ޚަބަރު
ތިނަދޫ ޖެންޑާރގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ބޭސްތަކެއް ކައިގެން ހޮސްޕިޓަލުގައި ފަރުވާ ދޭންފަށައިފި

ގދ.ތިނަދޫ ޖެންޑާރ ގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ބޭސްތަކެއް ކައިގެން އެރަށުގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބޭސްތަކެއް ކައިގެން ހޮސްޕިިޓަލުގައި ފަރުވާ ދެމުންދަަނީ 14 އަހަރުގެ އަންހެން ކުއްޖަކަށެވެ.

އެ ކުއްޖާ ކައިގެން އުޅެނީ ކޮންކަހަލަ ބޭހެއް ކަމެއް އަދި ސާފު ވާގޮތް ވަނީ ނުވެފައެވެ.

ކުއްޖާގެ އާއިލާގެ ފަރާތުން މައުލޫމާތު ދެއްވަމުން ބުނީ ހޮސްޕިޓަލުގައި މިވަގުތު އެ ކުއްޖާއަށް ފަރުވާ ދެމުންދާ ކަމަށާއި، ހޮޅި ގުޅައިގެން ބޭސްތައް ނެގުމުގެ މަސައްކަތް ހޮސްޕިޓަލުން ކުރަމުން އަންނަ ކަމަށް އާއިލާގެ ފަރާތުން ބުންޏެވެ.

މީގެ އިތުރުން އާއިލާގެ ފަރާތުން ބުނީ، އެކުއްޖާ ބޭސް ކެއުމަށް ފަހު މަގުމައްޗަށް ނިކުމެ އުޅެނިކޮށް ފުލުހުންނާއި ޖެންޑާރ ގެ އިތުރުން އާއިލާގެ މީހުން ގޮސް އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ކަމަށެވެ.

ޖެންޑާރ ގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އިހުމާލުވާކަމުގެ އަޑުތައް ގިނަވެފައި ވާއިރު، ހުޅުމާލެ ގައި ހުންނަ ފިޔަވަތީ ގައި ވެސް ބޮޑެތި ގޯސްތަކެއް ހުރި ކަން ފާހަގަ ކޮށްލެވެއެވެ.

  1. ޖެންޑާ މިނިސްޓްރީ ވަނީ ފެއިލް ވެފަ

    އެކުއްޖާއަށް ނަފްސާނީ ބަލި ޖެހުމުގައި ޖެންޑާ މިނިސްޓްރީއިން ފުރިހަމަ އަށް ޒިންމާވާން ޖެހޭނެ.. އެކުއްޖާ އަކީ އެމީހުންގެ ބެލުމުގެ ދަށަށް ދިޔައިރު ނަފްސާނީ އެއްވެސް މައްސަލައެއް ހުރި ކުއްޖެއް ނޫނ.. ނަމަވެސް އެމީހުން އެކުއްޖާ ހަލާކު ކުރީ.. އެކުއްޖާ ބޭސް ކައިފައި ވަނީ ޖެންޑާގެ ދެމީހުންގެ ހާޒިރުގައި ކަމަށް މައުލޫމާތު ލިބޭ.. އަދި އެކުއްޖާ ތިނަދޫއަށް ގެނެސް ކަރަންޓީނުގައި ބަހައްޓާފައި ހުރީ ޖެންޑާގެ ބަޔަކު ކައިރީގައެއް ނޫން.. އެއީ ތިނަދޫ ޖެންޑާއިން ހިންގައިގެން އުޅޭ ޖަރީމާއެއް