާ ސްކޫލާއި، ޕާލޭ މޯލްޑިވްސް ގުޅިގެން ގޮޑުދޮށުން ޕްލާސްޓިކް ކުނި ހޮވައި ރީސައިކަލް ކުރުމަށް ފުނުވުމުގެ ތަފާތު ޙަރަކާތްތަށް ނިޑްސް އިން ކާމިޔާބުކަމާއެކު ކުރިޔަށް ގެންގޮސްފައި ވެއެވެ.

ފޮޓޯ: ނިޑްސް

މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ދޫކޮށްފައިވާ އެހީގެ ދަށުން ނަޑެއްލާގައި “ހޮޅިއަށި” ޕްރޮޖެކްޓެއް ކުރިޔަށް ގެންދިޔުމަށްވެސް އެޖަމްއިއްޔާއިން ދަނީ ތައްޔާރުވަމުންނެވެ. ނިޑްސް އަކީ، ނަޑެއްލާގެ ތަރައްޤީ އަދި އިޖްތިމާއީ ހަރަކާތްތައް ކުރިއެރުވުމަށް ތަފާތު މަސައްކަތް ކުރާ ޖަމްޢިއްޔާއެއްގެ ގޮތުގައި ފާހަގަވެއެވެ. ނިޑްސް ޖަމްޢިއްޔާއަކީ، ހުނަރުވެރި ޒުވާނުން ތަކެއް ހިންގާ ވަރަށް ހަރަކާތްތެރި ޖަމްޢިއްޔާއެއްގެ ގޮތުގައި ފާހަގަ ވެގެން ދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!