ޚަބަރު
ގެމަނަފުށި ދާއިރާގެ ރައީސްއަކަށް މުހައްމަދު ހައިޝަމް އިންތިހާބުވެއްޖެ

އެމްޑީޕީ ޤައުމީ މަޖިލީހުގެ ގެމަނަފުށި ދާއިރާގެ ރައީސްއަކަށް މުހައްމަދު ހައިޝަމް (ހައިބޭ) އިންތިހާބުވެއްޖެ އެވެ.

މުހައްމަދު ހައިޝަމް، އެ މަގާމަށް އިންތިހާބުވެވަޑައިގަތީ އަހުމަދު ޝަރީފު އާއި، އަސަދުﷲ މުހައްމަދުއާ ވާދަކުރައްވައިގެންނެވެ.

އިންތިހާބުގައި ވާދަކުރެއްވެވި އަހުމަދު ޝަރީފުއަށް ލިބިވަޑައިގަތީ 351 ވޯޓެވެ. މުހައްމަދު ހައިޝަމް އަށް ލިބިވަޑައިގަތީ 448 ވޯޓެވެ.

ވާދަވެރިކަން ބޮޑުވެފައިވާ އެ އިންތިހާބުގެ ވޯޓުލުން އޮތީ މިިއަދު ހެނދުނު 9 އިން ހަވީރު 5 އަށެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 93،000 އަށް ވުރެ ގިނަ މެންބަރުން ތިބި ކަމަށް އެމްޑީޕީން ބުންޏެވެ. އަދި އެކި ދާއިރާތަކަށް 733 ކެނޑިޑޭޓުން ވާދަކުރެ އެވެ.

އެކި ދާއިރާތަކަށް 455 މީހުން ހޮވަންޖެހޭ މި އިންތިހާބުގައި، 165 މީހުން ވަނީ ވާދަވެރިއަކު ނެތުމުން އިންތިހާބަކާ ނުލައި ހޮވިފަ އެވެ.

Comment