މަޢުލޫމާތު
ރޭގަނޑުގެ ނިދި އެންމެ އަރާމުކޮށް، ފުރިހަމަގޮތުގައި ހޯދޭނީ ކިހިނެއް؟

ރޭގަނޑު ގަޑީގައި ހަމަނިދި ލިބުމަކީ ތިމާގެ ދުވަސް އެންމެ އެދެވޭ ގޮތުގައި ކުރިއަށް ގެންދިޔުމަ އެޅޭ އެންމެ ފުރަތަމަ ފިޔަވަޅެވެ. ނަމަވެސް ބައެއް މީހުންނަށް ރޭގަނޑުގެ ހަމަނިދި ހޯދުމަށް ދަތިތަކާއި ކުރިމަތިވާއިރު އަޅުގަނޑުމެން މިބަލާލަނީ ރޭގަނޑުގެ ހަމަނިދި ހޯދުމަށް ކުރެވިދާނެ އެންމެ ރަނގަޅު ކަންކަމުގެ އިތުރުން ނިދި ހަމަޔަށް ނުލިބުމަށް ދިމާވެދާނެ ބައެއް ސަބަބުތަކކަވެ.

ނިދާ ގަޑި ކައިރިކޮށް މާގަޔަށް ކެއުންފަދަ ކަންކަމުން ތިބާގެ ނިދުމަށް އަސަރުކުރާއިރު ސައިންސްވެރިންގެ ހޯދުންތަކުންވަނީ ނިދަން އޮށޯންނަތާ 30 މިނެޓުގެ ތެރޭގައި ނިދުމަކީ އެންމެ އެދެވޭ މިނަވަރަކަށް ނިދި ލިބިގެންދިޔުމުގެ އެންމެ ފަސޭހައިން ފާހަގަކޮށްލެވޭ އަދި އެންމެ މުހިންމު އެއް ކަމެވެ. މިގޮތަށް 30 މިނެޓުގެ ތެރޭގައި ނުނިދިއްޖެ ނަމަ އޭގެ މާނައަކީ މީހާގެ އެތެރެހަށީގެ ގަޑި އަދި ނިދާ ވަގިތާއި ހަމަޔަށް ނުދާކަމެވެ. ނުވަތަ ނިދުމުގެ ކުރިން ކުރެވެކަމެއްގެ ސަބަބުން ނިދި ގެއްލެން މެދުވެރިވުމެވެ. މިސާލަކަށް މީހާގެ އެޑްރެނަލިން ލެވެލްމަތިވުމަށް މެދުވެރިވާފަދަ އަމަލުތަލެވެ.

ނިދުމަށްފަހުގައި ރޭގަނޑުގެ އެކި ގަޑި ގަޑީގައި ގިނައިން ހޭލެވޭނަމަ އެންމެ އެދެވޭ ގޮތަކީ ޑޮކްޓަރަކަށް  ދެއްކުމެވެ. އާންމުކޮށް ހަރު އުމުރުގެ މީހުންނަސް މި މައްސަލަ ކުރިމަތިވާކަމަށް ފާހަގަކުރެވެއިރު އެ އުމުރުގައި މިފަދަ ކަންކަން ދިމާވުމަކީ ވަރަށްވެސް ގާތްކަމެއްކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ. އެހެންނަމަވެސް ދެ ފަހަރަށްވުރެ ގިނަ ފަހަރު މިގޮތަށް ހޭލެވެންޏާ އެންމެ ރަނގަޅު ގޮތަކީ ވީހާވެސް އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދުމެވެ.

މިގޮތަށް ހޭލެއްވިޖެ ހިނދެއްގައި 20 މިނެޓުގެ ތެރޭގައި ތިބާއަށް ނިދެން މެދުވެރި ނުވެއްޖެނަމަވެސް އެއީ ރަނގަޅުކަމެއް ނޫނެވެ. ސައިންސްވެރިން ބުނާގޮތުގައި ރަނގަޅު ނިންޖަކުން މިގޮތަށް ހޭލެވިއްޖެ ނަމަ އިންސާނާގެ ހަށިގަނޑު ފުރަތަމަ 10-15 މިނެޓުގެ ތެރޭގައި ހަމަޖެހިލައގެން ހަރަކާތްތެރިވެއެވެ. އެކމަކު މި ވަގުތުކޮޅަށްފަހު އިންސާނާގެ ހަށިގަނދު އެހެންކަންކަމާއި މެދު ވިސްނެން ފެށުމާއިއެކު ނިދި ހަރާބުވެގެންދެޔެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!