ޚަބަރު
ވޯޓު ފޮށިން ކަންކަން ނިންމުމަކީ އެމްޑީޕީގެ އެންމެ މުހިންމު އަމާޒު: ނަޝީދު

ވޯޓު ފޮށިން ކަންކަން ނިންމުމަކީ އެމްޑީޕީގެ އެންމެ މުހިންމު އަމާޒުކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މެެއި މަހުގެ 6 ވަނަ ދުވަހު ދިން ނުރައްކާތެރި ޓެރެރިސްޓު ހަމަލާއަށްފަހު އިނގިރޭސިވިލާތުގައި މިހާރުވެސް ފަރުވާ ހޯއްދަވަމުންދާ ރައީސް ނަޝީދު މިއަދުގެ އިންތިޚާބާއި ގުޅިގެން ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިއަދަކީ ޤައުމިއްޔަތު ބިނާކުރުމުގައި ފަޚުރުވެރި ކާމިޔާބީއެއް ހޯދޭ ދުވަހެއްކަމަށެވެ.

މިއަދަކީ ޤައުމިއްޔަތު ބިނާކުރުމުގައި އަނެކާވެސް ފަޚުރުވެރި ކާމިޔާބީއެއް ހޯދޭ ދުވަހެއް. އެންމެންގެ ބައިވެރިވުމާއި ވޯޓު ފޮށިން ކަންކަން ނިންމުމަކީ އެމްޑީޕީގެ އެންމެ މުހިންމު އަމާޒު. ވަރަށް މަރުހަބާ. – ނަޝީދު

މިއަދުގެ އިންތިޚާބުގައި ރައީސް ނަޝީދަށް ވޯޓު ލުމުގެ ފުރުސަތެއް ނެތެވެ. ރާއްޖެއިން ބޭރުގައި ހުންނެވި ނަމަވެސް ވާދަވެރިކަން ބޮޑުވެފައިވާ މިއިންތިޚާބުގައި ރައީސް ނަޝީދުގެ ޝުއޫރު ފާޅު ކުރައްވާފައިވާއިރު، އެމްޑީޕީގެ އެންމެ އިސްލީޑަރު ރައީސް ޞާލިހު އަދި އިންތިޚާބާއި ގުޅިގެން އެއްވެސް އެއްޗެއް ވިދާޅުވެފައިނުވެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިއަދު ފަށާފައިވަނީ ހެނދުނު 09:00 ގައެވެ. ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަވީރު 05:00 އާ ހަމައަށެވެ.

ޖުމުލަ 733 ކެނޑިޑޭޓުން ވާދަކުރާ މި އިންތިހާބުގައި އެމްޑީޕީގެ ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރާނެއެވެ. އަދި 300 ވޯޓު ފޮށި ބަހައްޓާނެކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!