ޚަބަރު
ރާއްޖެ އިޝްތިހާރުކުރުމަށް ސްޕެއިންގެ މީޑިޔާ ޓީމެއް ރާއްޖޭއަށް

ރާއްޖެ އިޝްތިހާރުކުރުމަށްޓަކައި ސްޕެއިންގެ މީޑިޔާ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

މިދަތުރުގައި ސްޕެއިންގެ ވެނިޓީ ފެއާ، ނޭޝަނަލް ޖިއޮގްރެފިކް އަދި ހާޕާސް ބާޒާރުގެ އިތުރުން، ސްޕެއިންގެ މަޝްހޫރު ފަތުރުވެރިންނާއި ގުޅޭ ޕަބްލިކޭޝަން ތަކުން ބައިވެރިވެފައިވާ ކަމަށާއި މިމަހު 24 އިން 29އަށް މިޓީމް ރާއްޖޭގައި ހަރަކާތްތެރިވާނެ ކަމަށް އެމް.އެމް.ޕީ.އާރު.ސީން ވަނީ ވިދާޅުވެފައެވެ.

ސްޕެއިންގެ ޓީމް ރާއްޖޭގައި ހިންގާ ހަރަކާތްތަކުގެ ތެރޭގައި ސްނޯކްލިން އާއި ސްޕާ ތަކާއި، އަދި ފަތުރުވެރިންނަށް އަމާޒުކޮށްގެން ހިންގޭ އެކި ވޯޓާ ސްޕޯޓް ކުޅިވަރުތަށް ހިމެނެއެވެ. މިކުޅިވަރުތައް ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ ސިކް ސެންސަސް ލާމު، މާފުށިވަރު، އަދި ހުވަންފެން ފުށި ރިސޯޓުގައެވެ.

އެމް.އެމް.ޕީ.އާރު.ސީން އިތުރަށް ވިދާޅުވީ މިމުއްދަތުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ޕްރޮޑަކްޓުތައް ތަޖުރިބާކޮށް ރާއްޖެއަށް ޙާއްސަ ކަންކަން ވެސް މިޓީމުން ތަޖުރިބާ ކުރާނެ ކަމަށެވެ. މިފަދަ ތަޖުރިބާގެ ސަބަބުން ސްޕެއިންގެ މާކެޓުގައި ރާއްޖެ އިޝްތިހާރުވެގެން ދާނެއެވެ.

މީގެކުރިންވެސް ސްޕެއިންގެ ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އޭގެ ނަތީޖާއަކަށް ވެގެންދިޔައީ މިމަހުގެ މެދާ ހަމަޔަށް އައިއިރު ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 24000 ފަތުރުވެރިންނަކީ ޔޫރަޕްގެ މާކެޓުން އައިސްފައިވާ ފަތުރުވެރިންނަށް ވެގެންދިޔުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!