ޚަބަރު
ބަރުލަމާނީ ނިޒާމަށް ތާއިދުކުރާ ގިނަ ކެންޑިޑޭޓުން އިންތިޚާބު ވުމީ ރާއްޖެއަށް ލިބުނު ކުރިއެރުމެއް- ނަޝީދު

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބު އިއްޔެ މުޅިރާއްޖޭގައި ކުރިޔަށް ގެންދެވި އިންތިޚާބުގެ ނަޖީތާ އިޢުލާނު ކުރެވިފައިވާ މިދަނޑިވަޅުގައި، ބަރުލަމާނީ ނިޒާމަށް ތާއިދުކުރާ ގިނަ ކެންޑިޑޭޓުން އެމްޑީޕީގެ ޤައުމީމަޖިލީހަށް އިންތިޚާބު ވެފައިވާކަމީ، ރާއްޖެއަށް ލިނުމު ކުރިއެރުމެއްގެ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ.

ރައީސް ނަޝީދު އެމަނިކުފާނުގެ ޓްވިޓާ މެދުވެރިކޮށް ދެއްވާފައިވާ މެސެޖެއްގައި މިކަން ހާމަކޮށް މިމެސެޖު ވަނީ ރައްޔިތުންނާއި ހިއްސާކޮށްފައެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި 733 ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 93،000ން މައްޗަށް އަރައެވެ.

އެމްޑީޕީގެ އެތެރޭގައި ޚިޔާލުތަފާތުވުންތައް ބޮޑުވެ ރައީސް މުހައްމަދު ނަޝީދު އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދުކުރާ މެމްބަރުންގެ މެދުގައި ދެ ފެކްޝަނެއް ޕާޓީގެ އެތެރޭގައި އުފެދިފައިވާ މިދަނޑިވަޅުގައި، މިއިންތިޚާބު ވެގެންދިޔައީ، މިހާތަނަށް އެމްޑީޕީގެ އެތެރޭގައި ބާއްވާ އެންމެ ވާދަވެރި އިންތިޚާބަށެވެ. ޤައުމީ މަޖިލީހަށް މެމްބަރުން ނިކުމެފައިވަނީ މި ދެފެކްޝަނުންނެވެ. މިއިންތިޚާބުން ރައީސް ނަޝީދާއި ރައީސް ސާލިހުގެ ތެރެއިން އެމްޑީޕީގެ އެތެރޭގައި ކުރިޔަށް އޮތް ފަސް އަހަރު އެންމެ ބާރުގަދަ ވާނީ ކޮން ބޭފުޅެއްކަންވެސް ކަނޑައެޅިގެންދާނެއެވެ.

މިފަހަކަށް އައިސް، ރާއްޖޭގައި އޮންނަން ޖެހޭ ވެރިކަމުގެ ނިޒާމަކާއި ގުޅިގެން، އެމްޑީޕީ މެމްބަރުންގެ މެދުގައިވެސް، ބޮޑު ބަހުސްތަކެއް ކުރިޔަށް ދާ ދަނޑިވަޅުގައި، ރާއްޖޭގެ އޮންނަން ޖެހޭ ވެރިކަމުގެ ނިޒާމަކީ، ބަރުލަމާނީ ނިޒާމްކަމަށް އެންމެ ބޮޑަށް އަޑުހަރުކޮށް ވަކާލާތު ކުރައްވާ އެއްބޭފުޅަކީ ރައީސް ނަޝީދެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!