އެމްޑީޕީ ޤައުމީ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ރައީސަކަށް ޒިފްލީން ހަސަން(ޒިފޫ) އަދި އުތުރު ދާއިރާގެ ރައީސަކަށް މުހައްމަދު ނާސިހު އިންތިޚާބްވެއްޖެއެވެ.
މިއިންތިޚާބު ޒިފޫ ކާމިޔާބުކޮށްފައިވަނީ ޣައްސާން ސަލީމް އާއި މުހައްމަދު އިކްލީލްއާ ވާދަކޮށްގެންނެވެ. ދެކުނު ދާއިރާގެ ރައީސްގެ މަޤާމަށް ދެވަނައަށް އެންމެ ގިނަ ވޯޓް ކާމިޔާބު ކޮށްފައިވަނީ ޣައްސާން ސަލީމްއެވެ. މިދާއިރާގެ ނައިބް ރައީސްކަމަށް ހޮވިފައިވަނީ އަހުމަދު ޝިޔާޒް ނައީމްއެވެ.
ހަމައެއާއެކު ތިނަދޫ އުތުރު ދާއިރާގެ ރައީސްގެ މަޤާމަށް ނާސިޙު ހޮވިފައިވާއިރު އެދާއިރާގެ ނައިބު ރައީސް ކަމަށް ހޮވިފައި މިވަނީ މުހައްމަދު ވިފާޤް (ބަހޫ)އެވެ. އަދި މީޑިޔާ ސެކެޓްރީއަކަށް ހޮވިފައިވަނީ އިސްމައިލް އަހުމަދުއެވެ.
މިއިންތިޚާބުގައި 455 މަޤާމަށް ވާދަކުރި 733 ކެނޑިޑޭޓުންގެ ތެރެއިން 161 ކެނޑިޑޭޓުން މިއިންތިހާބް ކާމިޔާބްކޮށްފައިވަނީ ވޯޓަކާނުލާއެވެ. މިއިންތިޚާބުގައި އިންތިހާބު ކުރެވުނު މަޤާމްތަކަށް ބަލާލާއިރު ދާއިރާ، ޕްރޮވިންސް އަދި ސިޓީ ތަކުގެ ރައީސުންނާއި، ނައިބު ރައީސުންނާއި، ހިންގާ ކޮމިޓީގެ މެންބަރުންގެ އިތުރުން ދާއިރާ، ޕްރޮވިންސް އަދި ސިޓީ ތަކުގެ ސެކްރެޓަރީންނާއި ނައިބުންގެ އިތުރުން މީޑިއާ ސެކެރެޓަރީން ވެސް މި އިންތިޚާބުގައި ވަނީ ހޮވާފައެވެ.
ގޭންގް ސްޓާރަކު ކަޓުވާލެވުނުކަން ރަނގަޅު. އެއީ އުފަލެއް.