ގދ ތިނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ފެންކައްކާ ޖަގެއްގެ އިތުރުން ބައެއް އިތުރު ސާމާނުތަކެއްގެ ވެރިފަރާތް ހޯދުމަށް އިއުލާންކޮށްފިއެވެ.
ފުލުހުން ބުނީ، މިތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާއި ހަވާލުކޮށްފައިވާ ތަކެއްޗާއި ތިނަދޫގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެތަކެތީގެ ވެރިފަރާތް އެމީހުންނަށް ބުނެދެވިފައި ނުވާތީ އެތަކެތިވަނީ ފުލުހުންގެ ބެލުމުގެ ދަށަށްގެނެސްފައި ކަމަށްވެސް ފުލުހުން ބުންޏެވެ.
އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:
- 2021 ސެޕްޓެމްބަރު 10 ވަނަ ދުވަހު ގދ. ތިނަދޫ ގެއެއްގެ ގޯތިތެރޭގައި ބަހައްޓާފައިހުރި ފެން ހޫނުކުރާ ޖަގެއް.
- 2021 ސެޕްޓެމްބަރު 9 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ދެ ރަން ތަނޑި.
- 2021 އޮގަސްޓް 3 ވަނަ ދުވަހު މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއް އަތުން ފެނިފައިވާ ދެ ރަން އަނގޮޓި.
މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9792358 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލުހުން އެދިފައިވެއެވެ.