މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ގއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާ ހަމަޔަށް ވައިޓް އެލާރޓް ނެރެފިއެވެ.
ދެކުނުގެ އަތޮޅުތަކަށް ވައިލް އެލާރޓް ނެރެފައިވަނީ ހެނދުނު 6:45 ން ފެށިގެން މެންދުރު 12:00 އަށެވެ. މިވަގުތުގައި ބޯކޮށް ވާރޭވެހި 45 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ބުނާގޮތުގައި ކުރިޔަށް އޮތް 36ގަޑިއިރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށާއި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށެވެ.
ދެކުނުގެ އަތޮޅުތަކުގެ އިތުރުން ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގެ ރަށްތަކަށް މިއަދު މިވަނީ ރީނދޫ އެލާރޓު ނެރެފައެވެ. މި އެލާޓުގެ ވަގުތަކީ ހެނދުނު 7:30 ން 11:30 އަށެވެ.
މެޓްއޮފީހުން ހާމަކުރި ގޮތުގައި މިއަތޮޅުތަކަށް ބޯކޮށް ވާރޭވެހި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެއެވެ. އަދި ކަނޑުގަދަވެ ބައެއް ސަރަހައްދުތަކަށް އުދަ އެރުމުގެ ފުރުސަތުވެސް އެބައޮތްކަމަށެވެ.
މިއަދާއި މިރޭ ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވެ ކަނޑުގަދަ ވާނެކަމަށް ލަފާކޮށްފައިވާއިރު ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.